އިމަގު ޖަމިއްޔާއިން ތަރައްގީކުރާ އައުޓްޑޯރ ވޮލީކޯޓް ހުޅުވުން، އިމަގު-28 ސައްބީހާއެކު
.
24 - ޖުލައި - 2024
އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގުން އިސްނަގައި ތަރައްގީކުރަމުންދާ ވޮލީ ކޯޓު އިމަގު28- ސައްބީހާއެކު ހުޅުވަން ނިންމާފިއެވެ. 2024 ޖުލައި 25 ވަނަ ދުވަހުގެ ރޭ ރަސްމީކޮށް ވޮލީ ކޯޓު ހުޅުވަން ނިންމާފައިވާއިރު މިހާރު ކުރަމުންދަނީ ކޯޓް ހުޅުވުމަށް ވާންޖެހޭ އެއްމެ ފަހުގެ ތައްޔާރީތައްވަމުންނެވެ.
މިއީ އިހަވަންދޫގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވިގެންދާ ފުރަތަމަ ވޮލީކޯޓެވެ. އިހަވަންދޫގެ ކުޅިވަރަށް، ހާއްސަކޮށް ވޮލީއަށް އިންގިލާބީ ބަދަލެއް ގެނުވާނެ، މި އައު ކޯޓަކީ އިހަވަންދޫގެ ވޮލީ ބޯޅަ ކުޅުންތެރިންނަށް ލިބިގެންދާނެ ހިތްހަމަޖެހުމެކެވެ. މި ވޮލީކޯޓަކީ މުބާރާތްތަކާއި ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް ލިބިގެންދާ ފުރަތަމަ ޕްރޮފެޝަނަލް ކޯޓުކަން ފާހަގަކުރެވެއެވެ. އިމަގު ނައިބު ރައީސް މުޙައްމަދު ރަޝީދު ފާހަގަކުރާ ގޮތުގައި މި މަޝްރޫއަކީ މުޖުތަމަޢުގެ ކުރިއެރުމަށް އިމަގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބޮޑު މަޝްރޫއެކެވެ.
"އަޅުގަނޑުމެން، އިމަގުން އަބަދުވެސް ބަލަނީ ރަށަށް، ކުރިއެރުމެއް ނޫނީ ތަރައްގީއެއް ގެނެސްދޭނެ ކަންތައްތަކެއް ކުރަން. މިނިވަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އިމަގުން އިހަވަންދޫ ރައްޔިތުންނަށް ހަދިޔާކުރަން ނިންމީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އައުޓްޑޯރ ވޮލީކޯޓެއް." މުހައްމަދު ރަޝީދު ވިދާޅުވިއެވެ. ވޮލީ ކޯޓު ރަސްމީކޮށް ހުޅުވުމާ ގުޅުވައި، މި އަހަރުގެ މިނިވަން ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް އިމަގުން ނިންމާފައިވާކަމަށް އިމަގުގެ ނައިބު ރައީސް މުޙައްމަދު ރަޝދު މައުލޫމާތު ދެއްވިއެވެ. އެގޮތުން، އިމަގަށް 2024 ޖޫން 06 ވަނަ ދުވަހު 28 އަހަރު ފުރި، އަދި މިނިވަން ދުވަސް ޖުލައި މަހުގެ 26 އަށް ވާތީ މި ހަރަކާތަށް އިމަގު 28- 26 ގެ ނަން ދީފައިވާކަމަށް އިމަގު ނައިބު ރައީސް ވިދާޅުވިއެވެ.
" އިމަގު 28- 26 އަކީ މިނިވަން އުފަލުގައި އަދި އިމަގުން ތަރައްގީކުރަމުންދާ އައުޓްޑޯރ ވޮލީ ކޯޓު ރަސްމީކޮށް ހުޅުވުމާ ގުޅިގެން އިމަގުން އިސްނަގައި ކުރިއަށް ގެންދާ ބޮޑު ހަރަކާތެއް. ދެ ދުވަހަށް ދެމިގެންދާ މި ހަރަކާތުގައި ތަފާތު ކަންތައްތަކެއް ފެނިގެންދާނެ. އަޅުގަނޑުމެންގެ އެފް.ބީ ޕޭޖަށް ހަރަކާތްތަކުގެ އަޕްޑޭޓް އަންނާނެ" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
އިމަގުގެ ޚިދުމަތް މުޅި ރާއްޖެއަށް ލިބެމުންދާކަން މި ފުރުޞަޠުގައި ފާހަގަކޮށްލަމެވެ. 2023 ވަނަ އަހަރު އިމަގުގެ ތަޢުލީމީ ޚިދުމަތަށް ސިވިލް ސޮސައިޓީ އެވޯޑް ލިބިފައިވާއިރު 2021 ވަނަ އަހަރު ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިމަގު ޖަމިއްޔާގެ 14 ވަނަ ދައުރުގެ ރައީސްކަމަށް މުހައްމަދު ރަޝީދު...
25 - ޖޫން - 2026
އިމަގުގެ 30 ވަނަ އަހަރީދުވަހާ ގުޅުވައިގެން ހަންޑި ހޮހޮޅަ މިރޭ ދައްކާލަނީ!
4 - ޖޫން - 2026
9 ދައުރަށްފަހު އިމަގުގެ ރައީސްކަމުން މޫސާ އަލީ ދުރަށް
2 - މޭ - 2026
އިމަގުގެ 14ވަނަ ދައުރުގެ ހިންގާ ކޮމެޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި
30 - އޭޕްރީލް - 2026
އިހަވަންދޫގެ މިއަހަރުގެ ބޮޑު ޢީދު: ކައުންސިލާއި، ކުލަބު ޖަމިއްޔާތައް ގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ބާއްވަނީ
29 - އޭޕްރީލް - 2026
އިމަގު ޣާޒީ ކަޕް 2025: ޖަންގަލް އިން ތަށި ހިއްލާލައިފި!
28 - ސެޕްޓެމްބަރު - 2025
އިމަގު ޣާޒީ ކަޕް 2025: ބޮޑުމަގު އަދި ޖަންގަލް ފައިނަލަށް!
26 - ސެޕްޓެމްބަރު - 2025
ސެންސިޓީ، އުލިގަން، ބޮޑުމަގު އަދި ޖަންގަލް ސެމީފައިނަލަށް!
24 - ސެޕްޓެމްބަރު - 2025
ސެންސިޓީ ޖޭ.އާރު ލަދުގަންނަވާލައި ޖަންގަލް ސެމީ ފައިނަލަށް!
22 - ސެޕްޓެމްބަރު - 2025
އިމަގު ޣާޒީ ކަޕް 2025: ފުރަތަމަ މެޗްގައި ހޯރަފުއްޓާއި އުލިގަމުގެ ކުރިމަތިލުމެއް!
18 - ސެޕްޓެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް