ތިލައުތުރު ފުޓްސަލް މުބާރާތް 2025: ހޯރަފުށި ބަލިކޮށް އިހަވަންދޫ އުއްމީދު އާކޮށްފި
ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގެ ނަމުގައި ހއ އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގައި އިހަވަންދޫ ކުޅުނު ދެވަނަ މެޗްގައި ރޭ ހޯރަފުށި ބަލިކޮށް، ސެމީ ފައިނަލަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ. އިހަވަންދޫ މިމެޗުން މޮޅުވީ 2-0 ގެ ނަތީޖާ އަކުންނެވެ.
ރޭގެ މެޗަށް ނުކުންއިރު އިހަވަންދޫ ޓީމަށް ލިބިގެންދިޔަ އެންމެ ބޮޑު ހިންހަމަޖެހުމަކީ ހުނަރުވެރި ކުޅުންތެރިޔާ ހާމިދު ޓީމާއި ގުޅިފައިވުމެވެ. ރޭގެ މެޗްގެ ގައި ހާމިދު އެއް ގޯލް ޖެހިއިރު، އޭނާވަނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދައިފައެވެ. އިހަވަންދޫއަށް ދެން މިމެމެޗްގައި ގޯލްޖަހައިދިނީ ފަޒީލްއެވެ.
ނުވަ ޓީމް ވާދަކުރާ މިމުބާރާތް ކުރިޔަށްދަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެން މިމުބާރާތުގައި އިހަވަންދޫ ނުކުންނާނީ ވަށަފަރާ ދެކޮޅަށެވެ. އެމެޗް ކުޅޭނީ މިރޭ 20:00 ގައެވެ.
މިއަހަރުގެ ތިލައުތުރު ފުޓްސަލް މުބާރާތުގައި 9 ރަށަކުން ވާދަކުރެއެވެ. އެއީ އިހަވަންދޫ، އުތީމް، މުރައިދޫ، ދިއްދޫ، ފިއްލަދޫ، ކެލާ، ބާރަށް، ވަށަފަރު އަދި ހޯރަފުއްޓެވެ. މިއަހަރު މިބާއްވަނީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 4 ވަނަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 (ތިރީސް ފަސް ހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އިހަވަންދޫގެ ފެންވަރު ދައްކާލައި ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
7 - ނޮވެމްބަރު - 2025
ވަށަފަރާއި އެއްވަރުވުމުން، މިރޭގެ މެޗުން މޮޅުވާން އިހަވަންދޫއަށް މަޖުބޫރު
7 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އުތީމާއި އިހަވަންދޫއަށް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
4 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2024 ގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި
11 - ނޮވެމްބަރު - 2024
ތިލައުތުރު ފުޓްސަލް މުބާރާތް 2024 - އިހަވަންދޫ ފައިނަލަށް
9 - ނޮވެމްބަރު - 2024
މަދީހްއަށް މިރޭ ކުޅެވޭނެ – އެސިސްޓެންޓް ކޯޗް ހަމްމާޒް
9 - ނޮވެމްބަރު - 2024
ތުރާކުނު ބަލިކޮށް އިހަވަންދޫ، ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފި
8 - ނޮވެމްބަރު - 2024
ތިލައުތުރު ފުޓްސަލް މުބާރާތް 2024: ފަހަތުންއަރާ އުތީމް ބަލިކޮށް އިހަވަންދޫ ޓީމަށް ބޮޑު ހިންހަމަޖެހުމެއް
4 - ނޮވެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް