މައިކަޕްގެ ޗެމްޕިއަންޓީމަށްދޭ ފައިސާގެ އިނާމު 100،000 އަށް ބޮޑުކޮށް، ޓައިޓަލް ސްޕޮންސަރއަށް ބިއުޓިފުލް ބްލޫ
މުޙައްމަދު އަކުރަމް
22 - ޖޫން - 2024
ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު، މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަށް ބިއުޓިފުލް ބްލޫ ހަމަޖައްސައިފިއެވެ. މައިކަޕްގެ ޓައިޓަލް ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކުރީ، އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސް ހޯލްގައި އެކަމަށް ހާއްސަކޮށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
ބިއުޓިފުލް ބުލޫގެ ފަރާތުން ޓައިޓަލް ސްޕޮންސަރޝިޕް އެއްބަސްވުމުގައި އެފިހާރައިގެ ވެރިޔާ މުޙައްމަދު ޔާމީން ސޮއެކުރެއްވިއިރު، ކްލަބު ޕޯލްސްޓާރގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުލަބުގެ ރައީސް މުޙައްމަދު ޝުޖާއެވެ. ޓައިޓަލް ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއެކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، މައި ކަޕް ފުޓްބޯޅަ މުބާރާތުގެ ބާނީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޢަބްދުالله (މުޙައްމާ) ވެސް ބައިވެރިވެލެއްވިއެވެ.
މައިކަޕް ފުޓްބޯޅަ މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. 2019 ވަނަ އަހަރު ބޭއްވި 13 ވަނަ މައިކަޕް މުބާރާތުގެ ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ދެވަނަ ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމުދިނެވެ. 4 އަހަރުގެ މެދު ކެނޑުމަކަށްފަހު މި މުބާރާތް މިއަހަރު އަލުން ބާއްވާއިރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
މައި ކަޕް ފުޓްބޯޅަ މުބާރާތް ފެށިގެންއައީ ހަމަ އެކަނި އިހަވަންދޫގެ ޓީމުތަކަށް ހުޅުވައިލައިގެންނެވެ. ނަމަވެސް މުބާރާތުގެ ހަތަރުވަނަ އަހަރު މުބާރާތް އިތުރަށް ފުޅާކޮށް ހއ އަތޮޅަށް ހުޅުވައިލެވުނެވެ. އެހިސާބުން މާރަންދޫއަށް ނިސްބަތްވާ ޓީމުތައް މުބާރާތުގައި ވާދަކުރަން ފެށިއެވެ. 2010 ވަނަ އަހަރު މުޅިން އަލަށް މުބާރާތުގައި ވާދަކޮށް މުބާރާތުގެ ތަށި އުފުލައިލީ މާރަންދޫ ޔޫތު ސޮސައިޓީއެވެ.
އިހަވަންދޫގައި ވާދަވެރި ފުޓްބޯޅަ ޓީމްތަކެއް އުފަންވީ މަކަޕްގެ ސަބަބުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ. މިހާތަނަށް 13 ފަހަރު މައިކަޕް ބާއްވާފައިވާއިރު އެއްވެސް ޓީމަކަށް ޖެހިޖެހިގެން 2 މުބާރާތެއްގެ ޗެމްޕިއަންކަން ހޯދިފައެއްނުވެއެވެ. މައިކަޕްގެ އެންމެ ކާމިޔާބު ޓީމް ތަކަކީ މާރަންދޫ ޔޫތު ސޮސައިޓީ އާއި ޔުނައިޓެޑް ޔޫތެވެ. އެ ދެޓީމްވަނީ 2 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
މައިކަޕް 2025: މިއަހަރުގެ މުބާރާތުގައި ބައިވެރިވީ އެންމެ 5 ޓީމް!
12 - ޑިސެމްބަރު - 2025
ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއިއެކު، މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
2 - ޑިސެމްބަރު - 2025
މިއަހަރުވެސް މައިކަޕްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ، މުބާރާތުގެ ތައްޔާރީތައް ކުރިޔަށް!
7 - ސެޕްޓެމްބަރު - 2025
މައިކަޕް މިއަހަރު ޑިސެންބަރުމަހު "ބޮޑުކޮށް" އޮންނާނެ – ސުޖާއު
18 - ޖުލައި - 2025
އަތޮޅަށް ހުޅުވާލައިގެން މަދަހަ މުބާރާތެއް މިއަހަރު ބާއްވަން ގަސްތުކުރަން – މުހައްމާ
4 - ޖެނުއަރީ - 2025
މި އަހަރުގެ ތެރޭގައި ހުރަވީ ދަނޑުގައި ޓާފް އަޅަނީ!
3 - ޖެނުއަރީ - 2025
މައިކަޕްގެ ޗެމްޕިއަންކަން ހޯދައި އެންވީކޭ، މައިކަޕްގެ އެންމެ ކާމިޔާބު ޓީމުތަކުގެ ލިސްޓަށް!
2 - ޖެނުއަރީ - 2025
ހަވާ އެރުވުމާއިއެކު މައިކަޕްގެ ފައިނަލް މިރޭ!
1 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް