ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ކުޅުދުއްފުށިން ނެގި ސާމްޕަލްތައް ނެގަޓިވް
ހދ. ކުޅުދުއްފުށިން ފެނުނު ކޮވިޑް ކޭސްތަކާ ގުޅިގެން ނެގުނު މިހާތަނަށް ނެގުނު ސާމްޕަލް ތައް ނެގެޓިވް ވެފައިވާ ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
24 މާރިޗް ގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އެޑްމިޓް ކޮށްފައި އޮތް މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސް، ޕޮޒިޓިވްވި ކޭހާއި ގުޅުންހުރި އިތުރު ސާމްޕަލް ތަކުން 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. ކުޅުދުއްފުށިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ޅ. ނައިފަރުން ކުޅުދުއްފުށީ ރީޖަނަލ ހޮސްޕިޓަލަށް އިތުރު ފަރުވާއަށްގެނެސް ފަރުވާދިނުމަށް އެޑްމިޓްކޮށްފައިވާ ބަލިމީހަކާއި އޭނާގެ 2 އެހީތެރިންނެވެ. މިމީހުން ކުޅުދުއްފުއްޓަށް އައިސްފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. ޕޮޒިޓިވް ވި 4 ވަނަ ފަރާތަކީ ޅ. ނައިފަރުން ކޭއާރުއެޗް އަށް އިތުރު ފަރުވާއަށް ގެނެސްފައިވާ ބަލިމީހެއްގެ ފިރިމީހާއެވެ. މިމީހާއަކީ މިމަހުގެ 21 ވަނަ ދުވަހު ޅ. ފެލިވަރުން ކުޅުދުއްފުއްޓަށް ދަތުރުކޮށްފައިވާ މީހެކެވެ.
ޕޮޒިޓިވް ވީ ކޭސްތަކާ ގުޅިގެން ނެގުނު 200 ސާމަޕަލް ނެގެޓިވެ ވެފައިވާ ކަމަށް އެހޮސްޕިޓަލުން ހާމަކުރައްވައެވެ. ކުޅުދުއްފުށިން ފެނުނު ކޮވިޑު ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރު އެ މީހުންނާ ގުޅުން ހުރި 3 ގެޔަކުން 20 މީހުން އިއްޔަގެ ނިޔަލަށް ވަނީ ކަރަންޓީންކޮށްފަ އެވެ.
ކޭއާރުއެޗް އިން ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއެއްގޮތަށް މާސްކު އަޅައި، ސާފުތާހިރުކަމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ނަސޭހަތްތެރި ވެފައެވެ. އެ ހޮސްޕިޓަލުން ބުނެފައިވަނީ ބަލި ހަށިގަނޑުގައި އަށަގަންނަ ވަގުތުގެ ކުރީކޮޅު ލެބޯޓްރީ ނަތީޖާތަކުން ނެގެޓިވް ކަމަށް ދެއްކި ކަމުގައި ވިޔަސް ފަހުން ނަގާ ސާމްޕަލްއެއް ޕޮޒިޓިވްވުން އެކަށީގެންވާތީ އެންމެހާ ބޭފުޅުން ވެސް މި ދުވަސްވަރު މާސްކު އެޅުމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭކަމަށެވެ.
އަދި ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުގައި އޮންނަ ވަގުތުގައި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވީހާ ވެސް ދަތި ނުވާނޭހެން އިންތިޒާމްތައް ރޭވުމަށް މަސައްކަތް ކުރާނޭ ކަމަށްވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ. '
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ގިނަ ރަށްތަކުގެ މީހުން ފަރުވާހޯދުމަށް ކޮންމެ ދުވަހަކުވެސް ޒިޔާރަތްކުރާ ހޮސްޕިޓަލެކެވެ.
ގުޅުން ހުރެދާނެ ލިޔުން
ކުޅުދުއްފުށި ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފި
22 - ޖެނުއަރީ - 2022
ތިން މީހަކު ޕޮޒިޓިވްވެ، ކުޅުދުއްފުށިސިޓީ މޮނިޓަރިންއަށް
2 - މޭ - 2021
ކޭއާރުއެޗްއިން އެންޓު ކިއު ސިސްޓަމް ބޭނުންކުރަން ފަށައިފި
28 - މާރިޗު - 2021
އިހަވަންދޫގެ ބައެއްމީހުންނަށް ބިންހެލުމެއްގެ އިހްސާސް ކުރެވިއްޖެ!
27 - މޭ - 2024
ދިއްދޫއާ ކުޅުދުއްފުށި އެއްވަނަ ޑިވިޝަނަށް
1 - ޖުލައި - 2022
ކޭއާރުއެޗްގައި ކަކުލު ހުޅު ބަދަލުކުރުމުގެ ހާއްސަ އޮޕަރޭޝަންތަކެއް ފަށަނީ
10 - އޮގަސްޓު - 2021
މަސްތުވާތަކެތީގެ ބޮޑެއް އިހަވަންދޫން ހައްޔަރު ކޮށްފި
31 - މާރިޗު - 2021
ކޭއާރުއެޗް އިން އެޕޮއިންޓްމަންޓް ހެއްދުމަށް މޯބައިލް އެޕެއް ތައްޔާރު ކުރަނީ
25 - ޖެނުއަރީ - 2021
ގުރުދާ ބައްޔަށް ހާއްސަ ޑޮކްޓަރެއް ފުރަތަމަ ފަހަރަށް ކޭއާރުއެޗަށް
31 - ޑިސެމްބަރު - 2020
ކޭއާރުއެޗްގައި ސްޕީޗް ތެރަޕީ ޑިޕާޓުމަންޓުން ކޭމްޕެއް ބާއްވަނީ
25 - ނޮވެމްބަރު - 2020
ކޮމެންޓް
އަދި ކޮމެންޓެއް ނެތް