ކުޅިވަރާއި ގުޅުންހުރި ކަންކަމާއި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ކައުންސިލްގެ ބަޖެޓުން މިއަހަރު 3.5 މިލިއަން ރުފިޔާ ހަރަދުކުރަނީ
މުޙައްމަދު އަކުރަމް
5 - މޭ - 2024
ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމާއި، ކަސްރަތާއި، އެފަދަ ޓްރެއިނިންތަކާއި މުބާރާތްތައް ބޭއްވުމަށް އިހަވަންދޫ ކައުންސިލްގެ ބަޖެޓުން މިއަހަރުގެ 3.5 މިލިއަން ރުފިޔާ ހަރަދު ވާނެކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވެއްޖެއެވެ.
ސޮބާހް ވިހެން ވިދާޅުވީ، މިމަހުގެ 3 ވީ ހުކުރު ދުވަހުގެ ރޭ ބޭއްވި، އިހަވަންދޫ ހަށިހޮޔު މައިޒާން (އިހަމަ) ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
"މިމަސްތެރޭ އާ ފުޓްސަލް ދަނޑެއް އެޅުމަށްޓަކައި ހަވާލުކުރެވިގެންދާނެ، ޒުވާނުންނަށާއި ކުޅިވަރުކުޅޭ ފަރާތްތަކަށް ފަހިފުރުސަތު ހޯދައިދިނުމުގެ ގޮތުން، އެއާއެކު ހުރަވީ ދަނޑުވެސް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރާއި ގުޅިގެން ކުރިޔަށް އެބަގެންދަން، އެންމެ ތުއްތު ކުދިންނަށް ހާއްސަކޮށް ކުޑަކުދިންގެ ޕާކުގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފެށިފަވާނެ، އެހެންކަމުން ޖުމްލަގޮތެއްގައި ފުޓްބޯޅަޔަށް ކައުންސިލުން ބޭއްވޭ އެކި މުބާރާތްތަކާއިއެކު، ކައުންސިލުން ކުޅިވަރަށް ހަމައެކަނި ފުޓްބޯޅަޔަށްވެސް ދެ މިލިއަނެއްހާ ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭ" ސޮބާހް ވާހަކަ އިތުރަށް ތަފްސީލްކޮށްދެއްވިއެވެ. ސޮބާހް ވިދާޅުވީ ވޮލީ މުބާރާތްތަކާއި ޓްރެއިނިންތަކުގެ އިތުރުން ވަސީލަތްތައް ޤާއިމްކުރުމަށް، ވޯލީ އަށް އެކަނިވެސް މިއަހަރު 1.5 މިލިއަން ރުފިޔާ ހަރަދުވާނެކަމުގައެވެ.
ސޮބާހް ވިދާޅުވީ ކައުންސިލްގެ ވިސްނުމަކީ ހުސްއެކަނި އާމްދަނީ ހޯދުމެއް ނޫންކަމުގައެވެ. ރައްޔިތުންވެސް ހިންހަމަޖައްސާލައި އުފާވެރިކަމާއިއެކު ދުޅަހެޔޮ ސިއްހަތެއްގައި، ތިބުމައްޓަކައި އެކި އެކި ވަސީލަތްތައް ޤާއިމްކުރުމަކީ ކައުންސިލުން އިސްކަން ދޭކަމެއްކަމަށް ސޮބާހް ފަހަގަކުރެއްވިއެވެ. "ހަމަ އެގޮތަށް އާމްދަނީ ހޯދުމަށްޓަކައިވެސް ތަފާތު ކަންކަން ކައުންސިލުން ކުރާކަން ރައްޔިތުން ފާހަގަކުރޭ، އެހެންވީމަ މިއަހަރަކީ ޖުމުލަ ގޮތެއްގައި އެންމެގިނަ ހަރަކާތްތައް ކައުންސިލުން ހިންގޭނެ އަހަރެއް ގޮތުގަ އަޅުގަނޑު ފާހަގަ ކޮށްލާނަން" ސޮބާހް ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުވި އިހަމަ އައުޓްޑޯ ޖިމަކީ އިހަވަންދޫ ކައުންސިލްގެ ހަރަދުގައި ހަދާފައިވާ ތަނެކެވެ. އެޖިމް ތަރައްޤީކުރަން ކައުންސިލުން ހަތަރު ލައްކަ ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ކޮށްފައިވެއެވެ. އިހަވަންދޫ ހަށިހޮޔު މައިޒާން (އިހަމަ) ހުޅުވައިދެއްވީ އިހަވަންދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަހްމަދު ނަސީރެވެ.
ގުޅުން ހުރެދާނެ ލިޔުން
ސަރުކާރާ ގުޅިގެން ކުރިއަށްދާން މިތިބީ ތައްޔާރަށް: އިންތިޚާބީ ރައީސް ފަވާޒް
18 - އޭޕްރީލް - 2026
އިހަވަންދޫން ގޯތި ދޫކުރުމުގެ ހުއްދަ އަދިވެސް ނުލިބޭ، މަސައްކަތް އޮތީ ހުއްޓިފައި!
7 - މާރިޗު - 2026
ކައުންސިލް ސަސްޕެންޑްކުރަނީ ބައެއްގެ އަމިއްލަ މުހުތާދު ތަކެއް ފުއްދަން – މުހައްމަދު ރަޝީދު
1 - ޖޫން - 2018
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...
11 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލްގެ ރައީސް 9 ކަންބޮޑުވުމެއް މިނިސްޓަރ ޝިޔާމްއަށް!
8 - އޮގަސްޓު - 2026
ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ޓްރޮފީ ހިފައިގެން ޝަހާމާ މިއަދު އިހަވަންދޫއަށް!
23 - ޖުލައި - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް