އަލަށް ދޫކުރި 48 ގޯއްޗެއްގެ ރެޖިސްޓަރީ ހަވާލުކޮށްފި

ޢަބުދުﷲ ޙަމީދު

އިހަވަންދޫއިން އަލަށް ދޫކުރި ބަންޑާރަގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާވައިފިއެވެ.

ރޭ އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި 48 ގޯއްޗެއްގެ ރަޖިސްޓުރީ ހާވާލުކޮށްފައި ވެއެވެ.

“ބިންވެރިކަން – ރަށުން” މި ޝިއާރުގެ ދަށުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން ކުރިއަށް ގެންދެވުނު ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތުގެ ހުރިހައި މަރުހަލާއެއްވެސް ކުރިއަށް ގެންދެވިފައިވަނީ ހާމަކަންބޮޑު ގޮތެއްގައި ދެފުއްފެންނަ ސިޔާސަތެއްގެ ތެރެއިންކަމަށާއި މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައި ގެވަޅު ކޮމެޓީގެ މެމްބަރުނާއި، އިދާރީ މުވައްޒަފުންނާއި އަދި އިހަވަންދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިގެން ގޮސްފައިވާކަން އިހަވަންދޫ ކައުންސިލުންފާހަގަކުރައްވައެވެ.

އަދި އަލަށް ދޫކުރި 200 ގޯތީގެ ބިން ސާފްކުރުމުގައި އެމް.ޓީ،ސީ.ސީގެ ވަރަށްބޮޑޫ އެހީތެރިކާމައި އެއްބާރުލުމެއް ލިބިގެން ގޮސްފައިވާކަން ކައުންސިލުން ފާހަގަ ކުރައްވައެވެ.

އަލަށް ދޫކުރި ބަންޑާރަގޯތި ރަޖިސްޓުރީ ކޮށްދިނުމަށް ކައުންސިލުން ހާމަކޮށްފައިވާ އުސޫލުގައި ވަނީ ގެވަޅުތަކުގައިހުރި ރުއްގަހަށް ބަދަލު ދިނުމަށްފަހު އެކަމަށް ހާއްސަކޮށްފައިވާ ފޯމްފުރައި، ބަދަލު ދިން ރުއްގަސް ކަނޑައި ބިންސާފުކުރުމަށްފަހު “ގޯތި ރަޖިސްޓްރީ ކޮށްދޭ ފޯމް” އާއި އެކު ކައުންސިލަށް ހުށަހެޅުމުން ގޯތިތަކުގައި ރަޖިސްޓްރީ ހައްދައި ދޭނެ ކަމަށެވެ.