ދަރުމަ ޤުރުއާން މުބާރާތުގެ އެއްވަނަ މިފަހަރުވެސް ހޯދީ އުވައިޝާ!
މުޙައްމަދު އަކުރަމް
3 - އޭޕްރީލް - 2025
ހިލޭސާބަހަށް ޤުރުއާނުގެ އިލްމު އުގަންނައިދިނުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ ދަރުމަ ޤުރުއާން ކުލާހުން ބޭއްވި ދަރުމަ ދެވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ އާއިޝަތު އުވައިޝާ ބިންތި އާދަމް، ހަނދުވަރީ މަންޒިލް ހއ އިހަވަންދޫ ހޯދައިފިއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އެއްވަނަ ހޯދީވެސް އުވައިޝާއެވެ. މިމުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ އޮތީ ރޭ އިހަވަންދޫ ސްކޫލްގެ ވަގުތީ ހޯލްގައެވެ.
“ދަރުމަ ޤުރުއާން މުބާރާތް 2025” ގެ ނަމުގައި ކުރިޔަށް ގެންދިޔަ މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން މިމަހުގެ 1 ވަނަ ދުވަހުއެވެ. މިމުބާރާތުގައި 60 ކުދިން ބައިވެރިވެފައިވެއެވެ. މިމުބާރާތުގައި ކިޔަވާފައިވަނީ ދަރުމަ ޤްރުއާން ހަރަކާތް ފަރާތުން ކުރިޔަށް ގެންދާ ޤުރުއާން ކުލާސްތަކުގައި ބައިވެރިވާ ކުދިންނެވެ.
ހިލޭސާބަހަށް ޤުރުއާނުގެ އިލްމު އުގަންނައިދިނުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ދަރުމަ ޤްރުއާން ކުލާހަކީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހު އިފްތިތާޙްކުރި ކުލާހެކެވެ. އެކުލާހުން ހިލޭ ޤުރުއާން ކިޔެވޭނެ މަގު ހަމަޖައްސައިދެއެވެ. “ދަރުމަ” ޤުރުއާން ކުލާހަކީ ހއ އިހަވަންދޫ، ހޯރަ، އިބްރާހިމް މޫސާ އިސްނަންގަވައިގެން ދަރުމަވެރިއެއްގެ އެހީތެރިކަމާއިއެކު ކުރިޔަށްގެންދާ ހަރަކާތަކެވެ. މިއީ އެހަރަކާތުގެ ފަރާތުން ބޭއްވި ދެވަނަ ޤުރުއާން މުބާރާތެވެ.
މިމުބާރާތުގެ ފާހަގަކުރެވޭ ވަނަތަކަށް ހޮވުނު ދަރިވަރުން:
މުޅިމުބާރާތުން 3 ވަނަ: ރީޝަމް ބިންތި ސުހައިލް މުހައްމަދު، ރޯޝަނީގެ ހއ. އިހަވަންދޫ
މުޅިމުބާރާތުން 2 ވަނަ: އަލޫފް އަހްމަދު، އާރު ހއ. އިހަވަންދޫ
މުޅިމުބާރާތުން 2 ވަނަ: ބަޝާރާ މުހައްމަދު ސަމީރު، ގޯލްޑް ހައުސް ހއ. އިހަވަންދޫ
މުޅިމުބާރާތުން 1 ވަނަ: އާއިޝަތު އުވެއިޝާ ބިންތި އާދަމް، ވާމަތީގެ ހއ. އިހަވަންދޫ
ގުޅުން ހުރެދާނެ ލިޔުން
ފޮޓޯ: ދަރުމަ ޤުރުއާން މުބާރާތް 2024
9 - އޭޕްރީލް - 2024
ދަރުމަ ޤުރުއާން މުބާރާތުގެ އެއްވަނަ އުވެއިޝާ ހޯދައިފި
9 - އޭޕްރީލް - 2024
ދަރުމަ ޤުރުއާން މުބާރާތް ބާއްވައިފި
7 - އޭޕްރީލް - 2024
"ދަރުމަ" ޤުރުއާން ހަރަކާތް އިފްތިތާޙްކޮށްފި
26 - ސެޕްޓެމްބަރު - 2022
ކުލަބު ޕޯލްސްޓަރގެ 24 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ ޔައިޝާ ހޯދައިފި!
11 - އޭޕްރީލް - 2026
ކުލަބު ޕޯލްސްޓަރގެ 23 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ މައިހާ ހޯދައިފި
4 - އޭޕްރީލް - 2025
ކުލަބު ޕޯލްސްޓަރގެ 22 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ ނަސްރަތު ހޯދައިފި
8 - އޭޕްރީލް - 2024
ހޯރަފުށީ ކައުންސިލްގެ "ރަންއަޑު" ޤުރުއާން މުބާރާތުގެ އެއްވަނަ ޔައިޝާ ހޯދައިފި
24 - ޑިސެމްބަރު - 2023
ކުލަބު ޕޯލްސްޓަރގެ 21 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ އަޒާ ހޯދައިފި
21 - މޭ - 2023
ނޫރު މަދަހަ މުބާރާތުގެ ތިންވަނަ ސީޒަންގެ އެއްވަނަ ފާތިމަތު ތޫބާ ހޯދައިފި
5 - މާރިޗު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް