އިހަވަންދޫގައި، ޑީޕް ސީ މެއިންޓަންސް ޓާމިނަލަކާއި ޑޮކްޔާޑެއް ހަދަނީ
.
16 - ސެޕްޓެމްބަރު - 2024
ރާއްޖޭގެ އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ ބަންކަރިން ޚިދުމަތުގެ ދެވަނަ ފިޔަވަހީގެ ދަށުން، ޑީޕް ސީ މެއިންޓަނެންސަށް ހާއްސަ ޓަރމިނަލަކާއި ޑޮކްޔާޑެއް، އިހަވަންދޫގައި ތަރައްޤީ ކުރާނެކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޖީހު މިހެން ވިދާޅުވީ ރޭ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ވަޖީހު ވިދާޅުވީ އުތުރަށް ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ ޑީޕް ސީ މެއިންޓަނެންސަށް ހާއްސަ ޓަރމިނަލެއް ހއ. އިހަވަންދޫގައި ގާއިމުކުރުމަށް ނިންމާފައިވާއިރު، ވަރަށް އަވަހަށް ބޯޓުތަކަށް ޚިދުމަތް ދިނުމަށް ޑޮކްޔާޑެއްވެސް ގާއިމުކުރުމަށް ނިންމާފައިވާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޕީއެލްއިން މިތަން ތަރައްޤީކުރަނީ އިހަވަންދޫގެ އިރުއުތުރު ކޮޅުގައެވެ.
ބަންކަރިން ޚިދުމަތުގެ ދެވަނަ ފިޔަވަހީގެ ދަށުން އިހަވަންދިއްޕޮޅުގައި ގިނަ މަޝްރޫއުތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް ވަޖީހު ވިދާޅުވިއެވެ. އެގޮތުން ހޯރަފުށި ފަޅު ހިއްކައިގެން، އެތަނުގައި ތެޔޮ ޓާމިނަލަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންޓެއިނާ ޓާމިނަލެއް ތަރައްގީކުރުމަށް ނިންމާފައިވާއިރު އެރަށުގައި ބިޒްނަސް ސެންޓަރެއް ތަރައްޤީ ކުރާނެއެވެ. މީގެއިތުރުން އުލިގަމުގައި ޔޮޓު މެރީނާއެއް ޤާއިމުކުރުމަށް ތައްޔާރުވަމުންދާކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.
ރާއްޖޭގެ އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ ބަންކަރިން ޚިދުމަތް މަހުގެ 19ވަނަ ދުވަހު ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، އެޙިދުމަތް ދިނުމަށް ނިންމާފައިވަނީ އޮފް-ޝޯ ކޮށެވެ. އެގޮތުން ޙިދުމަތް ފަށައިގަންނައިރު މެރިޓައިމްގެ 14 ޚިދުމަތެއް ބޯޓުތަކަށް ފޯރުކޮށްދޭނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި
21 - ޑިސެމްބަރު - 2024
ބޮޑު ބަދަލަކަށްފަހު އިހަވަންދޫ ކުޑަކުދިންގެ ޕާކް އަލުން ހުޅުވައިފި
20 - ޑިސެމްބަރު - 2024
ކެރޭން އޮޕަރޭޓްކޮށްގެން ލިބޭ އާމްދަނީގެ %100 ލިބޭނީ ކައުންސިލަށް : ސޮބާހް
21 - ސެޕްޓެމްބަރު - 2024
އެމްޕީއެލްއިން އިހަވަންދޫ ކައުންސިލަށް ހަދިޔާކުރާ ކެރޭން ހަވާލުކޮށްފި
20 - ސެޕްޓެމްބަރު - 2024
އެމްޕީއެލްއިން އިހަވަންދޫ ކައުންސިލަށް ކެރޭނެއް ހަދިޔާކުރަނީ
19 - ސެޕްޓެމްބަރު - 2024
ކުރީގެ ފުޓްސަލް ދަނޑުގައި ހޭންޑްބޯލް ކޯޓެއް ހަދަނީ!
15 - އޭޕްރީލް - 2025
އިހަވަންދޫގައި، ސްކޫލް ދަރިވަރުންނަށް ބަހުގެ ހިދުމަތް ފަށަނީ!
10 - އޭޕްރީލް - 2025
އިހަވަންދޫ ހިމެނޭހެން، 21 ރަށެއްގައި ފިއުލް ސްޓޯރޭޖް ފެސިލިޓީ ސެޓަޕް ހަދަނީ
10 - ނޮވެމްބަރު - 2024
ކިޔަވައި އުމުރުގެ ދަރިވަރުން ސްކޫލަށް ނުދިއުން – 3 (ސްކޫލަށް ދިއުމަށް ދެކޮޅު ހަދަނީ ކީއްވެ؟)
1 - ފެބްރުއަރީ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް