އައުޓްޑޯ ވޮލީ ކޯޓްގެ މަސައްކަތް 1.1 މިލިއަނަށް ބްރިލިއަންޓް ކުންފުންޏަށް
އިހަވަންދޫގައި ޒަމާނީ އައުޓްޑޯ ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 1101649.09 (އެއްމިލިއަން އެއްލައްކަ އެއްހާސް ހަސަތޭކަ ސާޅީސް ނުވަރުފިޔާ ނުވަލާރި) އަށް 38 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
އިހަވަންދޫ ކައުންސިލުން ތަރައްޤީކުރާ އައުޓްޑޯ ވޮލީ ކޯޓް އަޅަނީ އިހަވަންދޫ އިޖްތިމާއީ މަރުކަޒުގެ އިރުން، ފުޓްސަލް ދަނޑުގެ ހުޅަގަށްއޮތް ހުސްބިމުގައެވެ. އެޗްއާރްއެފް ވޮލީ ލީގުގައި ބައިވެރިވި ކްލަބް ޕޯލްސްޓަރ ގެ އަންހެން ވޮލީ ޓީމުން ހޯދި ކާމިޔާބު ފާހަގަކުރުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، އިހަވަންދޫގައި ވޮލީ ކުޅޭ ކުޅުންތެރިންނަށް މިހާރު އޮތް އެންމެބޮޑު ހުރަހަކީ އިހަވަންދޫގައި ވޮޅީކުޅޭނެ ފެންވަރު ރަނގަޅު ކޯޓެއް ނެތުންކަމުގައެވެ. ކައުންސިލުން ތަރައްޤީކުރަމުންދާ ވޮލީކޯޓްގެ މަސައްކަތް މިއަހަރު ނިމުމުގެކުރިން ނިމޭނޭކަމުގެ ޔަޤީންކަން ސޮބާހް ދެއްވިއެވެ.
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިންވެސް އިހަވަންދޫގައި އަންނަނީ ޒަމާނީ ވޮލީ ކޯޓެއް ތަރައްޤީކުރަމުންނެވެ. އެކޯޓްގެ މަސައްކަތް މިހާރުއޮތީ ނިމުމުގެ މަރުހަލާގައެވެ. އިހަވަންދޫ ކައުންސިލުން އަންނަނީ ފުޓްސެލް ދަނޑުގެ މަސައްކަތްވެސް ކުރަމުންނެވެ. އެޝުއަރ ސަޕްލައިއާ ހަވާލުކޮށްގެ ހަދާ އެދަނޑަށް ކައުންސިލުން 1.273 މިލިއަން ރުފިޔާ ހަރަދުކުރާނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އަލަށް ގޯތިދިން ސަރަހަށްދާއި، ރަށް ވަށައިގެން މަގުބައްތި ޖަހަނީ!
1 - އޮކްޓޯބަރު - 2026
އޯޕަން ސްޓޭޖް ގޯތި ތެރޭގައި މައިޒާނެއް ހަދައިދޭނެ ފަރާތެއް ހޯދަނީ
1 - އޮކްޓޯބަރު - 2026
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...
11 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް