ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
.
8 - އޭޕްރީލް - 2025
ސަރުކާރުގެ ވުޒާރާތަކުގެ އެދުމުގެ މަތިން، އިހަވަންދޫއިން ތިން ބިމެއް ދޫކުރަން އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 190 ވަނަ އާއްމު ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ކައުންސިލްގެ ބައްދަލުވުން މިއަދު ބޭއްވުމަށް މަސައްކަތްކުރަމުން ދާއިރު، ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އަތޮޅު ފެންވަރުގެ ފުލުހުންގެ މަރުކަޒެއް އިމާރާތްކުރުމަށް، ދިވެހި ފުލުހުންގެ ހިދުމަތުން ހޯދުމަށް އެދިފައިވާ ބިމާއި، އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އިމާރާތްކުރުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދުމަށް އެދިފައިވާ ދެ ބިމުގެ މައްސަލައެވެ.
އައު ފުލުހުންގެ މަރުކަޒު އިމާރާތްކުރުމަށް، 50 ހާހާއި 35 ހާހާއި ދެމެދުގެ އަކަފޫޓްގެ ބިމެއް ބޭނުންވާކަމަށް ފުލުހުންގެ ހިދުމަތުން ކައުންސިލަށްވަނީ އަންގާފައެވެ. މިދިޔަ މާރިޗް މަހުގެ 27 ވަނަ ދުވަހު ވަނީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމަށް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކޮށްފައެވެ. އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް 180*150 ފޫޓްގެ ޖުމްލަ 27،000 އަކަފޫޓްގެ ބިމެއް ބޭނުންވާއިރު، އައު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރުމަށް 95*45 ފޫޓްގެ ޖުމްލަ 4275 އަކަފޫޓްގެ ބިމެއް ބޭނުންވާނެކަމަށް މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބުނެފައިވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!
28 - މާރިޗު - 2025
އިހަވަންދޫގައި އައުޓްޑޯރ ޖިމެއް ތަރައްޤީ ކުރުމަށް 2000 އަކަފޫޓްގެ ބިމެއް ދީފި
22 - މާރިޗު - 2025
އިހަވަންދޫގައި ދުއްވާ އެއްގަމު އުޅަނދުފަހަރު (B) ޒޯނަށް ބަދަލުކުރުމަށް 6 މަސް
25 - ޑިސެމްބަރު - 2024
އިހަވަންދޫ ނެއިބަރހުޑް ޖޮއިންޓް އެޖެންސީ ގްރޫޕް އިހަވަންދޫ ކައުންސިލާ ބައްދަލުކޮށްފި
26 - ފެބްރުއަރީ - 2024
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަނީ
1 - ޑިސެމްބަރު - 2023
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ޗެމްޕިއަންކަން ހޯދައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް ޕޮލިސް
16 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް