ހިޔާވެހި ސްކީމްގެ ދަށުން 3 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސް ދޫކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ ނުހިމެނޭ!
ހިޔާވެހި ސްކީމްގެ ދަށުން ބޯހިޔާވަހިކަމަށްޓަކައި އިސްލާމިކް ފައިނޭންސިންގެ އޮނިގަނޑަށް ފައްތާލައިގެން ސަރުކާރުން، އާބަން ސަރަހައްދުތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާގެ ސްކީމް ގައި އިހަވަންދޫ ނުހިމަނައި، ލޯން ދޫކުރަން ހުޅުވާލައިފިއެވެ. އެ ސްކީމްގެ ދަށުން ލޯނަށް އެދުމަށް ހުޅުވާލައިފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
ގެދޮރު އަލަށް އިމާރާތްކުރުމާއި މަރާމާތުކުރުމާއި އަދި ހަދަން ފަށައި ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދުގެ ދަށުން "ހިޔާވަހި ފައިނޭންސިން ސްކީމް" މިދިޔަ އަންގާރަ ދުވަހު ލޯންޗުކޮށް، ލޯނުގެ ފުރަތަމަ ބުރަށް ކުރިމަތިލާން މިދިޔަ ހުކުރު ދުވަހުން ފެށިގެން އަންނަ އަހަރުގެ އޭޕްރީލް މަހުގެ 8 ދުވަހާ ހަމައަށް ވަނީ ފުރުސަތު ދީފަ އެވެ.
އެ ސްކީމުން ލޯނު ދޫކުރަނީ ތިން ކެޓަގަރީއަކަށެވެ. އެއީ ހުރިހާ ރަށަކަށް ދޫކުރާ އެއް މިލިއަން ރުފިޔާގެ ސްކީމް، އާބަން ސަރަހައްދުތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާގެ ސްކީމް އަދި މާލެ ސަރަހައްދަށް ދޫކުރާ ހަ މިލިއަން ރުފިޔާގެ ސްކީމްއެވެ.
އާބަން ސަރަހައްދުތަކުގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ރަށްތައް ވެސް ވަނީ އިއުލާންކޮށްފަ އެވެ. އޭގައި ސިޓީތަކާއި އަތޮޅުގެ ވެރިކަންކުރާ ރަށްރަށާއި އާބާދީ ބޮޑެތި ރަށްތައް ހިމެނެ އެވެ. 3 މިލިއަން ރިފިޔާއާއި ހަމަޔަށް ދޫކުރާ ލޯން ސްކީމަށް ހުށަހެޅޭނީ، ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު، ހދ. ނޮޅިވަރަން، ށ. ފުނަދޫ، ނ. މާފަރު، ނ. މަނަދޫ، ރ. އުނގޫފާރު، ރ. އަލިފުށި، ރ. ދުވާފަރު، ބ. ތުޅާދޫ، ބ. އޭދަފުށި، ޅ. ނައިފަރު، ޅ. ހިންނަވަރު، އދ. މަހިބަދޫ، އދ. މާމިގިލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ލ. ގަން، ލ. ފޮނަދޫ، ގއ. ވިލިނގިލި، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ގެދޮރު އިމާރާތްކުރުމަށެވެ.
ބީއެމްއެލް، އެޗްޑީއެފްސީ އަދި އެމްއައިބީއާއެކު ކުރިއަށް ގެންދާ ފައިނޭންސިން ޕްރޮގްރާމުން ލޯނު ދޫކުރަނީ 5-10 ޕަސެންޓުގެ އިކުއިޓީ ރޭޓުގަ އެވެ. އެ ސްކީމުގެ ދަށުން ލޯނު ނަގާ ފަރާތްތަކުން ލޯނު އަނބުރާ ދެއްކުމަށް 25 އަހަރާއި ހަމަޔަށް ލިބޭއިރު، އެއް މިލިއަން ރުފިޔާގެ ސްކީމުގައި ބައިވެރިވާ ފަރާތްތަކުން އިކުއިޓީގެ ގޮތުގައި އެއްވެސް އަދަދެއް ދައްކަން ނުޖެހޭނެ އެވެ. ނަމަވެސް، އާބަން ސަރަހައްދުތަކުގެ ލޯނު ނަގާ ފަރާތްތަކުން އިކުއިޓީއަށް ފަސް ޕަސެންޓް އަދި މާލެއިން ގެދޮރު އަޅަން ލޯނު ނަގާ ފަރާތްތަކުން އިކުއިޓީގެ ގޮތުގައި 10 ޕަސެންޓު ބަހައްޓަން ޖެހޭނެ އެވެ.
އަންނަ އަހަރު ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް ގެދޮވެރިކަމަށް ހާއްސަކޮށް، އެކަމަށް ބަޖެޓުގައި ޖުމްލަ 4.8 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރެއިން ހައުސިން ލޯން ދޭން ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އިހަވަންދޫގައި 300 ހައުސިންގް ޔުނިޓް އެޅުމަށް، 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިވީނަމަވެސް، އެކަމުގެ އަމަލީ އެއްވެސް މަސައްކަތެއް އަހަރުގެ ފަހުކޮޅާއި ހަމަޔަށް އާއިރުވެސް ފަށާފައެއް ނުވެއެވެ. އެކަމާއި ބެހޭގޮތުން ހައުސިންގް މިނިސްޓްރީއަށް، މިނޫހުން ފޮނުވި ސުވާލުތަކަށްވެސް މިއަދާ ހަމަޔަށް އެއްވެސް ޖަވާބެއްދީފައެއް ނުވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ އާޓިފިސިއަލްބީޗް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރީ އާދަޔާހިލާފު ބޮޑު އަގަކަށް!
7 - ޖެނުއަރީ - 2026
ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރުގެ އީ.އައި.އޭ ނިންމައިފި، މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި
27 - ނޮވެމްބަރު - 2024
ފާޑުކިޔަން ފެށުމުން، ހިޔާވެހި ސްކީމްގެ ދަށުން 3 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސް ދޫކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ ހިމަނައިފި.
25 - ނޮވެމްބަރު - 2024
އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި
12 - ފެބްރުއަރީ - 2024
އިހަވަންދޫގައި 300 ހައުސިންގ ޔުނިޓް އަޅަނީ
17 - ޑިސެމްބަރު - 2023
އިހަވަންދޫ ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރު ހަދަން އެމްޓީސީސީއަށް
17 - އޮގަސްޓު - 2023
އިހަވަންދޫ ބަނދަރުގައި ޕަސިންޖަރުންނަށް ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށްދަނީ
16 - ޖުލައި - 2023
އިހަވަންދޫ މަގުހެދުން 102.8 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2023
މުހައްމަދު ރަޝީދުގެ ހާޒިރީ ބަލަހައްޓަނީ އެމްޓީސީސީއިން
21 - އޮގަސްޓު - 2022
އިހަވަންދޫގެ ބިން ހިއްކުމުގެ ޝެޑިއުލް އަދި ނުލިބޭ – މިނިސްޓަރ އަސްލަމް
18 - މޭ - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް