ކާފަ މާމަ މައިޒާން ތަރައްޤީ ކުރުމަށް ބިންހަވާލުކޮށް ކައުންސިލުން ދޭން ނިންމާފައިވާ އެހީ ހަވާލުކޮށްފި
“ކާފަމާމަ މައިޒާން” ނުގެ ނަމުގައި މައިޒާނެއް ތަރައްޤީކުރުމަށް ކްލަބް ޕޯލްސްޓަރއަށް ބިން ހަވާލުކޮށް، އިހަވަންދޫ ކައުންސިލުންދޭން ނިންމާފައިވާ 100،000ރ ގެ އެހީ ހަވާލުކޮށްފިއެވެ. ބިމާއި އެހީ ހަވާލުކުރުންއޮތީ އިހަވަންދޫ ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
“ކާފަމާމަ މައިޒާން” ނުގެ ނަމުގައި މައިޒާނެއް ހަދަން ކްލަބް ޕޯލްސްޓަރއަށް، 2023 ވަނަ އަހަރުގެ ޖޫންމަހުގެ 8 ވަނަ ދުވަހު މާލީ އެހީތެރިކަން ދިނުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ނިންމިއެވެ.
ޔޫތް މިނިސްޓްރީގެމި އެހީތެރިކަން އެޖަމިއްޔާއަށް ލިބިފައިވަނީ، ރަށްރަށުގައި މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ މިނިސްޓްރީން ހުޅުވާލި ފުރުޞަތުގެ ދަށުން ޖަމިއްޔާތަކުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ކްލަބް ޕޯލްސްޓާއިން ހުށަހެޅި ޕްރޮޕޯސަލް ހޮވިފައިވާތީއެވެ. ޔޫތް މިނިސްޓްރީއިން ހުޅުވާލި ފުރުސަތުގައި 52 ޖަމިއްޔާއަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު، އެހީތެރިކަން ދިނުމަށް އެމިނިސްޓްރީން ނިންމާފައިވަނީ 13 ޕްރޮޖެކްޓަކަށެވެ.
“ކާފަމާމަ މައިޒާން” ޕްރޮޖެކްޓަށް 241000ރ ޔޫތް މިނިސްޓްރީއިން ދޭން ނިންމިއިރު، ޕްރޮޖެކްޓްގެ ޖުމްލަ އަގު 380000 (ތިންލައްކަ އައްޑިހަހާސް) ރުފިޔާއށް ވުރެ މައްޗަށް އަރާކަމަށް އޭރު ޕޯލްސްޓަރ އިން އަންދާޒާކުރާކަމަށް މައުލޫމާތުދިނެވެ.
ކައިންސިލުން އިއްޔަ ހަވާލުކުރި އެހީތެރިކަމަކީ 2023 ވަނަ އަހަރު ދޭން ނިންމި އެހީތެރިކަމެކެވެ. އިހަވަންދޫ ކައުންސިލުން އެގޮތަށް ނިންމީ، އެކަމުގައި އެހީތެރިކަން ހޯދުމަށް ކްލަބް ޕޯލްސްޓާރއިން އިހަވަންދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީއާއިމެދު މަޝްވަރާކުރުމަށްފަހު އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 119 ވަނަ ޖަލްސާގައެވެ.
ކްލަބް ޕޯލްސްޓަރ އަކީ އިހަވަންދޫގައި ހަރަކާތްތެރިވަމުންއަންނަ އެންޖީއޯ އެކެވެ. އެޖަމިއްޔާ ރަޖިސްޓްރީ ކޮށްފައިވަނީ 29 ޖުލައި 1999 ގައެވެ.
އިހަވަންދޫ ކައުންސިލް
ކުލަބު ޕޯލްސްޓަރ
މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އަރޓްސް
ކާފަމާމަ މައިޒާން
ގުޅުން ހުރެދާނެ ލިޔުން
"ކާފަމާމަ މައިޒާން" ހަދަން ޕޯލްސްޓަރ އަށް އެއްލައްކަ ރުފިޔާގެ އެހީތެރިކަން ދޭން ކައުންސިލުން ނިންމައިފި
27 - ސެޕްޓެމްބަރު - 2023
"ކާފަމާމަ މައިޒާން" ހަދަން ޕޯލްސްޓަރ އަށް ދެލައްކަ ސާޅީސް އެއްހާސް ރުފިޔާ
14 - ޖޫން - 2023
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
އިހަވަންދޫގެ މިއަހަރުގެ ބޮޑު ޢީދު: ކައުންސިލާއި، ކުލަބު ޖަމިއްޔާތައް ގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ބާއްވަނީ
29 - އޭޕްރީލް - 2026
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ޝެއިހް އާދަމް ޝަމީމުގެ ހާއްސަ ދަރުހެއް ބާއްވަނީ
8 - މާރިޗު - 2023
އިހަވަންދިއްޕޮޅު ރަސްތަރިއަށް ޔައިޝާ
20 - ޑިސެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް