ފައިނަލްގެ ފަހުޖާގައަށް ވާދަކުރާ މުރައިދޫ އަދި ބާރަށް ބައްދަލުކުރާ ސެމީފައިނަލް މިއަދު
ހއ. މުރައިދޫގައި ކުރިއަށްދާ “ތިލައުތުރު ވޮލީ މުބާރާތް – 2024” ގެ ފައިނަލްގެ ފަހު ޖާގަޔަށް ވާދަކުރާ، މުރައިދޫ އަދި ބާރަށް ބައްދަލުކުރާ ސެމީފައިނަލްގެ ފަހު މެޗް މިއަދު ހަވީރު 16:00 ގައި ކުޅޭނެއެވެ. މުރައިދޫ ވޮލީ ކޯޓްގައި ކުރިޔަށްދާ މިމުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ، އިހަވަންދޫވަނީ ކަށަވަރު ކޮށްފައެވެ.
ސެމީ ފައިނަލް 3 މެޗް ކުޅޭ މިމުބާރާތުގެ ސެމީފައިނަލް 3 ވަނަ މެޗުން ބާރަށް ޖާގަ ހޯދީ، ސެމީ ފައިނަލް 2 ވަނަ މެޗްގައި އުތީމުގެ މައްޗަށް 3-0 ސެޓް އިން ކުރި ހޯދައިގެންނެވެ. ސެމީފައިނަލްގެ ފުރަތަމަ މެޗްގައި މުރައިދޫ، އިހަވަންދޫގެ އަތްދަށުވުމުން ސެމީފައިނަލްގެ 3 ވަނަ މެޗްގައި ކުޅެން ޖެހުނީއެވެ. މިއަދުގެ މެޗުން މޮޅުވާ ޓީމް މާދަމާ ރޭ 20:00 ގައި އޮންނަ މިމުބާރާތުގެ ފައިނަލް މެޗްގައި ބައްދަލުކުރާނީ އިހަވަންދޫ އާއެވެ.
މި މުބާރާތުގައި ބައިވެރިވެފައިވަނީ 7 ޓީމެވެ. އެއީ މުރައިދޫ، އުތީމް، ކެލާ، ވަށަފަރު، އިހަވަންދޫ، ބާރަށް އަދި ދިއްދޫއެވެ. މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ، ރަނަރަޕް ޓީމަށް 10،000 ރުފިޔާ އަދި ފެއަރ ޕްލޭ ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިލައުތުރު ވޮލީ މުބާރާތުގެ ތަށި މިފަހަރުވެސް ގެންދިޔައީ މުރައިދޫއަށް!
2 - ޖޫން - 2025
ތިލައުތުރު ވޮލީ މުބާރާތް 2025: މިފަހަރުވެސް މުރައިދޫއާ އިހަވަންދޫގެ ފައިނަލެއް!
1 - ޖޫން - 2025
ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓަކުންމޮޅުވެ މުރައިދޫ ފައިނަލަށް!
27 - މޭ - 2025
ޑިފެންޑިންގް ޗެމްޕިއަން މުރައިދޫ، މިފަހަރުގެ އަމާޒްވެސް ތައްޓަށް!
23 - މޭ - 2025
އިހަވަންދޫ އަތުން އަތުން ބަދަލު ހިފައި، މުރައިދޫ ތިލައުތުރު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
24 - ނޮވެމްބަރު - 2024
ތިލައުތުރު ވޮލީ މުބާރާތް 2024: ފައިނަލް މިރޭ، ބައްދަލުކުރަނީ މުރައިދޫ އަދި އިހަވަންދޫ
23 - ނޮވެމްބަރު - 2024
ވާދަވެރި މެޗަކަށްފަހު އިހަވަންދޫ ފައިނަލަށް
21 - ނޮވެމްބަރު - 2024
ތިލައުތުރު ވޮލީ މުބާރާތް 2024 – ބައިވެރިވީ 7 ޓީމެއް
6 - ނޮވެމްބަރު - 2024
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ 10 ރަށުން
8 - ޖެނުއަރީ - 2023
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް