ޖަނަރޭޓަރަކަށް މައްސަލަޖެހި ކަރަންޓް ކެނޑޭތީ ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް އެދިއްޖެ
ފެނަކައިން އިހަވަންދޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ 600 ކިލޯ ވޯޓް ގެ ޖަނަރޭޓަރަށް ޓެކްނިކަލް މައްސަލައެއް ޖެހުމާއި ގުޅިގެން. ލޯޑް މަތިވާ ގަޑިތަކުގައި ރަށުގެ އެކި ސަރަހައްދުތަކުން އެކި ވަގުތުތަކުގައި ކަރަންޓް ކެނޑެމުންދާތީ ކަރަންޓް ބޭނުންކުރާ މިންވަރު ވީހާވެސް މަދުކުރުމަށް ފެނަކަ އިހަވަންދޫ ބްރާންޗުން އެދެފިއެވެ.
ފެނަކައިން މިގޮތަށް އެދުނީ މިއަދު ކުރި އިއުލާނެއްގައެވެ. ފެނަކައިންކުރި އިއުލާނުގައި ބުނެފައިވަނީ ޖަނަރޭޓަރ ސެޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެކުންފުނިން ކުރަމުން ގެންދާކަމުގައެވެ. ފަހަކަށްއައިސް އިހަވަންދޫގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑޭ މައްސަލަވަނީ ބޮޑުވެފައެވެ. އިއްޔަވެސްވަނީ ތަފާތު ދެ ހާދިސާއެއްގެ ސަބަބުން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑިފައެވެ.
އެގޮތުން ފުރަތަމަ ކަރަންޓް ކެނޑެން މެދުވެރިވީ ރަށުގެ ހުޅަނގުކޮޅުގައިހުރި ކަރަންޓް ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އިއްޔަ މެންދުރު އަލިފާން ރޯވުމާއިގުޅިގެންނެވެ. އައު ޑިސްޓްރިބިއުޝަން ފޮއްޓެއް ހަރުކޮށް ކަރަންޓް ދިންނަމަވެސް އަނެއްކާވެސް ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެން މެދުވެރިވީ ރޭ އިރުއޮށްސުނު ވަގުތު 1 މެގަވޮޓް ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. އެމައްސަލަ ހައްލުކޮށް ކަރަންޓް ދޭން ފެށިނަމަވެސް އަނެއްކާވެސް ކަރަންޓް ކެނޑެންފެށީ 600 ކިލޯ ވޯޓް ގެ ޖަނަރޭޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެންނެވެ.
ގުޅުން ހުރެދާނެ ލިޔުން
1.2 މެގަ ވޯޓްގެ ޖަނަރޭޓަރެއް އިހަވަންދޫއަށް ގެނެސްފި ...
14 - ޖުލައި - 2026
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް، މާދަމާ 3 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ
21 - ނޮވެމްބަރު - 2025
އަނެއްކާވެސް ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަނީ
16 - ޖުލައި - 2025
އަލަށްގެނަ 1 މެގަ ވޯޓްގެ ޖަނަރޭޓަރ އިންސްޓޯލްކޮށްފި
12 - ފެބްރުއަރީ - 2025
އިހަވަންދޫއަށް 1 މެގަ ވޯޓުގެ ޖަނަރޭޓަރެއް ގެނެސްފި
18 - އޮކްޓޯބަރު - 2024
މެއިންޓެއިނެންސް އަދި އަޕްގްރޭޑިންގް މަސައްކަތަށް މިއަދު ކަރަންޓާއި ފެން ކަނޑަނީ
6 - މޭ - 2024
އިހަވަންދޫން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެއްޖެ
6 - އޭޕްރީލް - 2024
ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެނީ
13 - މާރިޗު - 2024
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް މިއަދުވެސް، ކަރަންޓް ކަނޑަނީ
10 - މާރިޗު - 2024
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް މާދަމާ، ކަރަންޓް ކަނޑަނީ
12 - ޖެނުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް