އިހަވަންދޫ އާމިނާދިޔޯ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ހިދުމަތް ފަށައިފި!
ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. އެހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އިއްޔަ ހަވީރު އިހަވަންދޫ ސްކޫލްގައިއޮތް ރަސްމިއްޔާތެއްގައި ރައީސްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަސީރު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން މިރަށުގެ ޞިއްޙީ ޚިދުމަތްތަކަށް ވަރަށް ބޮޑަށް އިހުމާލެވެފައިވާކަމަށެވެ. އެހެންނަމަވެސް މިއަދުގެ ސަރުކާރުން މިކަމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާކަން މިއަދު މި ފެށުނު ހިދުމަތާއެކުވެސް ހާމަވެގެންދާކަން މެންބަރު ފާހަގަކުރެއްވި އެވެ.
އާމިނާދިޔޯ ޞިއްޙީ މަޒުކަރުގައި ޑައިލިސިސްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އިހަވަންދޫގެ ތަރައްގީއާ ކުރިއެރުމަށް މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތަކުގައި ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށެވެ. "މާތްﷲގެ އިރާދަފުޅުން ރައީސްގެ މި 5 އަހަރުގެ ދައުރު އެމަނިކުފާނު ނިންމަވަނީ ޞިއްޙީ ދާއިރާއިން އިހަވަންދޫއަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ހަގީގީތަކަށް ހައްދަވައިދެއްވުމަށްފަހު." ނާޒިމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ އާމިނާދިޔޯ ޞިއްޙީ މަރުކަޒަށް ވަޑައިގެން އެތަނުގެ ޚިދުމަތްތައް ބައްލަވާލައްވާފައެވެ.
މިއީ ރާއްޖޭގެ ސިއްޙީ މަރުކަޒެއްގައި ޑައިލިސިސްގެ ހިދުމަތްފެށި ފުރަތަމަ ފަހަރެވެ. އާމިނާދިޔޯ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދެމުންދާ ލެވެލް 4 ގެ ޞިއްޙީ މަރުކަޒެކެވެ.
ގުޅުން ހުރެދާނެ ލިޔުން
ރައްޒާން، އިސްތިއުފާ ދެއްވައިފި...
16 - އޮގަސްޓު - 2026
އާމިނާދިޔޯ ހެލްތް ސެންޓަރުގައި ޖީ.ސިކްސް.ޕީ.ޑީ ޓެސްޓު ހަދަން ފަށައިފި
9 - މޭ - 2026
އިތުރު ދެ ޕޮލިޓިކަލް ޑިރެކްޓަރުން އާމިނާދިޔޯ ސިއްޙިމަރުކަޒަށް އައްޔަންކޮށްފި، ޖުމުލަ އަދަދު 4 އަށް!
24 - މާރިޗު - 2026
އުބައްޖަހައި، ހޮސްޕިޓަލް އަޅާބިން އަނެއްކާވެސް ކޮންނަން ފަށައިފި!
15 - މާރިޗު - 2026
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
ހުއްޓިފައިވާ އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް، އައު ޑިޒައިނަކާއި އެކު ފަށަނީ!
10 - އޮގަސްޓު - 2025
އިހަވަންދޫއަށް ތާރީހީ ދުވަހެއް : އިހަވަންދޫ ހޮސްޕިޓަލްގެ ކޮންކްރީޓް މަސައްކަތް ފަށައިފި !
16 - ޖުލައި - 2025
އިހަވަންދޫ ހޮސްޕިޓަލް އިމާރާތްކުރާ ބިން އާރު.ޑީ.ސީ އާއި ހަވާލުކޮށްފި
9 - ޖުލައި - 2025
އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް އަންނަމަހު ފަށަނީ!
19 - މާރިޗު - 2025
އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި!
26 - ފެބްރުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް