މަދީހްއަށް މިރޭ ކުޅެވޭނެ – އެސިސްޓެންޓް ކޯޗް ހަމްމާޒް
މުޙައްމަދު އަކުރަމް
9 - ނޮވެމްބަރު - 2024
މިރޭގެ ސެމީފައިނަލް މެޗުގައި ކެޕްޓަން މަދީހް ފެންނާނެކަމަށް، އިހަވަންދޫ ޓީމްގެ އެސިސްޓެންޓް ކޯޗް އިސްމާއިލް ހަމްމާޒް ބުނެފިއެވެ. މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައި ހަމްމާޒުބުނީ، މަދީހްއަށް ކުޅެވޭގޮތްވީ ވަރަށްގިނަ ބައެއްގެ މަސައްކަތުން ކަމުގައެވެ. އެހެންކަމުން އެފަރާތްތަކަށް އޭނާ ޝުކުރި އަދާކުދިއެވެ.
މިމުބާރާތުގައި މަދީހް 3 މެޗް ކުޅެފައިވާއިރު، އިހަވަންދޫ ޓީމަށް އޭނާވަނީ 3 ގޯލް ޖަހައިދީ އެއް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދައިފައެވެ. ނަމަވެސް ދިމާވި ކަންތައްތަކެއްގެ ސަބަބުން، އިހަވަންދޫ ޓީމް ގްރޫޕް ސްޓޭޖްގައި ކުޅުނު ފަހު މެޗްގައި މަދީހްއަށް ނުކުޅެވެއެވެ. އެމެޗްގައި މުބާރާތް ހޯސްޓްކުރާ ކެލާ އަތްދަށުވެ އިހަވަންދޫވަނީ 1-0 އިން ބަލިވެފައެވެ.
ތިލައުތުރު ފުޓްސަލް މުބާރާތް 2024 ގެ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި މިރޭ 20:00 ގައި އިހަވަންދޫ ނުކުންނާނީ، ދިއްދޫއާ ދެކޮޅަށެވެ. އިހަވަންދޫ ސެމީފައިނަލަށް ދަތުރުކުރީ 9 ޕޮއިންޓާއިއެކު ގްރޫޕް ބީ ގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ދިއްދޫ ސެމީފައިނަލުން ޖާގައެއް ކަށަވަރުކުރީ 6 ޕޮއިންޓާއި އެކު ގްރޫޕް އޭ ގެ ދެވަނަ ޓީމްގެ ގޮތުގައެވެ. މިމުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ބާރަށް އަދި އުތީމެވެ. އެމެޗް ފަށާނީ މިއަދު ހަވީރު 16:00 ގައެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2024 - އިހަވަންދޫ ފައިނަލަށް
9 - ނޮވެމްބަރު - 2024
އިހަވަންދޫ ޓީމް މުބާރާތް ނިންމައިލީ މޮޅަކުން!
6 - ނޮވެމްބަރު - 2023
ދިއްދޫ އަތުން ބަލިވެ އިހަވަންދޫ ޓީމް ކަޓައިފި
4 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ 10 ރަށުން
8 - ޖެނުއަރީ - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ އުތީމް، ތުރާކުނު، ދިއްދޫ، ބާރަށް، ފިއްލަދޫ އަދި އިހަވަންދޫ
26 - ނޮވެމްބަރު - 2022
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އިހަވަންދޫގެ ފެންވަރު ދައްކާލައި ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
7 - ނޮވެމްބަރު - 2025
ވަށަފަރާއި އެއްވަރުވުމުން، މިރޭގެ މެޗުން މޮޅުވާން އިހަވަންދޫއަށް މަޖުބޫރު
7 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ހޯރަފުށި ބަލިކޮށް އިހަވަންދޫ އުއްމީދު އާކޮށްފި
6 - ނޮވެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް