ރައީސް ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް މަސްވެރިން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ، ރައީސް ޑރ. މުއިއްޒުއަށް ތާއިދުހޯދުމަށް މުޅިރާއްޖޭގެ މަސްވެރިން މަސްވެރިކަން ހުޓާލާ ކުރި ބުރަމަސައްކަތް ހަނދާން އާކުރަން ޖެހޭކަމުގައެވެ. މަސްވެރިން އެބަދަލަށް އެދުނީ ފޮނިއުންމީދުތަކަކާ އެކު ފޮނި ހުވަފެންތަކެއް ދެކި އިތުބާރު ކޮށްގެންކަމަށް ޒާހިރު ވިދާޅުވިއެވެ.
މިވެރިކަމުގައި ކިރުވި އެއްވެސް މަހަކަށް ފައިސާ ލިބިފައި ނުވާކަމަށް މިނޫހާ ވާހަކަދެއްކި އިހަވަންދޫގެ ބައެއް އޮޑިވެރިން މައުލޫމާތުދެއެވެ. މަސްވެރިން ކިރުވާ މަސްކޮޅަށް ފައިސާނުލިބި 2-3 މަސްވެގެން ދާދިއުމަށް އަވަސް ހައްލެއް ލިބެންޖެހޭ – ޒާހިރު
މަސްވެރިން ކިރުވާ މަސްކޮޅަށް ފައިސާނުލިބި 2-3 މަސްވެގެން ދާދިއުމަށް އަވަސް ހައްލެއް ބޭނުންވާކަމަށް، އިހަވަންދޫ ކައުންސިލް މެމްބަރު މުހައްމަދު ޒާހިރު ހަސަން ވިދާޅުވެއްޖެއެވެ. ޒާހިރު މިހެން ވިދާޅުވީ މިއަދު ހެނދުނު ފޭސްބުކްގައި ޖެއްސެވި ޕޯސްޓެއްގައެވެ.
ޒާހިރު ވިދާޅުވީ މަސްވެރިންގެ އަނބިންނާއި ދަރިންވެސް ކާބޮއެ ހަދަންޖެހޭކަމަށާ، އެމީހުންނަށްވެސް ފެންބިލާއި، ކަރަންޓްގެ އިތުރުން އިންޓަނެޓާއި ކޭބަލް ޓިވީ ބިލްވެސްވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައްކަން ޖެހޭކަމުގައެވެ. "މަސްކިރި ލާރި ސަރުކާރުން ނުދޭތީ ބިލު އަދި ޖޫރިމަނާ ފަސްކޮށެއްނުދޭ" ޒާހިރު ފާހަގަކުރެއްވިއެވެ. ފައިސާ ލިބުން ލަސްވުމުން މަސްވެރިންނަށް ކުރާނެ ހިއްދަތި އަސަރު ހާމަކޮށްދެއްވަމުން ޒާހިރު ވިދާޅުވީ، ގަދަހިއްވަރާ އެކު ބުރަމަސައްކަތުން ބޭނި މަސްކޮޅު ސަރުކާރުން ކީއަގަކަށް ސަރުކާރުން މިނިކައްޓާ އަކުން ކިރުމަށްފަހު ފައިސާ ކޮޅުނުލިބި 2 މަސް 3 މަސް ވެގެން ދާދިއުމަކީ ހިއްދަތި އަވަސް ހައްލެއްބޭނުންވާ ކަމެއްކަމުގައެވެ.
ސަރުކާރުން މަސްވެރިންނަށް ތައާރަފްކުރުމަށް މަސައްކަތްކުރަމުން އަންނަ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވައި އެކަންކަމުގެ މުހިންމުކަން ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ އެކަންކަމަށްވުރެ އެންމެ މުހިއްމީ މަސްވެރިނަށް އުޖޫރަ ދިނުންކަމުގައެވެ. "މަސްވެރިންގެ ދަފުތަރާއި މަސްވެރިންގެ ބޯޑާއި، ފީނަން ދަސްކޮއްދިނުމާއި، މިހިރަ މިހިރަ ކަންކަމީވެސް މުހިންމު ކަންކަން، އެހެނަސް އެޔަށް ވުރެ މުހިންމީ ކުރެވުނު ހަލާލުމަސައްކަތަށް ދޭންޖެހެ އުޖޫރަ އޭގެ ހައްޤުވެރިންނަށް އަދާކުރުން" ޒާހިރު ވިދާޅުވިއެވެ. ދީނީ ގޮތުން އެކަން އޮންނަ ގޮތަށް އަލިއަޅުއްވާލައްވައި ޒާހިރު ވިދާޅުވީ، އެމީހެއްގެ އުޖޫރަ އެމީހެއްގެ މަސްކަތުގެ ދާހިނދުމުގެ ކުރިން ދޭވޭކަން ޔާޤީން ކުރަން ޖެހޭކަމުގައެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް މަސްވެރިން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ، ރައީސް ޑރ. މުއިއްޒުއަށް ތާއިދުހޯދުމަށް މުޅިރާއްޖޭގެ މަސްވެރިން މަސްވެރިކަން ހުޓާލާ ކުރި ބުރަމަސައްކަތް ހަނދާން އާކުރަން ޖެހޭކަމުގައެވެ. މަސްވެރިން އެބަދަލަށް އެދުނީ ފޮނިއުންމީދުތަކަކާ އެކު ފޮނި ހުވަފެންތަކެއް ދެކި އިތުބާރު ކޮށްގެންކަމަށް ޒާހިރު ވިދާޅުވިއެވެ.
