ބޮޑު ސަމާލުކަމެއް ލިބުނު އިހަވަންދޫ ރަސްމީ ފާލަން އެޅުމަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިންގ ޑްރޯވިންގ އަދި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ!
މުޙައްމަދު އަކުރަމް
30 - ސެޕްޓެމްބަރު - 2025
އިހަވަންދޫ ކައުންސިލުން ދޭ ކޮންސެޕްޓާއި އެއްގޮތަށް އިހަވަންދޫ ދެކުނުފަރާތު ބަނދަރުގައި ރަސްމީ ފާލަމެއް އެޅުމަށް ބޭނުންވާ އާކިޓެކްޗަރަލް އަދި އިންޖިނިއަރިންގ ޑްރޯވިންގ އަދި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އިއުލާން ކޮށްފިއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ 14:00 ކުރިން ބީލަމުގައި ރަޖިސްޓަރީކޮށް، 14 އޮކްޓޯބަރ ވާ އަންގާރަ ފުވަހުގެ 13:00 އަށް ބީލަން ހުށަހަޅަންޖެހެއެވެ.
މި ފާލަމަކީ އިހަވަންދޫ ކައުންސިލުން ކުރިން ހުށަހަޅާފައިވާ ކޮންސެޕްޓާ އެއްގޮތަށް ފަރުމާކުރެވޭ ފާލަމެކެވެ. ކުރިން ކައުންސިލުން ހާމަކޮށްފައިވާ ތްރީޑީ އެނިމޭޝަން ވީޑިއޯއިން ދައްކާގޮތުގައި، މި ފާލަން ފަރުމާކޮށްފައިވަނީ ދޯންޏެއްގެ ސިފައިގައެވެ. މި ފާލަމުގައި ފުރަން އަންނަ ފަސިންޖަރުންނަށް މަޑުކޮށްލެވޭނެ ވެއިޓިންގ ރޫމެއް ހިމެނޭއިރު، މަތީގައި ހުންނަނީ ކޮފީ ސޮޕެކެވެ. އެތަން ފަރުމާ ކޮށްފައިވަނީ އެތަނުގައި ތިބޭއިރު ބަނދަރުގެ ހިތްގައިމުކަމާއި ރަށުގެ ނަލަކަން ފެންނަހެނެވެ.
އިހަވަންދޫ ރަސްމީ ފާލަމުގެ ކުރެހުން ދައްކާލާ ރަށު ރައްޔިތުންގެ ހިޔާލު ހޯދަން މިމަހުގެ ދެވަނަ ދުވަހު ކައުންސިލުން ހުޅުވާލައިލުމުން ގިނަބައެއްގެ ސަބާލުކަން އެފާލަމަށްލިބި، ރާއްޖޭގެ ބޮޑެތި މީޑިއާ ތަކުން އެހަބަރު ރިޕޯޓްކުރިއެވެ. އޭރު ކައުންސިލުން ވަނީ ރަސްމީ ފާލަމުގެ ކުރެހުން ހިމެނޭ ތްރީޑީ އެނިމޭޝަން ވީޑިއޯކޮޅެއް އާއްމުކޮށްފައެވެ.
އިހަވަންދޫއަކީ މަސްވެރިކަމުގައި މުޅި ރާއްޖޭގައި ވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ރަށުގެ މަސްވެރިކަމުގެ ސިނާއަތަށް ހީނަރުކަން އަންނަމުން ދިޔަނަމަވެސް އިހަވަންދޫގައި މިހާރުވެސް އަންނަނީ ގިނަ މަސް ދޯނިތަކެއް ދުއްވަމުންނެވެ. އަދި ފައިބަގްލާސް މަސްދޯނި ބަނުމަކީ ވެސް އިހަވަންދޫގައި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ މަސައްކަތެކެވެ.
ގުޅުން ހުރެދާނެ ލިޔުން
ބަންދު ކޮށްފައިވާ ސިޑީގެ ހާލަތު ގޯސްވެ، ކަދުރު ރުއް ހެދެން ފަށައިފި!
31 - ޖެނުއަރީ - 2026
އިހަވަންދޫ ބަނދަރު ސަރަހައްދު ތަރައްޤީ ކުރުމުގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދަނީ
17 - އޮގަސްޓު - 2025
މި ކެޓަމަރާންގެ ވެރިޔަކު ހޯދަނީ!
23 - އޭޕްރީލް - 2025
ފެރީ ޓާމިނަލް ސިޑިއާ އިންވެގެން ހުޅަގަށްއޮތް ސަރަހައްދުގެ ޕޭވްމަންޓްގެ ދަށުން ފަސްގަނޑު ދަމައިގަނެފި
22 - ސެޕްޓެމްބަރު - 2024
މިއަދުން ފެށިގެން ފަޅުތެރޭގައި ފައިބަރގްލާސްއާ ގުޅޭ އެއްވެސް މަސައްކަތެއް ކުރުން މަނާ!
1 - ޖޫން - 2024
ބަނދަރު އަޕްގުރޭޑްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރިތާ 15 ދުވަސް ނުވަނީސް، އާނމުންގެ ރައްކާތެރިކަމަށް ސިޑި ބަންދުކޮށްފި
2 - އޮގަސްޓު - 2023
ބަނދަރުގައި މަސްކަނޑާ 2 ހަޓް ހަދަން ފެނައާރު އިންވެސްޓްމެންޓާ ހަވާލުކޮށްފި
21 - ޖުލައި - 2023
ބަނދަރުގައި މަސްކަނޑާ 2 ހަޓް ހަދާދޭނެ ފަރާތެއް ހޯދަނީ
22 - އޭޕްރީލް - 2023
ބަނދަރު ގޮނޑިތަކުން ރައްޔިތުންނަށް އުފާވެރިކަމާއި ބަނދަރަށް ފުރިހަމަކަން
27 - އޮގަސްޓު - 2022
ބަނދަރުގެ ވެލިގަނޑުން ވެލި ދޫކުރުމުގެ އުސޫލު އާންމުކޮށްފި
23 - ޖެނުއަރީ - 2020
ކޮމެންޓް
އަދި ކޮމެންޓެއް ނެތް