ކުޑަކުދިންގެ ޕާކުގައި އިމާރާތް ކޮށްފައިވާ ކެފޭ ކުއްޔަށްހިފާނެ ބަޔަކު ހޯދަނީ
އިހަވަންދޫ ކުޑަކުދިންގެ ޕާކުގައި އިމާރާތް ކޮށްފައިވާ ކެފޭ، ކުއްޔަށް ހިފާނެ ބަޔަކު ހޯދަން އިހަވަންދޫ ކައުންސިލުން އިއުލާންކޮށްފިއެވެ. މިކަމާއި ގުޅިގެން މިމަހު 4 ގައި އިހަވަންދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނުގައިވަނީ އެ އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 އަށް އިހަވަންދޫ ކައުންސިލަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުމަށެވެ.
ކުޑަކުދިންގެ ޕާކުގައި އިމާރާތް ކޮށްފައިވާ ކެފޭ ކުއްޔަށް ދިނުމަށް ކައުންސިލުން ނިންމާފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. 361 އަކަ ފޫޓްގެ އެއިމާރާތް ކުއްޔަށް ހިފަން ހުށަހެޅޭ އެންމެ ކުޑަ އަގަކީ 3000ރ އެވެ.
އިހަވަންދޫ ކުޑަކުދިންގެ ޕާކުގައި އިމާރާތްކޮށްފައިވާ ކެފޭ އިމާރާތްކޮށްފައިވަނީ ހަޒް އިންވެސްޓްމަންޓާއި ހަވާލުކޮށްގެންނެވެ. އެމަސައްކަތް އެކުންފުނިން ކޮށްފައިވަނީ 453880 (ހަތަރު ލައްކަ ފަންސާސް ތިންހާސް އަށްސަތޭކަ އަށްޑިހަ އަށް) ރުފިޔާގެ އަގަކަށެވެ.
ގުޅުން ހުރެދާނެ ލިޔުން
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
މަސްތައް ނީލަންކިޔުމަށްކީ ތިންވަނަ ނީލަން ވެސް ފެނަށް: 1 ރުފިޔާއަށް ވެސް މަހެއް ނުވިކުނު!
25 - ޖޫން - 2026
ތިންވަނަ ފަހަރަށް އިހަވަންދޫ ޕާކުގެ މަސްތައް ނީލަންކިޔަން އިއުލާންކޮށްފި؛ މިފަހަރު އަގު ކަނޑައަޅާނީ ނީލަމުގެ ބައިވެރިން!
24 - ޖޫން - 2026
ދެވަނަ ފަހަރުވެސް މަސްތަކުގެ ނީލަން "ފެނަށް"!
17 - ޖޫން - 2026
ބޮޑު ބަދަލަކަށްފަހު އިހަވަންދޫ ކުޑަކުދިންގެ ޕާކް އަލުން ހުޅުވައިފި
20 - ޑިސެމްބަރު - 2024
އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޑަކުދިންގެ ޕާކް ހުޅުވަނީ
12 - ޑިސެމްބަރު - 2024
އިހަވަންދޫ ކުޑަކުދިންގެ ޕާކް ވެގެންދާނީ މިސަރަހައްދުގައި އޮތް އެންމެ ރީތި ހިތްފަސޭހަ ޕާރކަށް – ސޮބާޙް
3 - ސެޕްޓެމްބަރު - 2024
ކުޑަކުދިންގެ ޕާކްގައި ފުޓްސަލް ދަނޑެއް ހަދަން ހަޒް އިންވެސްޓްމަންޓާއި ހަވާލުކޮށްފި
22 - އޭޕްރީލް - 2024
އިހަވަންދޫ ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ޕާރކު ސެޓް ސަޕްލައިކޮށް ކޮށްދޭނެ ފަރާތެއް ހޯދަނީ
13 - ޑިސެމްބަރު - 2023
ކުޑަކުދިންގެ ޕާކުގައި ކެފޭއެއް އަޅާދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފި
18 - އޭޕްރީލް - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް