ތިލައުތުރު ފުޓްސަލް މުބާރާތް 2024: ފަހަތުންއަރާ އުތީމް ބަލިކޮށް އިހަވަންދޫ ޓީމަށް ބޮޑު ހިންހަމަޖެހުމެއް
ތިލައުތުރު ފުޓްސަލް މުބާރާތް 2024 ގައި، އިހަވަންދޫ ޓީމް ކުޅުނު ފުރަތަމަ މެޗްގައި ފަހަތުން އަރައި އުތީމް ބަލިކޮށްފިއެވެ. މިމެޗުން އިހަވަންދޫ ޓީމް މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.
މިމެޗް ފުށުމާއިއެކު ފުރަތަމަ މިނެޓްގައި އުތީމް ޓީމްގެ ޖާޒީނަންބަރު 7 މަޒީންވަނީ އެޓީމަށް ގޯލެއް ޖަހައި ލީޑް ނަގައިދީފައެވެ. އިހަވަންދޫ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖާޒީ ނަންބަރު 7 މަދީހްއެވެ. އިހަވަންދޫ ޓީމަށް ފުރަތަމަ ފަހަރަށް ހާމިދު ލީޑް ނަގައިދިންއިރު، އިހަވަންދޫ ޓީމްގެ ލީޑްފުޅާ ކޮށްދިނީ ޝާނިއުއެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިހަވަންދޫ ޓީމްގެ ކެޕްޓަން، މަދީހްއެވެ.
ދެން މިމުބާރާތުގައި އިހަވަންދޫ ޓީމް ނުކުންނާނީ އުލިގަމާ ދެކޮޅަށެވެ. އެމެޗް ކުޅޭނީ މިމަހުގެ 6 ވަނަ ދުވަހުގެ ހަވީރު 17:00 ގައެވެ. މިމުބާރާތުގައި އިހަވަންދޫ ހިމެނެނީ ގްރޫޕް 2 ގައެވެ. އެ ގުރޫޕްގައި ހިމެނެނީ ތުރާކުނު، އުތީމް، އުލިގަން، ކެލާ އަދި އިހަވަންދޫއެވެ.
ޖުމުލަ 10 ޓީމެއް ބައިވެރިވެފައިވާ މިމުބާރާތް ކުރިޔަށްދާނީ މިމަހުގެ 11 އާއި ހަމަޔަށެވެ. މިމުބާރާތް ކުރިޔަށްދަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި ހިމެނޭ ޓީމް ތަކުގެ މެދުގައި ޕޮއިންޓް އުސޫލުން މެޗްތައްކުޅެ ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
މިމުބާރާތަކީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 3 ވަނަ މުބާރާތެވެ. މިދިޔަ އަހަރު ކުޅުނު މިމުބާރާތުގެ ދެވަނަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަށަފަރު ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 (ތިރީސްހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އުތީމާއި އިހަވަންދޫއަށް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
4 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2024 ގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި
11 - ނޮވެމްބަރު - 2024
އިހަވަންދޫ، ތުރާކުނު އަތްދަށުވެއްޖެ
22 - ޖެނުއަރީ - 2023
ވަށަފަރު ބަލިކޮށް އިހަވަންދޫގެ ފެށުން ރަނގަޅުކޮށްފި
21 - ޖެނުއަރީ - 2023
ތިލައުތުރު ފުޓްސަލް މުބާރާތް ފަށައިފި، އިހަވަންދޫ ޓީމްގެ ފުރަތަމަ މެޗް މާދަމާ
20 - ޖެނުއަރީ - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ 10 ރަށުން
8 - ޖެނުއަރީ - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ އުތީމް، ތުރާކުނު، ދިއްދޫ، ބާރަށް، ފިއްލަދޫ އަދި އިހަވަންދޫ
26 - ނޮވެމްބަރު - 2022
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ތަށި އުފުއްލާލައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް އުތީމު
13 - ނޮވެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް