Banner Image Description

މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ނިންމާލައިފި

މަރިޔަމް

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓުސް އެންޑު ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިންތިޒާމްކޮށްގެން އުތުރުގެ 3 އަތޮޅުގެ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ހއ. އިހަވަންދޫގައި ކުރިއަށް ގެންދިޔަ މަދަނީ ޖަމިއްޔާ ތަކުގެ މަހާސިންތާ ނިންމާލައިފިއެވެ.

މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭ 8:15 ގައި އިހަވަންދޫ އޯޕަން ސްޓޭޖުގައެވެ.

މި މަހުގެ 25 ވަނަ ދުވަހު ފެށި މި މަހާސިންތާގައި ހއ. ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ މަދަނީ ޖަމިއްޔާތަކުގެ 40 ބައިވެރިން ބައިވެރިވިއެވެ. މި މަހާސިންތާގެ ބައިވެރިންނަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުންތަކުގެ އިތުރުން މަހާސިންތާގެ ހަވާސާގެ ތެރެއިން ވަނީ ދުޅަހެޔޮ ހަށިހެޔޮ ޕްރޮގްރާމް ގެ 2 ސެޝަން ކުރިއަށް ގެންގޮސްފައެވެ. އަދި އިއްޔެ ހަވީރު އިހަވަންދޫގެ ރައްޔިތުންނަށް ހުޅުވާލައިގެން ޢާއިލީ ހަވީރެއް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

މިއީ މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައެއް ބިނާކޮށް ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމާއި، ގައުމީ ތަރައްގީއާއި، ހެޔޮވެރިކަން އަދި އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރު އެޅުމުގެ މަޤުސަދުގައި ކުރިއަށްގެންދިޔަ މަހާސިންތާ އެކެވެ.