"ރަންތާޖު" ޤުރްއާން މުބާރާތުން އިހަވަންދޫ ޓީމަށް ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރަން ނިންމައިފި
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް 2024” ޤުރްއާން މުބާރާތުން އިހަވަންދޫ ޓީމަށް ލިބުނު ފައިސާގެ އިނާމު ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ނިންމައިފިއެވެ. އެގޮތަށް ނިންމާފައިވަނީ އިއްޔަ ބޭއްވި އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 170 ވަނަ އާއްމު ޖަލްސާގައެވެ.
އިހަވަންދޫ ޓީމުގެ ކަންކަމުގައި އިސްކޮށް އުޅުއްވި، ކައުންސިލް މެމްބަރު މުހައްމަދު ޒާހިރު ހަސަން ވިދާޅުވީ، ޓީމަށް ލިބުނު ފައިސާގެ އިނާމު ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ހަދިޔާކުރަން ނިންމީ، ޓީމްގެ ގިނަ މެމްބަރުންގެ އެދުމުގެ މަތިން ކަމުގައެވެ. މިދިޔަ އަހަރުގެ މުބާރާތުން އިހަވަންދޫ ޓީމަށް ލިބުނު ފައިސާގެ އިނާމުވެސް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރިކަން ޒާހިރު ފާހަގަކުރެއްވިއެވެ.
ހއ.އަތޮޅު “ރަންތާޖު” ޤުރްއާން މުބާރާތުގައި ބައިވެރިވި އިހަވަންދޫގެ ޓީމްވަނީ މުޅި މުބާރާތުން 2 ވަނަ ހޯދާފައެވެ. މުޅިމުބާރާތުން ދެވަނައަށް ދިއުމުން އެޓީމަށްވަނީ 7000ރ ގެ ފައިސާގެ އިނާމެއް ދީފައެވެ. ހއ.އަތޮޅު “ރަންތާޖު” ޤުރުއާން މުބާރާތުން މުޅިމުބާރާތުން އެއްވަނަ ހޯދީ އިހަވަންދޫ ޓީމްގައި ހިމެނޭ، އާމިނަތު ނަސްރަތު އެވެ.
މިދިޔަ އަހަރުއޮތް ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތުން ދެވަނަ ހޯދީވެސް އިހަވަންދޫއެވެ. އެމުބާރާތުން ލިބުނު ފައިސާގެ އިނާމުވެސްވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
"ރަންތާޖު" ޤުރްއާން މުބާރާތުން އިހަވަންދޫ ޓީމަށް ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފި
13 - ނޮވެމްބަރު - 2023
ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތްތައް އިހަވަންދޫގައި ބޭއްވޭތޯ މަސައްކަތްކުރަނީ
11 - ޑިސެމްބަރު - 2024
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...
11 - އޮގަސްޓު - 2026
ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ޓްރޮފީ ހިފައިގެން ޝަހާމާ މިއަދު އިހަވަންދޫއަށް!
23 - ޖުލައި - 2026
އިހަވަންދޫ ކައުންސިލުން އަންނަ ހުކުރު ދުވަހުގެ ރޭ ރައްޔިތުންނާއި ބައްދަލުކުރަނީ...
19 - ޖުލައި - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް