އިހަވަންދޫ ހޮސްޕިޓަލް އިމާރާތްކުރާ ބިން އާރު.ޑީ.ސީ އާއި ހަވާލުކޮށްފި
ހއ. އިހަވަންދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ ބިން ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ބިން ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ރޭ އިހަވަންދޫ ކައުންސިލް އިދާރާގައެވެ.
މި ރަސްމިއްޔާތުގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއެކުރުން ކުރިއަށްދިޔައީ ހެލްތް މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓްފޮރ ހެލްތް، އިސްމާއިލް ޝަރީފް އެވެ. އާރު.ޑީ.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެކުރެއްވީ އިހަވަންދޫ ސައިޓްގެ މެނޭޖަރ އަޝްރަފް އެވެ. މީގެ އިތުރުން، މި މަސައްކަތުގެ ސްޓޭކްހޯލްޑަރުންގެ ގޮތުގައި އިހަވަންދޫ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް ސޮބާހް ވަނީ ސޮއެކުރައްވާފައެވެ. އަދި އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ފަރާތުން ޕޮލިޓިކަލް ޑިރެކްޓަރ ޝަހުމާ މޫސާ ވެސް ވަނީ އެއްބަސްވުމުގައި ސޮއެކުރައްވާފައެވެ.
ހޮސްޕިޓަލް އިމާރާތްކުރާ ބިން އާރު.ޑީ.ސީ އާއި ހަވާލުކުރުމާއި އެކު ޕްރޮޖެކްޓް ނިންމަން ޖެހޭ މުއްދަތު ގުނަންފަށާނެއެވެ. މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 18 މަސް ނުވަތަ 540 ދުވަހެވެ.
އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. ހެލްތް މިނިސްޓްރީއިން މި ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް އާރު.ޑީ.ސީއާ ހަވާލުކޮށްފައިވަނީ 99,600,697.90 ރުފިޔާއަށެވެ.
އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް ވަކި ހިސާބަކުން އެމަސައްކަތްވަނީ ހުއްޓިފައެވެ. އިހަވަންދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢު ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު، 123.3 މިލިއަން ރުފިޔާގެ އަގުގައެވެ. މިނިސްޓްރީ އޮފް ހެލްތުން ހޮސްޕިޓަލް އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ބިން އެ ކުންފުންޏާ ހަވާލުކުރީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 7 ވަނަ ދުވަހުއެވެ. އަދި ހޮސްޕިޓަލް އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ޑުޕްލެކްސްއިން ފެށީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން އިހަވަންދޫގައި ކުރަމުންދިޔަ މަސައްކަތް ވަނީ ހުއްޓާލާފައެވެ.
އާމިނާ ދިޔޯ ހެލްތު ސެންޓަރު
އިހަވަންދޫ ކައުންސިލް
މިނިސްޓްރީ އޮފް ހެލްތު
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)
އިހަވަންދޫ ހޮސްޕިޓަލް
ގުޅުން ހުރެދާނެ ލިޔުން
ހުއްޓިފައިވާ އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް، އައު ޑިޒައިނަކާއި އެކު ފަށަނީ!
10 - އޮގަސްޓު - 2025
އިހަވަންދޫއަށް ތާރީހީ ދުވަހެއް : އިހަވަންދޫ ހޮސްޕިޓަލްގެ ކޮންކްރީޓް މަސައްކަތް ފަށައިފި !
16 - ޖުލައި - 2025
އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް އަންނަމަހު ފަށަނީ!
19 - މާރިޗު - 2025
އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
29 - ޖެނުއަރީ - 2025
އުބައްޖަހައި، ހޮސްޕިޓަލް އަޅާބިން އަނެއްކާވެސް ކޮންނަން ފަށައިފި!
15 - މާރިޗު - 2026
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް، އަންނަ ހުކުރުދުވަހުގެ ރޭ ފަށަނީ
26 - ނޮވެމްބަރު - 2024
އިހަވަންދޫ ހޮސްޕިޓަލް އަޅަން ޑުޕްލެކްސްއާ ހަވާލުކޮށްފި
16 - ޖެނުއަރީ - 2023
ރައްޒާން، އިސްތިއުފާ ދެއްވައިފި...
16 - އޮގަސްޓު - 2026
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...
11 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް