1560 ދުވަހުންވެސް، އެމްޓީސީސީއަށް އިހަވަންދޫގެ ބިން ހިއްކައި ނުނިންމުނު!
އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރިތާ 1560 ދުވަސްވެފައިވާއިރުވެސް އެމަސައްކަތް ނިންމައި ނުލެވޭކަން ހާމަވެއްޖެއެވެ.
365 ދުވަހުން ނިންމާގޮތަށް، 123,960,847.77 ރުފިޔާގެ އަގަކަށް ހަވާލުކުރި މިމަސައްކަތުގެ އަދި ނިމިފައިވަނީ %98 މަސައްކަތް ކަމަށް އެމްޓިސީސީ އިން ހާމަކުރެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 18 ވަނަދުވަހު އެމްޓީސީއިން މިނޫހަށް މައުލޫމާތު ދީފައިވަނީ، 2024 ވަނަ އަހަރުގެ ނިޔަލަށް އެމަސައްކަތް ނިންމުމަށް މަސައްކަތްކުރަމުން އަންނަކަމުގައެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް އެމަސައްކަތް ނިންމާފައެއްނުވެއެވެ.
އެމްޓީސީއިން ހާމަކޮށްފައިވާ ގޮތުގައި، އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެދަށުން މިހާރުވަނީ 25.5 ހެކްޓަރުގެ ބިންހިއްކައި 1504 މީޓަރުގެ ރިވެޓްމެންޓް ޖަހައިފައެވެ. ބިއްހިއްކުމުގެ މަސައްކަތުގައި މިހާރު ނުނިމިވަނީ ބިން ހިއްކާފައިވާ ސަރަހައްދުގެ ފަސްގަނޑު ލެވަލް ކުރުމުގެ މަސައްކަތެވެ.
ގުޅުން ހުރެދާނެ ލިޔުން
ކޮންސްޓްރަކްޝަން މިނިސްޓްރީއިންވެސް ބުނަނީ ބިންހިއްކުމުގެ މަސައްކަތް ނިމިއްޖެކަމަށް!
25 - ނޮވެމްބަރު - 2025
އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ – އެމްޓީސީސީ
13 - އޮކްޓޯބަރު - 2025
އެމްޓީސީސީގެ ހުރިހާ ވެހިކަލެއް އިހަވަންދޫއިން ބާލައިފި!
16 - މާރިޗު - 2025
ހިއްކި ބިމުން 3 ހެކްޓަރު ގިރާލައިފި – ރިލްވާން
15 - ނޮވެމްބަރު - 2023
އިހަވަންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި
28 - ޖުލައި - 2023
އާ ޑްރެޖަރުން އިހަވަންދޫ ބިން ހިއްކަންފަށައިފި
12 - ޖުލައި - 2023
9-7 ތެރޭ އިހަވަންދޫގެ ބިންހިއްކާ ނިންމާލެވޭނެ – ރައީސް
9 - ޖުލައި - 2023
އިހަވަންދޫގެ ބިން ހިއްކުމުގެ ޝެޑިއުލް އަދި ނުލިބޭ – މިނިސްޓަރ އަސްލަމް
18 - މޭ - 2022
8 ހެކްޓަރުގެ ބިން ހިއްކައިފި
14 - ސެޕްޓެމްބަރު - 2021
އިހަވަންދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި
4 - އޮގަސްޓު - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް