Banner Image Description

އިކޮނޮމިކްސް އިން ދުނިޔެއިން ނުވަވަނަ އިހަވަންދޫ ސްކޫލުގެ ދަރިވަރަކު ހޯދައިފި

ޢަބުދުﷲ ޙަމީދު

ދުނިޔޭގެ އެތައް ހާސް ދަރިވަރުންނާ ވާދަކޮށް މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުގެ އިކޮނޮމިކްސް އިން މުޅި ދުނިޔެއިން ނުވަވަނަ ހޯދި ދަރިވަރުންގެ ތެރޭގައި އިހަވަންދޫ ސްކޫލުގެ ދަރިވަރަކު ހިމެނިއްޖެ އެވެ.

2019 ވަނަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުން އިކޮނޮމިކްސް އިން ދުނިޔެއިން ނުވަވަނަ ހޯދާފައިވާ އިހަވަންދޫ ސްކޫލްގެ ދަރިވަރަކީ އިބްރާހިމް ޝަމްވީލް އެވެ.

އިބްރާހިމް ޝަމްވީލް އިކޮނޮމިކްސް އިން ދުނިޔެއިން ނުވަވަނަ ހޯދާފައި ވާއިރު އޭލެވެލްގެ ރާއްޖޭގެ ގަދަ 10ގައި އިބްރާހިމް ޝަމްވީލް ހޯދާފައިވަނީ 7 ވަނަ އެވެ. މުޅި ރާއްޖެއިން އޭލެވެލްގެ ގަދަ ދިހައެއްގައި އިބްރާހިމް ޝަމްވީލް އާއެކު އިހަވަންދޫ ސްކޫލްގެ 4 ދަރިވަރުން ހިމެނުނެވެ. އެއީ

  1. ފާތިމަތު ނަޝްވާ، ހީރޯ / ހއ. އިހަވަންދޫ ( 5 ވަނަ)
  2. މަރްޔަމް ފައުޒާ، ރިހިވެލި / ހއ. އިހަވަންދޫ (5 ވަނަ)
  3. އިބްރާހިމް ޝަމްވީލް، އަތަގަސްދޮށުގެ / ހއ. އިހަވަންދޫ (7 ވަނަ)
  4. މާރިޔަތު މާނިޔާ، މާރސް / ހއ. އިހަވަންދޫ (10 ވަނަ)

2019 ވަނަ އަހަރު ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10 އަދި އެކި މާއްދާތަކުން ދުނިޔޭން ވަނަތައް ހޯދި ދިވެހި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އެޑެކްސްއެލްއިން ދެއްވާ މެޑެލްއާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާ މެޑެލްގެ އިތުރުން ހަނދާނީ ލިޔުން ދީފައި ވެއެވެ.

2019 ވަނަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި ރާއްޖެ އިން 1،677 ދަރިވަރަކު ބައިވެރިވިއިރު، އޭގެ ތެރެއިން 218 ދަރިވަރަކު ވަނީ ގައުމީ ގަދަ 10 ގައި ހިމެނިފަ އެވެ.