އިހަވަންދޫ ކައުންސިލްގެ ޕާފޯމެންސް ދުވަހަކު ނުދާހާ ދަށަށް – މުޅި ރާއްޖެއިން 146 ވަނަ
2022 ވަނަ އަހަރު ކައުންސިލްތައް ހިންގި ގޮތަށްބަލައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި ޕާފޯރމެންސް އިންޑެކްސްގައި މުޅި ރާއްޖެއިން އިހަވަންދޫ ކައުންސިލް 146 ވަނާގައި ހިމެނިއްޖެއެވެ. މިއީ 2021 ވަނަ އަހަރާއި އަޅާ ބަލާއިރު 78 ދަރަޖައިގެ ވެއްޓުމެކެވެ. އަދި މިއީ އެލްޖީއޭއިން ކައުންސިލްތަކުގެ ޕާފޯމެންސް ބަލަންފެށިފަހުން އިހަވަންދޫ ކައުންސިލަށް އެންމެ ދަށްކޮށް މާކުސް ލިބުނު ފަހަރެވެ.
ލޯކަލް ޕާރފޯމަންސް އިންޑެކްސް އަކީ ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކުރުމަށް 2015 ވަނަ އަހަރު އިފްތިތާޙު ކޮށްފައިވާ ހާއްސަ އިންޑެކްސެކެވެ. އެގޮތުން 2015 އިން ފެށިގެން އިހަވަންދޫ ކައުންސިލް ރޭންކް ކޮށްފައިވަނީ:
2015 ވަނަ އަހަރު: އެކަށީގެންވާ މިންވަރަށް މައުލޫމާތާއި ކިތާބީހެކި ފޯރުކޮށްދީފައިނުވާތީ ރޭންކް ކޮށްފައެއްނުވޭ
2016 ވަނަ އަހަރު: މުޅި ރާއްޖެއިން 66 ވަނަ
2017 ވަނަ އަހަރު: މުޅި ރާއްޖެއިން 56 ވަނަ
2018 ވަނަ އަހަރު: މުޅި ރާއްޖެއިން 120 ވަނަ
2019 ވަނަ އަހަރު: މުޅި ރާއްޖެއިން 86 ވަނަ
2020 ވަނަ އަހަރު: މުޅި ރާއްޖެއިން 74 ވަނަ
2021 ވަނަ އަހަރު: މުޅި ރާއްޖެއިން 68 ވަނަ
2022 ވަނަ އަހަރު: މުޅި ރާއްޖެއިން 146 ވަނަ
2022 ވަނަ އަހަރު ކައުންސިލްގެ ޕާފޯމެންސް ދަށްވެފައިވާއިރު އެއަހަރު ނިމެންވެފައިވަނިކޮށް، އިހަވަންދޫ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލެއް އައްޔަންކުރުމާއިމެދު، ކައުންސިލާއި ސިވިލްސާވިސް ކޮމިޝަނާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުމުގެ ސަބަބުން އެކަން ކުރިޔަށް ނުގޮސް ހުއްޓި ކައުންސިލަށް ގިނަ ދަތިތަކެއް ކުރިމަތިވިއެވެ.
2018 ވަނަ އަހަރުގެ ކައުންސިލްގެ ޕާފޯމެންސް އިންޑެކްސްއިން އިހަވަންދޫ ކައުންސިލަށް 120 ވަނަ ލިބިފައިވެއެވެ. 2017 ވަނަ އަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއިގުޅިގެން ހިނގާދިޔަ ކަންކަމުގެ ސަބަބުން ކަމަށްބުނެ، 31 ޖެނުއަރީ 2018 އިން ފެށިގެން މުސާރަ ނުލިބޭގޮތަށް އެކިފަހަރުމަތިން އިހަވަންދޫ ކައުންސިލްވަނީ 6 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ސަސްޕެންޑް ކޮށްފައެވެ. އަދި އެއަށްވުރެ ދިގުމުއްދަތަކަށް ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ސަސްޕެންޑްކޮށްފައިވާކަން ފާހަގަކުރެވެއެވެ. އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާތީ 2018 ވަނަ އަހަރުގެ ބޮޑު ބައެއްގައި ކައުންސިލް ހިންގުން އެލްޖީއޭއިން ހަވާލުކޮށްފައިވަނީ ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށެވެ.
ކަންގަތި އެވޯޑަކީ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ގަވާއިދުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް އެންމެ ފުރިހަމަ ޕާފޯމަންސެއް ދައްކާ ކައުންސިލްތަކުގެ އަގުވަޒަންކުރުމަށް އެލްޖީއޭގެ ބޯޑުން ކޮންމެ އަހަރަކު ދޭން ނިންމާފައިވާ އެވޯޑެކެވެ. ޕާފޯމެންސް އިންޑެކްސްގެ ނަތީޖާއަށް ބަލާއިރު 2022 ވަނައަރު ރަށު ކައުންސިލްތަކުން އެއްވަނަ ހޯދާފައިވަނީ އއ ބޮޑުފޮޅުދޫ ކައުންސިލެވެ. އަދި ދެވަނަ ހޯދާފައިވަނީ ބ ފެހެންދޫ ކައުންސިލެވެ. އަދި ތިންވަނަ ހޯދާފައިވަނީ އއ ފެރިދޫ ކައުންސިލެވެ. އަތޮޅު ކައުންސިލްތަކަށް ބަލާއިރު އެއްވަނަ ފ އަތޮޅު ކައުންސިލުން ހޯދާފައިވާއިރު ދެވަނަ ހޯދާފައިވަނީ ބ އަތޮޅު ކައުންސިލުންނެވެ. އަދި ތިންވަނަ ހޯދާފައިވަނީ ލ އަތޮޅު ކައުންސިލުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
ކައުންސިލް ރޭންކިންގ 2020: ހއ. އަތޮޅުން އެއްވަނަ ތުރާކުނަށް، އިހަވަންދޫ އަށް 8 ވަނަ
27 - ފެބްރުއަރީ - 2022
އިހަވަންދޫ ކައުންސިލްގެ ހުރިހާ ކައުންސިލަރުން އަނެއްކާވެސް 3 މަހަށް ސަސްޕެންޑް ކޮށްފި!
1 - ޖޫން - 2018
އަނެއްކާވެސް ކައުންސިލްތަކަށް ފިއްތުމެއް! ދެން މުވައްޒަފުން ދެންނެގޭނީ އެލްޖީއޭގެ ހުއްދަ ލިޔުމުން ހޯދައިގެން!
2 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...
11 - އޮގަސްޓު - 2026
ކައުންސިލްތަކުގެ އިހުތިޞާޞުން ބިން ސަރުކާރަށް ނެގޭ ގޮތަށް ހުށަހެޅި ބިލާ ދެކޮޅަށް ޕެޓިޝަނެއް ފަށައިފި
9 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް