މެއިންޓެއިނެންސް އަދި އަޕްގްރޭޑިންގް މަސައްކަތަށް މިއަދު ކަރަންޓާއި ފެން ކަނޑަނީ
އިހަވަންދޫ ފެނަކައިން ކަރަންޓްދޭން ބޭނުންކުރާ 1000 ކިލޯވޯޓްގެ ޖަނަރޭޓަރުގެ މެއިންޓެއިނެންސް މަސައްކަތެއް ކުރުމަށް މިއަދު 14:00 އިން ފެށިގެން 18:00 އާއި ހަމަޔަށް ރަށުގެ އެކި ސަރަހައްދުތަކުން އެކި ގަޑިތަކުގައި ކަރަންޓް ކެނޑޭނެކަމަށް ފެނަކަ އިހަވަންދޫ ބްރާންޗުން ބުނެފިއެވެ. މީގެ އިތުރުން ފެނުގެ ހިދުމަތްދޭ މެއިން ޑިސްޓްރިބިއުޝަން ބޫސްޓަރ ލައިންގެ އަޕްގްރޭޑިންގ މަސައްކަތެއް ކުރުމަށް މިރޭ 11 އިން 12 އަށް ފެނުގެ ހިދުމަތްވެސް މެދުކެނޑޭނެކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން އެދެނީ އެވަގުތުގައި ކަރަންޓް ބޭނުންކުރާ މިންވަރު ވީހާވެސް މަދުކުރުމަށެވެ. މިއީ ހޫނުގަދަ ދުވަސް ވަރަކަށްވާތީ މިކަމުގެ ސަބަބުން އާމުންނަށް ދަތިވާނެކަމަށް ބެލެވެއެވެ. މީގެއިތުރުން ފަކަށްއައިސް އިހަވަންދޫގައި ކަރަންޓް ކެނޑޭ މަސައްސަލަވަނީ ވަރަށް ބޮޑުވެފައެވެ. ފެނަކައިން ކަރަންޓްދޭން ބޭނުންކުރާ ޖަނަރޭޓަރު ސެޓަކަށް މައްސަލަ ދިމާވެ، ފެނަކައިން އެދިފައިވާތީ ރޭގަނޑު ޣާޒީ ދަނޑާއި ވޮލީ ކޯޓް ނުދިއްލާތާވެސް ދުވަސްތަކެއްވެއްޖެއެވެ.
ގުޅުން ހުރެދާނެ ލިޔުން
1.2 މެގަ ވޯޓްގެ ޖަނަރޭޓަރެއް އިހަވަންދޫއަށް ގެނެސްފި ...
14 - ޖުލައި - 2026
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް، މާދަމާ 3 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ
21 - ނޮވެމްބަރު - 2025
އަނެއްކާވެސް ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަނީ
16 - ޖުލައި - 2025
އަލަށްގެނަ 1 މެގަ ވޯޓްގެ ޖަނަރޭޓަރ އިންސްޓޯލްކޮށްފި
12 - ފެބްރުއަރީ - 2025
އިހަވަންދޫއަށް 1 މެގަ ވޯޓުގެ ޖަނަރޭޓަރެއް ގެނެސްފި
18 - އޮކްޓޯބަރު - 2024
ޖަނަރޭޓަރަކަށް މައްސަލަޖެހި ކަރަންޓް ކެނޑޭތީ ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް އެދިއްޖެ
7 - އޭޕްރީލް - 2024
އިހަވަންދޫން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެއްޖެ
6 - އޭޕްރީލް - 2024
ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެނީ
13 - މާރިޗު - 2024
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް މިއަދުވެސް، ކަރަންޓް ކަނޑަނީ
10 - މާރިޗު - 2024
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް މާދަމާ، ކަރަންޓް ކަނޑަނީ
12 - ޖެނުއަރީ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް