މައިކަޕް 2024: ހޯރަ ޔުނައިޓެޑް ސެމީއަށް، ނޮޅިވަރަމް ބީބީ ބްރަދާސް ކަޓައިފި
ބިއުޓިފުލް ބްލޫ މައިކަޕް 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް ކުރިޔަށް ދާއިރު، ހޯރަ ޔުނައިޓެޑަށް ސެމީ ފައިނަލުން ޖާގައެއް ކަށަވަރު ވެފައިވާއިރު، ގްރޫޕް ސްޓޭޖުން ނޮޅިވަރަމް ބީބީ ބްރަދާސް ކަޓައިފިއެވެ. ޖުމުލަ 9 ޓީމެއް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މިމުބާރާތިގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް ކުޅޭނީ މިއަދާއި މިރެއެވެ.
ގްރޫޕް "އޭ" ގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް މިއަދު ކުޅޭއިރު، މިގްރޫޕްގައި ހިމެނޭ 4 ޓީމަށްވެސް ސެމީފައިނަލްގައި ކުޅުމުގެ ފުރުސަތު އަދި އެބައޮތެވެ. މިއަދުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ނުކުންނާނީ އެންވީކޭ އަދި ކްލަބް އިރަމާއެވެ. މިމެޗުން މޮޅުވެގެން ނުވަތަ އެއްވަރު ކޮށްލައިގެންވެސް ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު އެންވީކޭއަށް އޮތްއިރު، އިރަމާއަށް ސެމީފައިނަލަށް ދެވޭނީ ބޮޑު ތަފާތަކުން އެންވީކޭ ބަލިކޮށްގެންނެވެ.
ގްރޫޕް "އޭ" ގެ ފަހު މެޗްގައި ސެންސިޓީ އަދި ކުޅިމަގު މިރޭ ކުޅޭއިރު، ސެންސިޓީއަށް ސެމީފައިނަލަށް ދިއުމުގެ އަމިއްލަ ބާރެއްނެތެވެ. އިރަމާ އަދި އެންވީކޭ ބައްދަލުކުރާ މެޗްގެ ނަތީޖާ ނުކުންނަ ގޮތަކުން، ކުޅިމަގު ކޮޅަށް އާދަޔާހިލާފު ގިނަގަ ގޯލް ޖަހައިގެން ސެމީފައިނަލަށް ދިއުމުގެ ހަނިފުރުސަތެއް އެޓީމަށް އެބައޮތެވެ. ކުޅިމަގު ސެމީފައިނަލަށް ދަތުރުކުރުމަށްއޮތް ފުރުސަތުވެސް ހަވީރު މެޗްގެ ނަތީޖާއަށް ބިނާވާނެއެވެ. ނަމަވެސް އެޓީމު ސެމީފައިނަލަށް ދަތުރުކުރުމަށް ގިނަ ހާލަތްތަކުގައި އަމިއްލަ ބާރު އޮންނާނެއެވެ. ނަމަވެސް ހަވީރު މެޗްގެ ނަތީޖާ ނުކުންނަގޮތަކުން އެފުރުސަތު ހަނިވާއިރު، ސެންސިޓީ މެޗަށް ހާޒިރުނުވެއްޖެނަމަވެސް އެޓީމް ސެމީ ފައިނަލަށް ދަތުރުކުރުމަށް ހުރަސް އެޅިދާނެއެވެ.
ގްރޫޕް "ބީ" އަށް ބަލާއިރު އެގްރޫޕްގެ އެއްވަނާގައި ކުޅުނު 3 މެޗުން މޮޅުވެގެން އޮތީ ހޯރަ ޔުނައިޓެޑެވެ. އެޓީމަށް ސެމީފައިނަލުން ޖާގައެއް ކަށަވަރު ވެފައިވާއިރު، ސެމީ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ދިއްދޫ ހީވެސްނުވޭ އަދި އުލިގަން އަދި ތުރާކުނަށްވެސް އެބައޮތެވެ. އެގްރޫޕްގެ ފުލުގައި އޮތް ނޮޅިވަރަމް ބީބީ ބްރަދާސްވަނީ ކުޅުނު 4 މެޗުންވެސް ބަލިވެ ގްރޫޕް ސްޓޭޖުން ކަޓައިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ފޮޓޯ: މައިކަޕް ފުޓްބޯޅަ މުބާރާތް 2025، ނިންމުމުގެ ރަސްމިއްޔާތު
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
ފޮޓޯ: 15 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު
20 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
މައިކަޕް 2025: މިއަހަރުގެ މުބާރާތުގައި ބައިވެރިވީ އެންމެ 5 ޓީމް!
12 - ޑިސެމްބަރު - 2025
ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއިއެކު، މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
2 - ޑިސެމްބަރު - 2025
މިއަހަރުވެސް މައިކަޕްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ، މުބާރާތުގެ ތައްޔާރީތައް ކުރިޔަށް!
7 - ސެޕްޓެމްބަރު - 2025
މައިކަޕް މިއަހަރު ޑިސެންބަރުމަހު "ބޮޑުކޮށް" އޮންނާނެ – ސުޖާއު
18 - ޖުލައި - 2025
އަތޮޅަށް ހުޅުވާލައިގެން މަދަހަ މުބާރާތެއް މިއަހަރު ބާއްވަން ގަސްތުކުރަން – މުހައްމާ
4 - ޖެނުއަރީ - 2025
މި އަހަރުގެ ތެރޭގައި ހުރަވީ ދަނޑުގައި ޓާފް އަޅަނީ!
3 - ޖެނުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް