ޓީމު އޮތީ އެއް ރޫހެއްގައި! ތަމްސީލު ކުރަނީ މުޅި އިހަވަންދޫ!
ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން، ހއ. ކެލާގައި މިހާރު ކުރިއަށްދާ 3 ވަނަ ތިލައުތުރު ފުޓްސަލް މުބާރާތުގެ ފެށުން ރަނގަޅުކޮށް މުޅި ޓީމު އޮތީ އެއް ރޫހެއްގައި ކަމަށް އިހަވަންދޫ ތަމްސީލުކުރާ ޓީމުގެ ކެޕްޓަން މުޙައްމަދު މަދީޙް ބުނެފިއެވެ. މިދިޔަ އަހަރުގެ ރަނަރ-އަޕް 3-1 ގޯލުން ބަލި ކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މަދީޙް އިތުރަށް ބުނީ، އެހެން އަހަރުތަކާއި ހިލާފަށް މި އަހަރުގެ ފުރަތަމަ މެޗު ކާމިޔާބުވުމަކީ ދުރާލާ މި މުބާރާތަށް ކައުސިލުން އިސްނަގައިގެން ކުރެވިގެންދިޔަ މަސް ދުވަހުގެ ޕްރެކްޓިސްތަކުގެ ނަތީޖާ ކަމުގައެވެ.
"ހުރިހާ ކުޅުންތެރިންވެސް ތިބީ ފިޓްކޮށް، މުބާރާތައް ވަރަށް ބޮޑަށް ތައްޔާރުވެގެން. ބޭނުންވަނީ އިހަވަންދޫ އަށް ރީތި ނަމެއް ހޯދާ ދިނުން" މަދީޙް ބުންޏެވެ. "އަސްލު ވޭތުވެދިޔަ ދެ މުބާރާތުގައި ވެސް އަހަރުމެން ދިޔައީ ވަނދު ގޮތަކަށް ކަޓައިގެން. އެހެންވެ މި އަހަރު ބޭނުންވީ މުބާރާތައް ރަނގަޅަށް ތައްޔާރުވެގެން ނަތީޖާ ނެރެން. ޓީމުގެ އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުން. އިހަވަންދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހިތްވަރުގެ ބަސްތައް. ދުރުގައި ވިޔަސް އެދެނީ އަބަދުވެސް ޓީމާއެކު ވުމަށް. އިހަވަންދޫ އާއިއެކު ވުމަށް. އިރާދަ ކުރެއްވިއްޔާ މިއަދުގެ މެޗުވެސް ނަގައި އެންމެ ސަޕޯޓަރުން ހެއްވާލާނަން" ސަޕޯޓަރުންގެ ކިބައިން މަދީޙް އެދުނެވެ.
އެހެން އަހަރުތަކާއި ޚިލާފަށް، މި އަހަރުގެ މުބާރާތައް ތައްޔާރުވުމަށް އިހަވަންދޫ ކައުންސިލުން ދުރާލާ މަސައްކަތް ފެށިކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ރަށް ތަމްސީލުކުރަން ބޭނުންވާ ކުޅުންތެރިންނަށް 9 އޮކްޓޯބަރ 2024 އިން ފެށިގެން ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރަސަތުވަނީ ހުޅުވާލެވިފައެވެ. އެ ފުރުސަތުގައި ރަށް ތަމްސީލުކުރުމަށް ބޭނުންވި ހުރިހާ ކުޅުންތެރިންވެސް ޓީމުގައި ހިމަނާފައިވާނެކަން ފާހަގަ ކުރަމުން އިހަވަންދޫ ޓީމުގެ ކޯޗު ނޫޝާން އިތުރަށް ބުނީ، މުބާރާތުގައި ވާދަކުރާ އިހަވަންދޫ ޓީމުގެ ހުރިހާ އިންތިޒާމުތަކެއްވެސް ކުރިއަށްދަނީ ވަރަށް ފުރިހަމަކޮށް ކަމަށެވެ.
މި އަހަރުގެ މުބާރާތުގައި އިހަވަންދޫ ކައުންސިލުން ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލުމަށް، މި ދިޔަ ދެ އަހަރު ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ނޫޝާން ޝުކުރު އަދާކުރިއެވެ. "އަހަރުމެން މި ތިބީ 3 ނޮވެމްބަރ އިން ފަށައިގެން ކެލާގައި ކޭމްޕް ޖަހައިގެން. ހުރިހާ އިންތިޒާމުތަކެއްވެސް ވަރަށް ފުރިހަމަ. އަސްލު ހުރިހާ ޕްލެއަރުންވެސް މި ވަނީ ގުރުބާނީއެއް. އެހެން ރަށެއްގައި ސީދާ އިހަވަންދޫއަށް ރީތި ނަން ހޯދާ ދިނުމަށް. ކުޅުންތެރިންގެ ފަރާތުން ފެންނަމުންދާ ރަށުވަންތަ ލޯތްބާއި ނަމޫނާއަށް ޝުކުރު އަދާ ކުރަން. މި ފުރަސަތު އިހަވަންދޫގެ ކުޅުންތެރިންނަށް ފަހިކޮށްދޭ ކަމަށްޓަކައި އިހަވަންދޫ ކައުންސިލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ކާމިޔާބު ވާނެ. އިންޝާ ﷲ" ނޫޝާން ފާހަގަކުރިއެވެ.
އިހަވަންދޫ ތަމްސީލުކުރާ ޓީމާއެކު، މިވަގުތު ހއ. ކެލާގައި ކައުންސިލުގެ ފަރާތުން ހަރާކާތްތެރިވަނީ ނައިބު ރައީސް މުޙައްމަދު އަރީބުއެވެ. އިހަވަންދޫގެ އެންމެހާ ލޮބުވެތި ރައްޔިތުން ޓީމާއެކު ވުމަށް އިހަވަންދޫ ޓީމުގެ މެނޭޖަރުކަންވެސް ކުރައްވާ އަރީބު އިލްތިމާސް ކުރިއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އިހަވަންދޫގެ ފެންވަރު ދައްކާލައި ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
7 - ނޮވެމްބަރު - 2025
ވަށަފަރާއި އެއްވަރުވުމުން، މިރޭގެ މެޗުން މޮޅުވާން އިހަވަންދޫއަށް މަޖުބޫރު
7 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ހޯރަފުށި ބަލިކޮށް އިހަވަންދޫ އުއްމީދު އާކޮށްފި
6 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އުތީމާއި އިހަވަންދޫއަށް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
4 - ނޮވެމްބަރު - 2025
އުތީމު ބަލިކޮށް އިހަވަންދޫ ޗެރިޓީ ޝީލްޑް ހިއްލާލައިފި
3 - ނޮވެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް