ޙުސައިން ރަޝީދުބެއަށްޓަކައި 1 ދުވަސްގެ ނަމުގައި ޙާއްސަ ހަރަކާތެއް

އިބްރާހިމް ނަޝީދު

ހިލޭ ސާބަހަށް މަސައްކަތްކުރާ އިހަވަންދޫގެ 3 ޖަމްޢިއްޔާ ކަމަށްވާ ހިޔާ ފައުންޑޭޝަން، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އަދި ކުލަބު ޕޯލްސްޓަރ ގުޅިގެން “ޙުސައިން ރަޝީދުބެއަށްޓަކައި 1 ދުވަސް”ގެ ނަމުގައި ޙާއްސަ ހަރަކާތެއް މާލެ ސަރަޙައްދުގައި ކުރިއަށްގެންދަން ތައްޔާރުވެއްޖެ އެވެ.

ކިޑްނީ ފެއިލްވެ، ކިޑުނީ ޓުރާންސްޕުލާންޓު ހެދުމަށްޓަކައި ތައްޔާރުވަމުން އަންނަ ހއ. އިހަވަންދޫ، ނަސްފަރު ޙުސައިން ރަޝީދުއަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ މި ހަރަކާތް އޮންނާނީ 2021 ޖަނަވަރީ 01 (ހުކުރު) ދުވަހު ހެނދުނު 7:30 އިން 10:30 އަދި ހަވީރު 16:00 އިން 18:00 އަށް ކަމަށް ހިޔާ ފައުންޑޭޝަނުން މަޢުލޫމާތު ދެއެވެ.

މި ޙަރަކާތުގެ ތެރެއިން މާލެ ސަރަހައްދުގެ ހަ ތަނެއްގައި ފަންޑު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށާއި މި ހަރަކާތުގައި ޢަމަލީ ގޮތުން ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރާލަ ދެއްވުމަށް ފައުންޑޭޝަނުން ވަނީ އެދިފައެވެ.

މި ހަރަކާތުގައި ފަންޑު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކާނިވާ ސަރަޙައްދު، މާރުކޭޓް ސަރަޙައްދު، ވިލިގިލީ ފެރީ ޓަރމިނަލް، ހުޅުމާލެ ބީޗް ސަރަޙައްދުގެ އިތުރުން ރަސްފަންނު އަދި ކޭ.އެފް.ސީ އޭޓީއެމް ކައިރީގައެވެ.