ސީދާ ތިންސެޓުން އިހަވަންދޫ ބަލިކޮށް، ތިލައުތުރު ވޮލީ މުބާރާތް 2024 ގެ ޗެމްޕިއަންކަން މުރައިދޫ ހޯދައިފިއެވެ. މުރައިދޫ ވޮލީ ކޯޓުގައި ކުޅުނު މިމުބާރާތުގެ ފައިނަލް މެޗްގައި މުރައިދޫއިން އިހަވަންދޫ ބަލިކުރީ، 25-19، 25-15 އަދި 25-20 އިންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މުރައިދޫ ޓީމްގެ، ޖާޒީ ނަންބަރު 17 ފާތިމަތު ސަމާހްއެވެ.
ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، ހއ އަތޮޅު ކައުންސިލާއި ހއ މުރައިދޫ ކައުންސިލް ގުޅިގެން، ހއ. މުރައިދޫގައި ކުރިޔަށްގެންދިޔަ މިމުބާރާތުގައި ޖުމްލަ 7 ރަށަކުން ވާދަކުރިއެވެ. އެއީ މުރައިދޫ، އުތީމް، ކެލާ، ވަށަފަރު، އިހަވަންދޫ، ބާރަށް އަދި ދިއްދޫއެވެ. މި މުބާރާތުގެ ޗެމްޕިއަން މުރާދޫއަށް 20،000 ރުފިޔާ، ރަނަރަޕް ޓީމް އިހަވަންދޫއަށް 10،000 ރުފިޔާ އަދި ފެއަރ ޕްލޭ ޓީމް ބާރަށަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. މިއީ ހއ އަތޮޅު ކައުންސިލުން ކުރިޔަށްގެންދިޔަ ތިލައުތުރު ފުރަތަމަ ވޮލީ މުބާރާތެވެ.
މުބާރާތުގެ މުހިއްމު ވަނަތައް:
ފެއަރޕްލޭ ޓީމް: ބާރަށް
މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާ: އިހަވަންދޫ ޓީމްގެ ޖާޒީނަންބަރު 12 އައިރީން އިބްރާހިމް
އެންމެ މޮޅު ލިބަރޯ: ވަށަފަރު ޓީމްގެ ޖާޒީ ނަންބަރު 7، ފަޒީލާ މުހައްމަދު
އެންމެ މޮޅު ކޯޗް: މުރައިދޫ ޓީމްގެ ކޯޗް، އަސްރާރު އަބުދުﷲ
އެންމެ މޮޅު 6 ކުޅުންތެރިން:
- މުރައިދޫ ޓީމްގެ ފާތިމަތު ސަމާހް
- އިހަވަންދޫ ޓީމްގެ ފާތިމަތު ތޮހޫރާ
- މުރައިދޫ ޓީމްގެ ފާތިމަތު ނުހާ
- ބާރަށުޓީމުގެ އާމިނަތު އަރީޝާ
- މުރައިދޫ ޓީމްގެ ސަމީނަތު ހުސައިން
- އިހަވަންދޫ ޓީމްގެ އީނަތު އަހުލާ
ކުއީން އޮފް ދަ ޓޯނަމެންޓް: މުރައިދޫ ޓީމްގެ ޖާޒީނަންބަރު 10، ފާތިމަތު ނުހާ
އިހަވަންދޫ އަތުން އަތުން ބަދަލު ހިފައި، މުރައިދޫ ތިލައުތުރު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
ގުޅުން ހުރެދާނެ ލިޔުން
ތިލައުތުރު ވޮލީ މުބާރާތުގެ ތަށި މިފަހަރުވެސް ގެންދިޔައީ މުރައިދޫއަށް!
2 - ޖޫން - 2025
ތިލައުތުރު ވޮލީ މުބާރާތް 2025: މިފަހަރުވެސް މުރައިދޫއާ އިހަވަންދޫގެ ފައިނަލެއް!
1 - ޖޫން - 2025
ތިލައުތުރު ވޮލީ މުބާރާތް 2024: ފައިނަލް މިރޭ، ބައްދަލުކުރަނީ މުރައިދޫ އަދި އިހަވަންދޫ
23 - ނޮވެމްބަރު - 2024
ވާދަވެރި މެޗަކަށްފަހު އިހަވަންދޫ ފައިނަލަށް
21 - ނޮވެމްބަރު - 2024
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓަކުންމޮޅުވެ މުރައިދޫ ފައިނަލަށް!
27 - މޭ - 2025
ޑިފެންޑިންގް ޗެމްޕިއަން މުރައިދޫ، މިފަހަރުގެ އަމާޒްވެސް ތައްޓަށް!
23 - މޭ - 2025
ފައިނަލްގެ ފަހުޖާގައަށް ވާދަކުރާ މުރައިދޫ އަދި ބާރަށް ބައްދަލުކުރާ ސެމީފައިނަލް މިއަދު
22 - ނޮވެމްބަރު - 2024
މުރައިދޫ އަދި އިހަވަންދޫ މުބާރާތްފެށީ ފަސޭހަ މޮޅަކުން
16 - ނޮވެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް