ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރުގެ މަސައްކަތް ފަށައިފި
ހއ. އިހަވަންދޫގައި ތަރައްޤީކުރުމަށް ނިންމާފައިވާ ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެގޮތުން ބަނދަރު ފުންކުރުމަށް ބޭނުންކުރާ ކަޓަރ ސަކްޝަން ޑްރެޖަރ އިއްޔަގެ ވަގުތެއްގައި އިހަވަންދޫއަށްވަނީ ބަނދަރުކޮށްފައެވެ.
ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. އެމަސައްކަތް އެކުންފުންޏަށް ހަވާލުކޮށްފައިވަނީ 60.26 މިލިއަން ރުފިޔާގެ އަގަކަށް 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
މި މަޝްރޫއުގެ ދަށުން އިހަވަންދޫ ފިޝްކަލެކްޝަން ފެސިލިޓީގެ ބަނދަރު ފުންކުރުމާއި 42 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 129 މީޓަރުގެ ޝީޓް ޕައިލް ކީވޯލް ޖެހުމާއި 66 މީޓަރު އެލް ބްލޮކް ކީވޯލް ޖެހުން ހިމެނއެވެ. އަދި 20 ބޮލާޑް ޖެހުމާއި 13 ފެނޑާ ޖެހުމާއި 02 ނެރު ބައްތި ޖެހުމާއި 12 މަގު ބައްތި ޖެހުމާއި އެއްގަމުތޮށި ވަށައިގެން 3437 ސްކެއަރ މީޓަރަށް ޕޭވްމަންޓް އެޅުމާއި ޕޭވްމަންޓްގައި ފެން ހިންދުމަށް ކާނު ބެހެއްޓުން ހިމެނެއެވެ. ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ފުންކުރުމަށް އެސަރަހައްދުން 50،221 ކިއުބިކް މީޓަރަށްވުރެ ގިނަ ވެލި ނަގާނެއެވެ.
މިމަޝްރޫއުގެ އީ.އައި.އޭ ހަދާފައިވަނީ ވޯޓާ ސޮލިއުޝަން އިންނެވެ. އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އިން މިމަޝްރޫޢުގެ އީ.އައި.އޭ އެޕްރޫވް ކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖޫންމަހުގެ 25 ވަނަ ދުވަހުއެވެ.
2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފައިވާ މިމަޝްރޫއު މިހިނގާ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާރޓަގައި ފަށާނެ ކަމަށް އެމްޓީސީސީއިން ބުނި ނަމަވެސް އެމަސައްކަތް ފެށިގެން މިދަނީ އެއަށްވުރެ ފަހުންކަން ފާހަގަކުރެވެއެވެ.
އިހަވަންދޫގައި ތަރައްޤީކުރުމަށް ނިންމާފައިވާ ފިޝް ކަލެކްޝަން ފެސިލިޓީގެ މަޝްރޫއުގެ ތެރޭގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީ، އޮފީސް އިމާރާތް، އިންޖީނުގެ، ވެހިކަލް ވޯކްޝޮޕާއި ގުދަން، 130 މީޓަރުގެ މަގަތު ފާލަން އަދި ބަނދަރު ހިމެނޭނެއެވެ. މިއީ ދިވެހި ސަރުކާރާއި އިސްލާމިކް ޑިވޮލޮޕްމެންޓް ބޭންކާއި ގުޅިގެން ކުރިޔަށްގެންދާ މަޝްރޫއުއެކެވެ.
ގުޅުން ހުރެދާނެ ލިޔުން
ފިޝަރީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފެށޭނީ، މަޝްރޫއު ހިންގުމަށް ބޭނުންވާ ބިން ހިއްކާ ނިމުމުން : ފިޝަރީސް މިނިސްޓްރީ
27 - ފެބްރުއަރީ - 2026
އިހަވަންދޫ އާޓިފިސިއަލްބީޗް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރީ އާދަޔާހިލާފު ބޮޑު އަގަކަށް!
7 - ޖެނުއަރީ - 2026
އިހަވަންދޫގައި އާޓިފިސިއަލް ބީޗެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
6 - ޖެނުއަރީ - 2026
ކޮންސްޓްރަކްޝަން މިނިސްޓްރީއިންވެސް ބުނަނީ ބިންހިއްކުމުގެ މަސައްކަތް ނިމިއްޖެކަމަށް!
25 - ނޮވެމްބަރު - 2025
އިހަވަންދޫގެ އިރުމަތީ ފަރާތުން 712 މީޓަރުގެ ސަރަހައްދެއް ގިރައިފި – އިހަވަންދޫ ކައުންސިލް
29 - އޮގަސްޓު - 2025
އެމްޓީސީސީގެ ހުރިހާ ވެހިކަލެއް އިހަވަންދޫއިން ބާލައިފި!
16 - މާރިޗު - 2025
ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
29 - ޖެނުއަރީ - 2025
ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރުގެ އީ.އައި.އޭ ނިންމައިފި، މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި
27 - ނޮވެމްބަރު - 2024
ކައުންސިލުން 5 ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެންހެދި އެއްގަމު ލައިސަންސް ޓްރެކް ހުޅުވައިފި
21 - ފެބްރުއަރީ - 2024
ހިއްކި ބިމުން 3 ހެކްޓަރު ގިރާލައިފި – ރިލްވާން
15 - ނޮވެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް