Banner Image Description

އިހަވަންދޫ ބަނދަރުގެ 66 އިންސައްތަ މަސައްކަތް ނިމިއްޖެ

މަރިޔަމް

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 66 އިންސައްތަ ނިމިއްޖެ ކަމަށް މޯލްޑިވްސް ޓުރާންސްޕޯޓު އެންޑު ކޮންޓުރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހުގެ ޝިޕްމަންޓް މިދިޔަ ހޮނިހިރު ދުވަހު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފައެވެ.

އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 21،295 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްޖައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ މި މަޝްރޫއު އަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 51.72 މިލޔަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަސްރޫއު ނިމޭއިރު މިހާރު ބަނދަރުގައި އުޅަނދުފަހަރު އެޅުމަށް ބޭންނުން ކުރާ 541 މީޓަރަށް އިތުރު 290 މީޓަރު އިތުރުވެގެން ދާނެއެވެ. މުވާއި އެކު ބަނދަރުގެ މަސައްކަތް ނިމޭއިރު ބަނދަރު %53 ބުޑުވާނެއެވެ.