ތެލުގެ ވިޔަފާރިކުރުމަށް، ޕަވަރ ޒޯންއަށް 20 އަހަރަށް ބިމެއް ކުއްޔަށްދީފި
އިހަވަންދޫގައި ތެލުގެ ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ ހުޅުވައިލުމުން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ރަނަގަޅު ޕްރޮޕޯސަލެއް ހުށަހެޅި ޕަވަރ ޒޯނާއިއެކު، އެއްބަސްވުމުގައި ސޮއެކޮށްފިއެވެ. ތެލުގެ ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ވެވޭ އެއްބަސްވުމުގައި ޕަވަރ ޒޯންއާއި އެކު ސޮއެ ކޮށްފައިވަނީ އިއްޔަ އިހަވަންދޫ ކައުންސިކްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިހަވަންދޫ އައިސް ޕްލާންޓްގެ ދެކުނަށް އޮތް 5372 އަކަފޫޓް ގެ ބިން ތެލުގެ ވިޔަފާރި ކުރުމުގެ ޚިދުމަތްދިނުމަށް ކުއްޔަށް ދޫކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަށެވެ. ބިމުގެ އަކަފޫޓަކަށް މަހަކު 2.05ރ ޕަވަރ ޒޯނުން ހުށަހަޅާފައިވާއިރު ބިމު ކުއްޔަށް މަހަކު 11,012.6ރ ދައްކަން ޖެހޭނެއެވެ.
ޕަވަރ ޒޯނުން މިހާރުވެސް އަންނަނީ އިހަވަންދޫގައި ތެލުގެ ވިޔަފާރި ކުރަމުންނެވެ. ތެލުގެ ވިޔަފާރިއަށް ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވާގޮތުން، ކައުންސިލުން ބިން ހަވާލުކުރާތާ 3 މަސްތެރޭ ތަނުގައި މަސައްކަތް ކުރުމުގެ ޢަމަލީ މަސައްކަތް ފަށަންޖެހެއެވެ. އަދި ބިން ހަވާލުކުރާތާ މަދުވެގެން 10 މަސް ދުވަހުގެ ތެރޭގައ ތަނުގެ ޚިދުމަތް ދޭންޖެހެއެވެ. އެހެން ކަމުން އެ 10 މަހަށް ބިމު ކުއްޔެއް ނުނަގާނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...
11 - އޮގަސްޓު - 2026
ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ޓްރޮފީ ހިފައިގެން ޝަހާމާ މިއަދު އިހަވަންދޫއަށް!
23 - ޖުލައި - 2026
އިހަވަންދޫ ކައުންސިލުން އަންނަ ހުކުރު ދުވަހުގެ ރޭ ރައްޔިތުންނާއި ބައްދަލުކުރަނީ...
19 - ޖުލައި - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް