ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 : އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ނަސީރު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 : އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ނަސީރު
Advertisement Advertisement
މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ  ވޯޓްލުން ކުރިޔަށްދާއިރު އިހަވަންދޫ ދާއިރާގައި  ވޯޓްލުން ކުރިޔަށް ގޮތުގެ އަޕްޑޭޓް ގެނެސްދިނުމަށް ކުރިޔަށްގެންދާ ހާއްސަ ކަވަރޭޖެކެވެ.

Live updates

22 Apr 2024, 10:11

21 Apr 2024, 18:25

21 Apr 2024, 17:35

މާލޭގައި ދިރިއުޅޭ އިހަވަންދޫ ދާއިރާގެ ރައްޔިތުން ވޯޓްލުމަށް ބަހައްޓާފައިހުރި ވޯޓްފޮށް ބަންދުކޮށްފައިވާއިރު  އެފޮށްޓަށް ވޯޓް ލާފައިވަނީ 531 މީހެކެވެ. އެފޮށްޓަށް ވޯޓްލުމުގެ ހައްޤު ލިބިގެންވަނީ 702 މީހަކަށެވެ.

21 Apr 2024, 17:23

އިހަވަންދޫގައި ވޯޓްލުން ކުރިޔަށްދަނީ.

21 Apr 2024, 17:18

އިހަވަންދޫގައި މިފަހަރުގެ ވޯޓްލުން ކުރިޔަށްދަނީ ވަރަށް އަމާން މާހައުލެއްގައިކަން ފާހަގަކުރެވެއެވެ. ވޯޓް ފޮށިތަކުގައި ކިއުއެއްނެތެވެ.

އިހަވަންދޫގައި ބަހައްޓާފައިހުރި  2 ނަންބަރު އަދި 3 ނަންބަރު  ވޯޓްފޮށްޓަށް 17:00 އާއި ހަމަޔަށް ވޯޓް ދީފައިވާގޮތުގެ ތަފްސީލް:

– ވޯޓްފޮށި ނަންބަރު 3 : 424 (204 ފިރިހެނުން، 220 އަންހެނުން)
– ވޯޓްފޮށި ނަންބަރު 2 : 504 (213 ފިރިހެނުން، 291 އަންހެނުން)

21 Apr 2024, 15:55

މާލޭގައި ދިރިއުޅޭ އިހަވަންދޫ ދާއިރާގެ ރައްޔިތުން ވޯޓްލުމަށް ބަހައްޓާފައިހުރި ވޯޓްފޮށް މިހާތަނަށް 400 އަށްވުރެގިނަ މީހުން ވޯޓް ލައިފިއެވެ.

21 Apr 2024, 14:09

އިހަވަންދޫގައި ބަހައްޓާފައިހުރި  2 ނަންބަރު އަދި 3 ނަންބަރު  ވޯޓްފޮށްޓަށް 14:00 އާއި ހަމަޔަށް ވޯޓް ދީފައިވާގޮތުގެ ތަފްސީލް:

– ވޯޓްފޮށި ނަންބަރު 3 : 267 (147 ފިރިހެނުން، 120 އަންހެނުން)
– ވޯޓްފޮށި ނަންބަރު 2 : 314 (149 ފިރިހެނުން، 165 އަންހެނުން)
– ވޯޓްފޮށި ނަންބަރު 1 : 236 (114 ފިރިހެނުން، 122 އަންހެނުން)

21 Apr 2024, 12:10

އިހަވަންދޫގައި ބަހައްޓާފައިހުރި  2 ނަންބަރު އަދި 3 ނަންބަރު  ވޯޓްފޮށްޓަށް 12:00 އާއި ހަމަޔަށް ވޯޓް ދީފައިވާގޮތުގެ ތަފްސީލް:

– ވޯޓްފޮށި ނަންބަރު 3 : 167 (90 ފިރިހެނުން، 77 އަންހެނުން)
– ވޯޓްފޮށި ނަންބަރު 2 : 185 (98 ފިރިހެނުން، 87 އަންހެނުން)
– ވޯޓްފޮށި ނަންބަރު 1 : 176 (98 ފިރިހެނުން، 78 އަންހެނުން)

21 Apr 2024, 11:41

އިހަވަންދޫގައި ބަހައްޓާފައިހުރި  2 ނަންބަރު އަދި 3 ނަންބަރު  ވޯޓްފޮށްޓަށް 11:00 އާއި ހަމަޔަށް ވޯޓް ދީފައިވާގޮތުގެ ތަފްސީލް:

– ވޯޓްފޮށި ނަންބަރު 3 : 124 (66 ފިރިހެނުން، 58 އަންހެނުން)
– ވޯޓްފޮށި ނަންބަރު 2 : 143 (77 ފިރިހެނުން، 66 އަންހެނުން)

21 Apr 2024, 09:41

އިހަވަންދޫގައި ބަހައްޓާފައިހުރި  2 ނަންބަރު އަދި 3 ނަންބަރު  ވޯޓްފޮށްޓަށް 9:00 އާއި ހަމަޔަށް ވޯޓް ދީފައިވާގޮތުގެ ތަފްސީލް:

- ވޯޓްފޮށި ނަންބަރު 3 : 32 (24 ފިރިހެނުން، 8 އަންހެނުން)
- ވޯޓްފޮށި ނަންބަރު 2 : 48 (39 ފިރިހެނުން، 9 އަންހެނުން)

21 Apr 2024, 08:34

މިއިންތިހާބުގައި އިހަވަންދޫ ދާއިރާޔަށް ނިސްބަތްވާމީހުން  ޖުމުލަ 103 ވޯޓް ފޮށްޓަކަށް ވޯޓްލާނެއެވެ. އެންމެ ގިނަމީހުން ވޯޓް ލާން ރަޖިސްޓްރީ ކޮށްފައިވާ ފޮށިތަކުގެ ތަފްސީލް ތިރީގައި އެވަނީއެވެ.
- އިހަވަންދޫގައި ބަހައްޓާ 3 ވޯޓް ފޮށި ބަހައްޓާފައިވަނީ އިހަވަންދޫ ސްކޫލްގައެވެ.
- މޮޅަދޫގައި ވޯޓް ފޮށި ބަހައްޓާފައިހުރީ މޮޅަދޫ ސްކޫލްގެ އުތުރުފަރާތު ކުލާސްރޫމް 2 ގައެވެ.
- މާރަންދޫގައި ވޯޓް ފޮށި ބަހައްޓާފައިހުރީ މާރަންދޫ ސްކޫލްގެ ހޯލުގައެވެ.
- މާލޭގައި ދިރިއުޅޭ އިހަވަންދޫ ދާއިރާގެ ރައްޔިތުން ވޯޓްލުމަށް ބަހައްޓާފައިހުރި ވޯޓްފޮށި  ހުރީ މާފަންނު ސްޓޭޑިއަމް ގައެވެ.
- ހުޅުމާލެ ފޭސް 1 ގައި  ދިރިއުޅޭ އިހަވަންދޫ ދާއިރާގެ ރައްޔިތުން ވޯޓްލުމަށް ބަހައްޓާފައިހުރި ވޯޓްފޮށި  ހުރީ ބްރައިޓް އިންޓަނޭޝަނަލް ހައިސްކޫލްގެ ހުޅަނގު ކޮޅުގައެވެ.
- ހުޅުމާލެ ފޭސް 2 ގައި  ދިރިއުޅޭ އިހަވަންދޫ ދާއިރާގެ ރައްޔިތުން ވޯޓްލުމަށް ބަހައްޓާފައިހުރި ވޯޓްފޮށި  ހުރީ ސަލާހުއްދީން ސްކޫލްގެ ކުލާސްރޫމް (އޭ 1) ގައެވެ.

21 Apr 2024, 08:06

މިއަދުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާއިން ވޯޓު ލުމުގެ ހައްޤު ލިބިފައި ވަނީ ޖުމުލަ 3457 މީހުންނަށެވެ. އިހަވަންދޫ ދާއިރާގައި ހިމެނޭ އިހަވަންދޫ، މޮޅަދޫ އަދި މާރަންދޫގެ ތެރެއިން ވޯޓު ލުމުގެ ހައްޤު ލިބިފައިވާ 2425 މީހުން އިހަވަންދޫއަށް ނިސްބަތްވާއިރު، މޮޅަދޫއަށް ނިސްބަތްވަނީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ 303 މީހުން ނެވެ. އަދި މާރަންދޫއިން މިއިންތިހާބުގައި ވޯޓުލުމުގެ ހައްޤުލިބިފައި ވަނީ 729 މީހުން ނަށެވެ.
ކުރީގެ އިންތިހާބުތަކަށް ބަލާއިރު ރައްޔިތުންމަޖިލިސް އިންތިހާބު 2019 ގައި އިހަވަންދޫ ދާއިރާއިން ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 3195 މީހުންނަށެވެ. އަދި ރައްޔިތުންމަޖިލިސް އިންތިހާބު 2014 ގައި އިހަވަންދޫ ދާއިރާއިން ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 2838 މީހުންނަށެވެ.

21 Apr 2024, 02:29

އިހަވަންދޫގައި ވޯޓްލުން ކުރިޔަށްދާނީ އިހަވަންދޫ ސްކޫލްގައި. ވޯޓްލުން ކުރިޔަށްދާ ވަގުތު އެސަރަހައްދުގެ  ޓްރެފިކް ފްލޯއަށްވަނީ ބަދަލުގެނެސްފައެވެ.

21 Apr 2024, 00:48

މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތޚާބުގެ ވޯޓްލުން ކުރިޔަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 17:30 އާހަމަޔަށެވެ. ޖުމުލަ 368 ކެންޑިޑޭޓުން ވާދާކުރާ މިއިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ، މުހައްމަދު އާރިފް އަދި ޕީއެންސީ ޓިކެޓްގައި ވާދަކުރާ އަޙްމަދު ނަސީރުއެވެ. މިއީ އައު ޤާނުނު އަސާސީ އަށްފަހު ބާއްވާ ބަރުލަމާނުގެ އިންތިހާބެއްގައި އިހަވަންދޫ ދާއިރާއަށް އެންމެ މަދުން ކެނޑިޑޭޓުން ވާދަކުރާ އިންތިޚާބުކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް