އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް އަންނަ މަހު ފަށާނެކަމަށް ހެލްތް މިނިސްޓްރީއިން ބުނެފިއެވެ. މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައި، ހެލްތް މިނިސްޓްރީއިން ބުނީ އިހަވަންދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ އޭޕްރީލް މަހުގެ ދެވަނަ ހަފްތާ ތެރޭގައި ފަށޭނެކަމަށް ލަފާކުރެވޭކަމުގައެވެ. އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއެވެ. އެމަސައްކަތް އެކުންފުންޏާ ހަވާލުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. ހެލްތް މިނިސްޓްރީއިން މިނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް އާރު.ޑީ.ސީ އާ ހަވާލުކޮށްފައިވަނީ 99،600،697.90 ރުފިޔާއަށް 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް ވަކި ހިސާބަކުން އެމަސައްކަތްވަނީ ހުއްޓިފައެވެ. އިހަވަންދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢު ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު، 123.3 މިލިއަން ރުފިޔާގެ އަގުގައެވެ. މިނިސްޓްރީ އޮފް ހެލްތުން ހޮސްޕިޓަލް އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ބިން އެ ކުންފުންޏާ ހަވާލުކުރީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 7 ވަނަ ދުވަހުއެވެ. އަދި ހޮސްޕިޓަލް އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ޑުޕްލެކްސްއިން ފެށީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން އިހަވަންދޫގައި ކުރަމުންދިޔަ މަސައްކަތް ވަނީ ހުއްޓާލާފައެވެ. އަދި އެ މަސައްކަތަށް ގެނެސްފައިވާ ތަކެތި ވިއްކާލުމާއެކު، އެ ކުންފުނީގެ މުވައްޒަފުންނާއި މެޝިނަރީ ވަނީ އެހެން މަސައްކަތު ސައިޓަކަށް ބަދަލުކޮށްފައެވެ. މީގެއިތުރުން، ހޮސްޕިޓަލުގެ މަސައްކަތަށް ކޮނެފައިވާ ސަރަހައްދުތަކަށް ބަޔަކު ވަނީ ފަސްއަޅައި ފޮރުވާލާފައެވެ. އާރު.ޑީ.ސީ އިން މިހާރުވަނީ، އިހަވަންދޫގައި ހޮސްޕިޓަލް އެޅުމަށް ހާއްސަކޮށްފައިވާ ބިމުގައި ވަށައިގެން ބައުންޑަރީ ޖަހައި ބަންދުކޮށްފައެވެ.
އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް އަންނަމަހު ފަށަނީ!
ގުޅުން ހުރެދާނެ ލިޔުން
ހުއްޓިފައިވާ އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް، އައު ޑިޒައިނަކާއި އެކު ފަށަނީ!
10 - އޮގަސްޓު - 2025
އިހަވަންދޫއަށް ތާރީހީ ދުވަހެއް : އިހަވަންދޫ ހޮސްޕިޓަލްގެ ކޮންކްރީޓް މަސައްކަތް ފަށައިފި !
16 - ޖުލައި - 2025
އިހަވަންދޫ ހޮސްޕިޓަލް އިމާރާތްކުރާ ބިން އާރު.ޑީ.ސީ އާއި ހަވާލުކޮށްފި
9 - ޖުލައި - 2025
އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
29 - ޖެނުއަރީ - 2025
އުބައްޖަހައި، ހޮސްޕިޓަލް އަޅާބިން އަނެއްކާވެސް ކޮންނަން ފަށައިފި!
15 - މާރިޗު - 2026
އިހަވަންދޫ ހޮސްޕިޓަލް އަޅަން ޑުޕްލެކްސްއާ ހަވާލުކޮށްފި
16 - ޖެނުއަރީ - 2023
ރައްޒާން، އިސްތިއުފާ ދެއްވައިފި...
16 - އޮގަސްޓު - 2026
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ހޮސްޕިޓަލެއްގެ ބަދަލުގައި، އިހަވަންދޫ ރައްޔިތުންނަށް ލިބުނީ "ބޮއް ފެކްޓްރީއެއް" – ޝިފާއު
28 - ޖޫން - 2026
އާމިނާދިޔޯ ހެލްތް ސެންޓަރުގައި ޖީ.ސިކްސް.ޕީ.ޑީ ޓެސްޓު ހަދަން ފަށައިފި
9 - މޭ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް