ޖަންގަލް އަތުން ބަދަލު ހިފައި އެންވީކޭ ފައިނަލަށް!
މުހައްމަދު މައުޒު
6 - ސެޕްޓެމްބަރު - 2025
ހއ. އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްދާ، އިހަވަންދޫ ކައުންސިލް ކަޕް ފިރިހެން ވޮލީބޯޅަ މުބާރާތް 2025 ގެ ފައިނަލްގެ ދެވަނަ ޖާގަ، އެންވީކޭ ޓީމުން ކަށަވަރުކޮށްފިއެވެ. އެޓީމް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި 3-2 ސެޓް އިން ޖަންގަލް ޓީމްގެ މައްޗަށް ވާދަވެރި ކުޅުމަކަށްފަހު ކުރި ހޯދައިގެންނެވެ. މި ދެ ޓީމް ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗުން 3-2 ސެޓުން މޮޅުވީ ކަންގަލް އެވެ.
މިމުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ "ޔުނައިޓެޑް ޔޫތް" އެވެ. އެޓީމް ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގްރޫޕް ސްޓޭޖްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.
ފައިނަލް މެޗް ކުޅޭނީ މިރޭ 20:15 ގައި ހުރަވީ އައުޓްޑޯރ ވޮލީ ކޯޓުގައެވެ. މިއީ އިހަވަންދޫ ކައުންސިލުން މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.
މިދިޔަ އަހަރު، އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ކައުންސިލް ކަޕް ވޮލީ މުބާރާތް 2024 ގެ ޗެމްޕިއަންކަން ހޯދާފައިވަނީ "ކުޅިމަގު" ޓީމެވެ. ނަމަވެސް، އެޓީމް މި އަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޔުނައިޓެޑް ޔޫތް ފައިނަލަށް، ޖަންގަލި އަދި އެންވީކޭ ސެމީއަށް
4 - ސެޕްޓެމްބަރު - 2025
ޖަންގަލް އަތުން ބަދަލު ހިފައި އިރަމާ ފައިނަލަށް
16 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 - ކުޅިމަގު އަދި ޖަންގަލް ފެށުން ރަނގަޅުކޮށްފި
13 - އޮކްޓޯބަރު - 2024
އެންވީކޭގެ ރަސްކަން ނިމުމަކަށްގެނެސް ޖަންގަލް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
1 - ޑިސެމްބަރު - 2023
ފައިނަލް މެޗަށް ޖަންގަލް ޓީމް ނުކުންނަނީ މޮޅުވުމުގެ ރޫހާއިއެކު – ކޯޗް ފަޔާޒް
1 - ޑިސެމްބަރު - 2023
އެންވީކޭގެ އުއްމީދަކީ ފަސް ތަރި ހޯދުން – ކޯޗް ސުޖާއު
1 - ޑިސެމްބަރު - 2023
ކައުންސިލް ކަޕްގެ ފައިނަލަށް އެންވީކޭ އަދި ޖަންގަލް
30 - ނޮވެމްބަރު - 2023
ޖަންގަލް، އެންވީކޭ، ކުޅިމަގު އަދި އިރަމާ ކައުންސިލް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި
28 - ނޮވެމްބަރު - 2023
ކައުންސިލް ކަޕް ވޯލީބޯލް ޓޯނަމެންޓް 2022 ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންޓީމަކަށް ޖަންގަލް
1 - ޑިސެމްބަރު - 2022
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް