ބިން ހިއްކުމަށް ބޭނުންވާ މެޝިނަރީސް އިހަވަންދޫއަށް ގެންނަންފަށައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ބިން ހިއްކުމަށް ބޭނުންވާ މެޝިނަރީސް އިހަވަންދޫއަށް ގެންނަން ފަށައިފިއެވެ. އެގޮތުން އިއްޔެ ހަވީރުވަނީ އެކަމަށް ބޭނުންވާ މެޝިނަރީ އާއި އެކު ދަތުރުކުރި ފުރަތަމަ އުޅަނދު އިހަވަންދޫއަށް ބަނދަރުކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، 10 ނޮވެމްބަރ 2020 ގައި އިހަވަންދޫގެ ބިންހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 123,960,847.77 (ސަތޭކަ ތޭވީސް މިލިއަން ނުވަސަތޭކަ ފަސްދޮޅަސް ހާސް އަށްސަތޭކަ ސާޅީސް ހަތްރުފިޔާ ސަތުހަތްތަރި ލާރި) އަށް، އެއް އަހަރު ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މިމަޝްރޫއުގެ ސްކޯޕްގެ ތެރޭގައި ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ރިވެޓްމެންޓް ޖެހުންވެސް ހިމަނާފައިވެއެވެ. މައުލޫމާތު ލިބޭގޮތުގައި ބިންހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު ހިއްކުމާގުޅޭ ގޮތުން ހަދާފައިވާ އީއައިއޭ ރިޕޯޓަށް އީޕީއޭއިން މިހާރުވަނީ އެޕްރޫވަލް ދީފައެވެ. ނަމަވެސް ހިއްކުމަށް ބޭނުންވާ ވެލި ނަގާ ސަރަހައްދުގެ އިތުރު ދިރާސާތަކެއް މިހާރުވެސްދަނީ ކުރަމުންނެވެ.

ޚިޔާލު ފައުޅުކުރުން

ޚޮނ ދހުވަހަކުން ފައްޓަނީ
ާތިއީހަގީގަތްއޮޅުވާލާސައިޑެއް ތެދުމައުލޫމާތުހޯއްދަވައިގެންސާއިއުކުރެއްވޭތޯބައްލަވާތި އިހަވަންދޫގެ ތާރީހީއެތައްމައުލޫމާތެއް މިހާރުވަނީއޮޅުވާލައިފައި