މިވެރިކަމުގައި ކިރުވި އެއްވެސް މަހަކަށް ފައިސާ ލިބިފައި ނުވާކަމަށް މިނޫހާ ވާހަކަދެއްކި އިހަވަންދޫގެ ބައެއް އޮޑިވެރިން މައުލޫމާތުދެއެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް މަސްވެރިން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ، ރައީސް ޑރ. މުއިއްޒުއަށް ތާއިދުހޯދުމަށް މުޅިރާއްޖޭގެ މަސްވެރިން މަސްވެރިކަން ހުޓާލާ ކުރި ބުރަމަސައްކަތް ހަނދާން އާކުރަން ޖެހޭކަމުގައެވެ. މަސްވެރިން އެބަދަލަށް އެދުނީ ފޮނިއުންމީދުތަކަކާ އެކު ފޮނި ހުވަފެންތަކެއް ދެކި އިތުބާރު ކޮށްގެންކަމަށް ޒާހިރު ވިދާޅުވިއެވެ.
މިވެރިކަމުގައި ކިރުވި އެއްވެސް މަހަކަށް ފައިސާ ލިބިފައި ނުވާކަމަށް މިނޫހާ ވާހަކަދެއްކި އިހަވަންދޫގެ ބައެއް އޮޑިވެރިން މައުލޫމާތުދެއެވެ. ގުޅުން ހުރެދާނެ ލިޔުން
މަސްވެރި އުޅަނދުފަހަރަށް ތެލުގެ ސަބްސިޑީ ހޯދަން ފަހިހަކަތަ ޕޯޓަލްގައި ރެޖިސްޓްރީކުރަން ލާޒިމުކޮށްފި
1 - ސެޕްޓެމްބަރު - 2026
އިހަވަންދޫ ކައުންސިލްގެ ރައީސް 9 ކަންބޮޑުވުމެއް މިނިސްޓަރ ޝިޔާމްއަށް!
8 - އޮގަސްޓު - 2026
ބިންވެސް ދޫކުރި، ބީލަމަށްވެސް ލީ: އެކަމަކު އައު އައިސްޕްލާންޓް ލިސްޓުން އިހަވަންދޫ އުނިވެއްޖެ!
25 - ޖޫން - 2026
މަސްވެރިން މަދުވީ ކުރީ ސަރުކާރުން ސިޔާސީ ބޭނުމަށް ދައުލަތުގެ ކުންފުނިތަކުން ވަޒީފާ ބެހުމުން - ރައީސް
19 - ޖޫން - 2026
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޮޑު މަސްރޭހެއް ބާއްވަނީ ...
15 - ޖޫން - 2026
ކަނޑު އުޅަނދުތަކަށް ވިއްކާ ތެލުގެ އަގު އެފްއެސްއެމް އިން ހެޔޮކޮށްފި
13 - މޭ - 2026
މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެއޮކުރިއިރު، އާންމު އުޅަނދުތަކަށް އަނެއްކާވެސް އަގު ބޮޑު ކޮށްފި!
26 - އޭޕްރީލް - 2026
އެފްއެސްއެމް އިން ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި!
10 - އޭޕްރީލް - 2026
މަސްވެރިންނަށް ތެޔޮވިއްކާ އަގު އަނެއްކާވެސް ބޮޑުވެއްޖެ!
25 - މާރިޗު - 2026
މަސްވެރިކަމާގުޅޭ މަސައްކަތްތަކަށް އިހަވަންދޫއިން ބިން ދޫކުރަނީ
21 - ފެބްރުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް