ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތްތައް އިހަވަންދޫގައި ބޭއްވޭތޯ މަސައްކަތްކުރަނީ
ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތްތައް އިހަވަންދޫގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެކަމަށް، އިހަވަންދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަރީބް ވިދާޅުވެއްޖެއެވެ. ނައިބް ރައީސް އަރީބް މިހެން ވިދާޅުވީ، އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އަރީބް ވިދާޅުވީ އަތޮޅުތެރެއަށް ހާއްސަކޮށްގެން ބާއްވާ މުބާރާތްތައް އިހަވަންދޫގައި ބޭއްވުމަށް އިހަވަންދޫ ކައުންސިލުން މަސައްކަތް ކޮށްދިނުމަށް ރަށުގެ ޒުވާނުން، ވިޔަފާރިވެރިން އަދި މުއައްސަސާތަކުގެ ބޭފުޅުން އެދެމުން އަންނަ ކަމުގައެވެ. އެހެންކަމުން އަންނަ އަހަރު ހއ އަތޮޅަށް ހުޅުވާލައިގެން ބޭއްވޭ މުބާރާތްތައް އިހަވަންދޫގައި ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް އިހަވަންދޫ ކައުންސިލުން ކުރާނެކަމުގެ ޔަޤީންކަން އަރީބް ދެއްވިއެވެ. އިހަވަންދޫ ކައުންސިލުން ތަރައްޤީކޮށް ނިމުމާއި ހަމާގައިވާ ފުޓްސަލް ދަނޑު އަދި ވޮލީކޯޓާއިއެކު އިހަވަންދޫގެ ކުޅިވަރުގެ އިންފްރާސްޓަރަކްޗަރ އަށް އަންނާނެ ކުރިއެރުން ފާހަގަކުރައްވައި، ނައިބް ރައީސް އަރީބް އެރޭގެ ރަސްމިއްޔާތުގައި ވާހަކަދެއްކެވިއެވެ.
ހއ. އަތޮޅު ކައުންސިލުން މިއަހަރު 3 މުބާރާތެއްވަނީ ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންގޮސްފައެވެ. އެއީ ތިލައުތުރު ރަންތާޖު ޤުރުއާންމުބާރާތް، ތިލައުތުރު ފުޓްސަލް މުބާރާތް އަދި ތިލައުތުރު ވޮލީ މުބާރާތެވެ. ޤުރުއާން މުބާރާތް އުތީމުގައި ކުރިޔަށް ގެންދިޔައިރު، ފުޓްސަލް މުބާރާތް ކުރިޔަށް ގެންދިޔައީ، ކެލާ ގައެވެ. ހއ އަތޮޅު ކައުންސިލުން އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން އަލަށްފެށި ވޮލީ މުބާރާތް ކުރިޔަށް ގެންދިޔައީ ހއ މުރައިދޫގައެވެ.
ހއ. އަތޮޅަށް ހުޅުވާލައިގެން ހއ އަތޮޅު ކައުންސިލުން މިއަހަރު ކުރިޔަށްގެންދިޔަ ތިން މުބާރާތުންވެސް އިހަވަންދޫވަނީ ރަންވަނަތަކެއް ހާސިލް ކޮށްފައެވެ. އެގޮތުން ތިލައުތުރު ރަންތާޖު ޤުރުއާންމުބާރާތުން އިހަވަންދޫ ދެވަނަ ހޯދިއިރު، އިހަވަންދޫ އަލިދޯދި އައިމިނަތު ނަސްރަތުވަނީ މުޅި މުބާރާތުން އެއްވަނަ ހޯދާފައެވެ. ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫއިން ހޯދިއިރު މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމެންޓަށް ހޮވިފައިވަނީ އިހަވަންދޫ ޓީމްގެ، މުހައްމަދު މަދީހްއެވެ. ތިލައުތުރު ވޮލީ މުބާރާތުން އިހަވަންދޫވަނީ ދެވަނަ ހޯދައިފައެވެ.
ތިލައުތުރު ފުޓްސަލް މުބާރާތް މިހާތަނަށް 3 ފަހަރު ބާއްވާފައިވާއިރު، މިހާތަނަށް އިހަވަންދިއްޕޮޅުގެ އެއްވެސް ރަށެއްގައި އެމުބާރާތް ބާއްވާފައިނުވާކަން ފާހަގަކުރެވެއެވެ. ހއ އަތޮޅު ކައުންސިލުން ބާއްވާ މުބާރާތްތައް ހޯސްޓްކުރުމުގެ ފުރުސަތު އަތޮޅުގެ ރަށްތަކަށް ހުޅުވައިލައެވެ. މުބާރާތް ބާއްވަނީ އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ރަށުގައެވެ.
އިހަވަންދޫ ކައުންސިލް
ހއ. އަތޮޅު ކައުންސިލް
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް
ތިލައުތުރު ފުޓްސަލް މުބާރާތް
ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް
ތިލައުތުރު ވޮލީ މުބާރާތް
ގުޅުން ހުރެދާނެ ލިޔުން
"ރަންތާޖު" ޤުރްއާން މުބާރާތުން އިހަވަންދޫ ޓީމަށް ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފި
13 - ނޮވެމްބަރު - 2023
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2026: ފައިނަލްގައި މިރޭ ޕޮލިހާއި ކޮމްބިނޭޝަން ވާދަކުރާނެ!
18 - ޖުލައި - 2026
ވާދަވެރި ޕޮލިހާއި ފެނަކައިގެ މެޗުން އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް މާދަމަރޭ ފަށަނީ...
9 - ޖުލައި - 2026
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް، އަންނަމަހު 10 ގައި ފަށަނީ!
11 - ޖޫން - 2026
ފިނޭންސް މިނިސްޓްރީގެ ނިންމުމަކާ ގުޅިގެން "ތިލައުތުރު ފުޓްސަލް މުބާރާތް" ބާއްވާނެ ރަށެއް ހޯދުމުގެ އިއުލާން ބާތިލްކޮށްފި!
17 - ފެބްރުއަރީ - 2026
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ތަށި އުފުއްލާލައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް އުތީމު
13 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އިހަވަންދޫގެ ފެންވަރު ދައްކާލައި ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
7 - ނޮވެމްބަރު - 2025
ވަށަފަރާއި އެއްވަރުވުމުން، މިރޭގެ މެޗުން މޮޅުވާން އިހަވަންދޫއަށް މަޖުބޫރު
7 - ނޮވެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް