8 ހެކްޓަރުގެ ބިން ހިއްކައިފި

މުޙައްމަދު އަކުރަމް

މިދިޔަ އޯގަސްޓްމަހުގެ 12 ވަނަދުވަހު އިހަވަންދޫ ބިންހިއްކަން ފަށާފައިވާއިރު މިހާތަނަށް 8 ހެކްޓަރުގެ ބިން ހިއްކައިފިއެވެ. މިމަޝްރޫޢޫގެ ދަށުން ޖުމްލަ 25 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މިހާރު ހިއްކިފައިމިވަނީ ގާތްގަނޑަކަށް ހިއްކަންޖެހޭ ބިމުގެ %30 އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ އިހަވަންދޫ ބިންހިއްކުމުގެ މަޝްރޫޢުއަކީ 123,960,847.77 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢުއެކެވެ.

އިހަވަންދޫ ބިންހިއްކުމަށް އެމްޓީސީސީއިން ބޭނުންކުރަނީ އެކުންފުނީގެ ޓްރެއިލް ސަކްޝަން ހޯޕާއެއް ކަމަށްވާ މަހާޖައްރާފެވެ. އިހަވަންދޫ ބިންހިއްކުމުގެ މަޝްރޫޢުގެ ސްކޯޕްގެ ތެރޭގައި ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ރިވެޓްމެންޓް ޖެހުންވެސް ހިމަނާފައިވެއެވެ.