ކައުންސިލް ކަޕް، މިމަހުގެ 7 އިން 12 އަށް
މުޙައްމަދު އަކުރަމް
4 - ސެޕްޓެމްބަރު - 2024
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ، “އިހަވަންދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2024” މިމަހުގެ 7 ވާ ހޮނިހިރު ދުވަހުން ފެށިގެން މިމަހުގެ 12 ވާ ބުރާސްފަތި ދުވަހާއި ހަމަޔަށް ކުރިޔަށް ގެންދިއުމަށް ޝެޑިއުލް ކޮށްފިއެވެ.
ޖުމުލަ ހަތަރު ޓީމެއް ބައިވެރިވެފައިވާ މިމުބާރާތުގެ ފުރަތަމަބުރު ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. ލީގު ބުރުން އެއްވަނައަށް އަންނަ ޓީމަށް ފައިނަލުން ޖާގައެއް ކަށަވަރުވާއިރު، ދެވަނަ އަދި ތިންވަނައަށް އަންނަ ޓީމް ޖެހޭނީ ސެމީފައިނަލްގައި ކުޅޭށެވެ. މުމުބާރާތް ހުޅުވާ މެޗްގައި އެންވީކޭ އަދި ޔުނައިޓެޑް ޔޫތް މިމަހުގެ 7 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައި ބައްދަލުކުރާއިރު، މިމުބާރާތުގެ ފައިނަލް ކުޅޭނީ މިމަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ރޭގަންޑު 20:00 ގައެވެ.
މިމުބާރާތުގައި ވާދަކުރަނީ ޔުނައިޓެޑް ޔޫތް، އެންވީކޭ، ސެންސިޓީ އަދި ކުލަބް އިރަމާއެވެ. ކައުންސިލް ކަޕަކީ ފުޓްސަލް ފޯމެޓަށް ކުޅެމުން އަންނަ މުބާރާތެއް ނަމަވެސް މިއަހަރުގެ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ އިލަވަން އަ ސައިޑް (ބޮޑު ގޯލް) މުބާރާތެއްގެ ގޮތުގައެވެ. މިއީ މިމުބާރާތް ކައުންސިލުން ކުރިޔަށްގެންދާ 7 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭ އެވެ. އެޓީމްވަނީ 4 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރު ބޭއްވި ކައުންސިލް ކަޕްގެ ޗެމްޕިއަން ޓީމަކީ ޖަންގަލްއެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގައި އެޓީމް ބައިވެރިއެއް ނުވެއެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނާރސް އަޕް ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.
ޔުނައިޓެޑް ޔޫތު
އިހަވަންދޫ ކައުންސިލް
އެންވީކޭ
ކައުންސިލް ކަޕް ފުޓްސަލް ޓޯނަމެންޓް
ސެންސިޓީ
ކްލަބް އިރަމާ
ގުޅުން ހުރެދާނެ ލިޔުން
އެންވީކޭ ފައިނަލަށް ދަތުރުކުރިއިރު، އިރަމާ އަދި ޔޫތް ސެމީއަށް
9 - ސެޕްޓެމްބަރު - 2024
އެންވީކޭ އަދި އިރަމާ މުބާރާތްފެށީ މޮޅަކުން
8 - ސެޕްޓެމްބަރު - 2024
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓްގެ ސެމީފައިނަލްގެ މެޗްތައް މިރޭ
10 - ނޮވެމްބަރު - 2022
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ފަހަތުންއަރާ އިރަމާ ބަލިކޮށް އެންވީކޭއިން 5 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
13 - ސެޕްޓެމްބަރު - 2024
ޖަންގަލް، އެންވީކޭ، ކުޅިމަގު އަދި އިރަމާ ކައުންސިލް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި
28 - ނޮވެމްބަރު - 2023
އިރަމާ، ކޭ.އެމް، ކޮފަލި އަދި ސެންސިޓީއަށްވެސް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
25 - ނޮވެމްބަރު - 2023
ކޮފަލިން ޑިފެންޑިންގ ޗެމްޕިއަން އެންވީކޭ ހުއްޓުވިއިރު، އިރަމާ މުބާރާތްފެށީ މޮޅަކުން
24 - ނޮވެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް