ބަލިވެގެން ސިއްޙީމަރުކަޒަށް ދާއިރަށް، އާއިލާގެ އެންމެހާ ބޭފުޅުން ބަލިވޭ : މެންބަރު ނަސީރު
ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ބަލިވެގެން ސިއްޙީމަރުކަޒަށް ދާއިރަށް ޖިސްމާނީގޮތުން، ނަފުސާނީގޮތުން އާއިލާގެ އެންމެހާ ބޭފުޅުން ބަލިވާކަމަށް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ. ނަސީރު މިހެން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 5 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 29/2015 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ޙުސައިން އިމްރާން ލަޠީފް ހުށަހަޅުއްވާފައިވާ ބިލަށް ތާއީދު ކުރައްވާކަން ހާމަކުރައްވަމުން ނަސީރު ވިދާޅުވީ، ސިއްޙިނިޒާމަށް ބޮޑެތި ބަދަލެއް ގެންނަން އެބަޖެހޭ ކަމުގައެވެ. "ޙާއްސަކޮށް ރަށްފުށުގެ ސިއްޙީނިޒާމް ވަރަށް ބޮޑަށް ބަލިކަށިވެ ރައްޔިތުން މާޔޫސްވެފައި ވަނީ. ސިއްޙީނިޒާމް ޑިޒައިންކޮށްފައިވާ ގޮތުން އަޅުގަނޑަށް ފާހަގަވަނީ ތަނަވަސްކަން ލިބިފައިވާ ބޭފުޅުންނަށް މޮޅު ސިއްޙީނިޒާމެއް އޮތްކަން. އާދައިގެ ރައްޔިތު މީހާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް އުނދަގޫ މަރުޙަލާތަކެއް ކުރިމަތިލާކަން އަޅުގަނޑަށް ފާހަގަވަނީ" ނަސީރުގެ ވިދާޅުވިއެވެ. " ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ބަލިވެގެން ސިއްޙީމަރުކަޒަށް ދާއިރަށް ޖިސްމާނީގޮތުން، ނަފުސާނީގޮތުން އާއިލާގެ އެންމެހާ ބޭފުޅުން ބަލިވޭ. ޑޮކްޓަރަށް ދައްކައިލީމަ ބުނަނީ ހާޓްއެޓޭކެއް ޖެހިއްޖޭ. ކައިރީ ތިބި އެންމެން ހަމަ އެހިސާބުން ޖިސްމާނީގޮތުން، ނަފުސާނީގޮތުން އެބަލިވީ. ކުއްލިއަކަށް ފުރައިގެންދާން މި ޖެހެނީ ދިއްދޫއަށް ނޫނީ ކުޅުދުއްފުށްޓަށް. ޑޮކްޓަރު ހުރީ ކުޅުދުއްފުށީގައި. ބަލިމީހާ ދާންޖެހުނީ ދިއްދޫއަށް. މިނިޒާމު ތެރެއިން އަޅުގަނޑުމެން އަބަޖެހޭ މި ނޫން ގޮތެއް ރައްޔިތުންނަށް ހޯދައިދޭން" ނަސީރުގެ ވާހަކަތަފްސީލް ކޮށްދެއްވިއެވެ.
ނަސީރު ވިދާޅުވީ ސިއްޙީނިޒާމް ހަރުދަނާކޮށް ރަނގަޅުކުރުމަށް ޓަކައި އާސަންދަ އަދި އެންސްޕާ އަލުން ދިރާސާކޮށް މުރާޖާކުރަން ޖެހޭކަމުގައެވެ. ސިއްޙީނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްގެން ހޮލިޑޭ ހަދާލަން އަވަށްޓެރި ޤައުމުތަކަށް ދާމަންޒަރު މިއަދުވެސް ފެންނަކަމަށް ނަސީރު ވިދާޅުވިއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޓެކްސް ގާނޫނަށް ގެންނަ އިސްލާހުތަކުގެ ހަގީގީ ނަތީޖާ ފެންނަން 3-4 އަހަރު ނަގާނެ - އެމްޕީ ނަސީރު
17 - އޮގަސްޓު - 2026
ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭކަމާއިމެދު މެމްބަރު ނަސީރު ސުވާލު އުފައްދަވައިފި
5 - ނޮވެމްބަރު - 2025
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
ކައުންސިލްތަކުގެ އިހުތިޞާޞުން ބިން ސަރުކާރަށް ނެގޭ ގޮތަށް ހުށަހެޅި ބިލާ ދެކޮޅަށް ޕެޓިޝަނެއް ފަށައިފި
9 - އޮގަސްޓު - 2026
އިހަވަންދޫގައި "ކުޑަ" އިސްލާމީ މަރުކަޒެއް އިމާރާތްކުރަން އުޅޭތީ ކަންބޮޑުވުން އުފެދިއްޖެ!
3 - އޮގަސްޓު - 2026
ކުންފުނިތަކުގެ ޕޮލިސީތަކަށް ގެންނަ ބަދަލާއެކު މަސްވެރިކަން ފުޅާވެގެންދާނެ: މެންބަރު ނަސީރު
22 - އޭޕްރީލް - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
އެމްޕީ ނަސީރަށް އިހަވަންދޫ ޕީއެންސީގެ ކޮންޓްރޯލް ގެއްލެނީބާ؟
23 - މާރިޗު - 2026
ސަރުކާރަކާ އިދިކޮޅު ކައުންސިލެއް ނެގީމަ އިހަވަންދޫއަށް ވެފައޮތްގޮތް އިހަވަންދޫ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާނެ – އެމްޕީ ނަސީރު
10 - މާރިޗު - 2026
އުތުރުގެ ރައްޔިތުން ފަހުރުވެރިވާފަދަ އިސްލާމީ ބިނާއެއް ބިނާކޮށް، ޤުރުއާނުގެ އިލްމުފަތުރާ ރަށަކަށް އިހަވަންދޫ ހެދުމަށް މެންބަރު ނަސީރު ގޮވާލައްވައިފި!
4 - ޑިސެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް