އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް: ފެނަކަ، ޕޮލިސް، އާރު.އާރު.ސީ އަދި ކައުންސިލް ސެމީ ފައިނަލަށް
އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2024، ގެ ފައިނަލަށް އިހަވަންދޫ ކައުންސިލް، ފެނަކަ، ޕޮލިސް އަދި އާރު.އާރު.ސީ ދަތުރު ކޮށްފިއެވެ.
ޖުމުލަ 7 ޓީމެއް ވާދަކުރި މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ފެނަކަ މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ގްރޫޕް "އޭ" ގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި އެޓީމް މިރޭ 20:00 ގައި ނުކުންނާނީ ގްރޫޕް "ބީ" ގެ ދެވަނަ ޓީމް އިހަވަންދޫ ކައުންސިލާއި ދެކޮޅަށެވެ. ސެމީ ފައިނަލްގެ ފަހު މެޗްގައި މިރޭ 21:00 ގައި ކުޅޭނީ ގްރޫޕް "ބީ" ގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކުރި ޕޮލިސް އަދި ގްރޫޕް "އޭ" ގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރި އާރު.އާރު.ސީ އެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 7 ޓީމަކުން ވާދަކުރެއެވެ. އެއީ އާރު.އާރު.ސީ، ފެނަކަ އިހަވަންދޫ ބްރާންޗް، ބީ.ބީ.ސީ.އެފް.އެމް ލިންކޭޖް، އާމިނާދިޔޯ ސިއްޙީމަރުކަޒު، އިހަވަންދޫ ސްކޫލް، އިހަވަންދޫ ކައުންސިލް އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަނެވެ. މިއީ މިމުބާރާތް ބާއްވާ 6 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އިހަވަންދޫ ފުލުހުންގެ ޓީމެވެ. އެޓީމް 3 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައިވާއިރު، ފެނަކަ އިހަވަންދޫ ބުރާންޗުންވަނީ 2 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައެވެ. މިމުބާރާތުގެ ފައިނަލް ކުޅޭނީ މިމަހުގެ 6 ވާ ހުކުރު ދުވަހުގެ ރޭ 20:00 ގައެވެ.
ގުޅުން ހުރެދާނެ ލިޔުން
ވާދަވެރި ޕޮލިހާއި ފެނަކައިގެ މެޗުން އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް މާދަމަރޭ ފަށަނީ...
9 - ޖުލައި - 2026
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް، އަންނަ ހުކުރުދުވަހުގެ ރޭ ފަށަނީ
26 - ނޮވެމްބަރު - 2024
ފަހަތުންއަރައި ޕޮލިސް ބަލިކޮށް ކައުންސިލް ސެމީއަށް
10 - އޮކްޓޯބަރު - 2022
އައި.އެސް.އޭޑީ.އެޗް.ސީ ކޮޅަށް 4 ގޯލް ޖަހައި ސީ.އެމް.ސީގެ ފެށުން ރަނގަޅުކޮށްފި
9 - އޮކްޓޯބަރު - 2022
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2022 މާދަމާރޭ ފަށަނީ
7 - އޮކްޓޯބަރު - 2022
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ކައުންސިލާއި ފެނަކަ ދަތުރުކޮށްފި
11 - ނޮވެމްބަރު - 2021
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ސެމީއަށް ކައުންސިލް، ޕޮލިސް، ފެނަކަ އަދި މަރުކަޒު
9 - ނޮވެމްބަރު - 2021
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2026: ފައިނަލްގައި މިރޭ ޕޮލިހާއި ކޮމްބިނޭޝަން ވާދަކުރާނެ!
18 - ޖުލައި - 2026
4 ވަނަ ފަހަރަށް އިންޓަރ އޮފީސް ފުޓަސަލް ޗެލެންޖެ ޕޮލިސް ޓީމް ކާމިޔާބުކޮށްފި
7 - ޑިސެމްބަރު - 2024
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް: ކައުންސިލް އަދި ޕޮލިސް ފައިނަލަށް
5 - ޑިސެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް