ޚަބަރު

4 ވަނަ ފަހަރަށް އިންޓަރ އޮފީސް ފުޓަސަލް ޗެލެންޖެ ޕޮލިސް ޓީމް ކާމިޔާބުކޮށްފި

ރޭ ކުޅުނު އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލް މެޗްގައި 2-1 އިން އިހަވަންދޫ ކައުންސިލް ބަލިކޮށް ކްލަބް އައި.ޕީ.އެސް އިން މުބާރާތުގެ ތަށި އުފުއްލާލައިފިއެވެ. މިއީ އެޓީމް މިމުބާރާތް ކާމިޔާބުކުރި 4 ވަނަ ފަހަރެވެ. ފައިނަލް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ގޯލެއް ޖެހޭގޮތް ނުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޕޮލިސް ޓީމްގެ އަހްމަދު ރިކްޒާން އެވެ. މިއީ މިމުބާރާތް ބޭއްވި 6 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އިހަވަންދޫ ފުލުހުންގެ ޓީމެވެ. އެޓީމް 4 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައިވާއިރު، ފެނަކަ އިހަވަންދޫ ބުރާންޗުންވަނީ 2 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 7 ޓީމަކުން ވާދަކުރިއެވެ. އެއީ އާރު.އާރު.ސީ، ފެނަކަ އިހަވަންދޫ ބްރާންޗް، ބީ.ބީ.ސީ.އެފް.އެމް ލިންކޭޖް، އާމިނާދިޔޯ ސިއްޙީމަރުކަޒު، އިހަވަންދޫ ސްކޫލް، އިހަވަންދޫ ކައުންސިލް އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަނެވެ.
މިމުބާރާތުގެ ވަނަތައް: – މުބާރާތުގެ ފެއަރ-ޕްލޭ ޓީމް: ބީ.ބީ.ސީ.އެފް.އެމް ލިންކޭޖް
  • މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ: ޕޮލިސް ޓީމްގެ މުހައްމަދު އާދަމް
  • މުބާރާތުގެ އެންމެ މޮޅު ކޯޗް: ޕޮލިސް ޓީމްގެ ކޯޗް ހަސަން ރަޝީދު
– މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އިބްރާހިމް މާޖިދު، އަލީ ހުސައިން، މުހައްމަދު އާދަމް، އަލީ ފަވާޒް، އަހްމަދު ރިކްޒާން – ކިންގް އޮފް ޓޯނަމެންޓް އަލީ ހުސައިން
މުޙައްމަދު އަކުރަމް