ކުރީއަހަރެކޭ އެއްގޮތަށް މިއަހަރުވެސް ގިނަ ރަށްރަށުން ރޯދަ ބާޒާރަށް އިހަވަންދޫއަށް
ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ރޯދަ ބާޒާރުކުރުމަށް، ގިނަ ރަށްރަށުން އިހަވަންދޫއަށް އައުމަށް ތައްޔާރުވާން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، އެންމެ ގިނަ ބަޔަކު އިހަވަންދޫއަށް އައުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު ކުޅުދުއްފުށިން ދެ ބޯޓާއި، ނޮޅިވަރަމުން ދެ ދޯންޏެއްގެ އިތުރުން ތުރާކުނުން ދޯންޏެއް އައުމަށް ޝެޑިއުލް ކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ދަތުރުތައް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ، ހޯރަ/ބާޒް އިބްރާހިމް މޫސާ މައުލޫމާތު ދެއްވިގޮތުގައި ހދ އަތޮޅުން މީހުން ގޮވައިގެން ދަތުރުކުރުމަށް ފުރަތަމަ ހަމަޖެއްސީ ބާދްޝާހް ބޯޓެވެ. އެ ބޯޓްގެ ޖާގަ ފުލްވެފައިވާތީ ބާދުޝާހްގެ އިތުރުން ސީކުއީންވެސް މިހާރުވަނީ ހަމަޖައްސާފައެވެ. އެބޯޓްގެ ޖާގަވެސް މިހާރު ފުލްވުމާއި ގާތްވެފައިވާކަމަށް އިބްރާހިމް މޫސާ މުއުލޫމާތު ދެއްވައެވެ.
އިބްރާހިމް މޫސާ ލަފާކުރައްވާ ގޮތުގައި ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު އެކަނިވެސް 800 އެއްހާ މީހުން އިހަވަންދޫއަށް އަންނާނެއެވެ. އެގޮތުން ކުޅުދުއްފުށީ ދެ ބޯޓުން 600 މީހުން، ނޮޅިވަރަމް ދެ ދޯނިން 100 މީހުން އަދި ތުރާކުނު ދޯނިން 70 އެއްހާ މީހުން އަންނާނެކަމަށް ލަފާކުރެވެއެވެ.
ރަށްޓެހިންނަށް ޒިޔާރަތްކުރުމަށާއި، ބާޒާރު ކުރުމަށް އިހަވަންދޫއަށް އަންނަ ފަރާތްތަކަށް ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަކަމަށް، އިހަވަންދޫ ކައުންސިލް މެމްބަރު މުހައްމަދު ޒާހިރު ހަސަން މައުލޫމާތު ދެއްވިއެވެ. އިބްރާހިމް މޫސާވެ ފާހަގަކުރެއްވީ، ރަށުން ބޭރުން އަންނަ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގައި ކައުންސިލް އަދި ވިޔަފާރިވެރިންގެ ފުރިހަމަ އެއްބާރުލުން ލިބެއެވެ.
ރޯދަ މަސް އަންނަ މާރިޗް މަހުގެ 1 ވަނަ ދުވަހު ފެށޭއިރު، ފެބްރުއަރީ މަހުގެ ސަރުކާރު ބަންދު ދުވަސްދުވަހު ގިނަ އަދަދެއްގެ ބަޔަކު ރޯދަ ބާޒާރަށް އިހަވަންދޫއަށް އަންނާނެކަމަށް ލަފާކުރެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ހާހަކަށްވުރެ ގިނަމީހުން މާދަމާ އިހަވަންދޫއަށް އަންނާނެކަމަށް ލަފާކޮށް، މެހެމާނުންނަށް މަރުހަބާ ކިޔަން ކައުންސިލުން ތައްޔާރުވަނީ!
7 - ފެބްރުއަރީ - 2025
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
ރޯދަ ބާޒާރަށް 1000 އަށް ވުރެ ގިނަ މީހުން މިއަދު އިހަވަންދޫއަށް
7 - ފެބްރުއަރީ - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް