އެމްޑީޕީ އިހަވަންދޫ ދާއިރާގެ ރައީސްކަމުގެ މަޤާމަށް މިސްބާހް

މުޙައްމަދު އަކުރަމް

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާގެ ރައީސްކަމުގެ މަޤާމް ބޮޑު ތަފާތަކުން މުހައްމަދު މިސްބާހް ކާމިޔާބު ކޮށްފިއެވެ. މިސްބާހް އެމްޑީޕީ އިހަވަންދޫ ދާއިރާގެ ރައީސްކަމުގެ މަޤާމް ކާމިޔާބުކޮށްފައިވަނީ ޢަބްދުﷲ ޙުސައިންއާއި ވާދަކޮށްގެންނެވެ.

އިހަވަންދޫ ދާއިރާގެ އިންތިހާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ 1626 މީހުންގެ ތެރެއިން ވޯޓް ލާފައިވަނީ 859 މީހުންނެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުން މާލޭގައި ބެހެއްޓި އިހަވަންދޫ ދާއިރާގެ ފޮށިން މިސްބާހް 50 ވޯޓް ހޯދާފައިވާއިރު ޢަބްދުﷲ ޙުސައިން އަށް ލިބިފައިވަނީ 22 ވޯޓެވެ. އިހަވަންދޫގައި ބެހެއްޓި ފޮށިން ޢަބްދުﷲ ޙުސައިން 234 ވޯޓް ކާމިޔާބު ކުރިއިރު މިސްބާހްވަނީ 331 ވޯޓް ހޯދާފައެވެ. މާރަންދޫ ފޮށިން މިސްބާޙް 148 ވޯޓް ހޯދިއިރު ޢަބްދުﷲ ޙުސައިން އަށް ލިބިފައިވަނީ 10 ވޯޓެވެ. އަދި މޮޅަދޫ ފޮށިން މިސްބާހް 44 ވޯޓް ކާމިޔާބުކުރިއިރު ޢަބްދުﷲ ޙުސައިންއަށް ލިބިފައިވަނީ 14 ވޯޓެވެ. މިހަތަރު ފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޖުމްލަ 6 ވޯޓެއް ބާތިލުވެފައިވެއެވެ.

ވަގުތީ ނަތީޖާގެ ޖުމްލައަށް ބަލާއިރު މިސްބާހް 573 ވޯޓް ކާމިޔާބުކުރިއިރު ޢަބްދުﷲ ޙުސައިންއަށް ލިބިފައިވަނީ 280 ވޯޓެވެ. އެހެންކަމުން ދެ ކެނޑިޑޭޓުންގެ ވޯޓްގެ ފަރަގަކީ 293 ވޯޓެވެ.