ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއިއެކު، މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
މުހައްމަދު މައުޒު
2 - ޑިސެމްބަރު - 2025
އިހަވަންދޫ ކްލަބް ޕޯލްސްޓަރ އިން ބާއްވަމުން އަންނަ މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 10 ވާ ބުދަ ދުވަހުގެ 15:00 އެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 35،000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.
މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ. 2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 14 މުބާރާތެއް ވަނީ ބާއްވާފައެވެ. މި މުބާރާތަކީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުން ދާއިރާގެ ފުޓްބޯޅައަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ބިއުޓިފުލް ބްލޫ މައިކަޕް 2024، ފުޓްބޯޅަ މުބާރާތުގައި 6 ރަށަކުން 9 ޓީމް ބައިވެރިވިއެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެންވީކޭއެވެ. 2007 ވަނަ އަހަރުން ފެށިގެން މިހާތަނަށް، މައިކަޕްގެ 14 މުބާރާތެއް ބާއްވާފައިވެއެވެ. 4 ޓީމެއްވަނީ 2 ފަހަރު މައިކަޕްގެ ތަށި އުފުއްލާލައިފައެވެ. އެއީ މާރަންދޫ ޔޫތް ސޮސައިޓީ، ޔުނައިޓެޑް ޔޫތް، އެންވީކޭ އަދި ޖަންގަލްއެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޖަންގަލް އަދި ޔުނައިޓެޑް ޔޫތް ނުފެނުނު ނަމަވެސް މިއަހަރުގެ މުބާރާތުގައި މި ދެޓީމްވެސް ވާދަކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.
މިއަހަރުގެ މައިކަޕް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިހިނގާ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ. މިއަހަރުގެ މުބާރާތްވެސްވަނީ ހއ އަތޮޅުން ފެށިގެ ޅ އަތޮޅާއި ހަމަޔަށް ހުޅުވާލައިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
މައިކަޕް 2025: މިއަހަރުގެ މުބާރާތުގައި ބައިވެރިވީ އެންމެ 5 ޓީމް!
12 - ޑިސެމްބަރު - 2025
މިއަހަރުވެސް މައިކަޕްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ، މުބާރާތުގެ ތައްޔާރީތައް ކުރިޔަށް!
7 - ސެޕްޓެމްބަރު - 2025
މައިކަޕް މިއަހަރު ޑިސެންބަރުމަހު "ބޮޑުކޮށް" އޮންނާނެ – ސުޖާއު
18 - ޖުލައި - 2025
އަތޮޅަށް ހުޅުވާލައިގެން މަދަހަ މުބާރާތެއް މިއަހަރު ބާއްވަން ގަސްތުކުރަން – މުހައްމާ
4 - ޖެނުއަރީ - 2025
މި އަހަރުގެ ތެރޭގައި ހުރަވީ ދަނޑުގައި ޓާފް އަޅަނީ!
3 - ޖެނުއަރީ - 2025
މައިކަޕްގެ ޗެމްޕިއަންކަން ހޯދައި އެންވީކޭ، މައިކަޕްގެ އެންމެ ކާމިޔާބު ޓީމުތަކުގެ ލިސްޓަށް!
2 - ޖެނުއަރީ - 2025
ހަވާ އެރުވުމާއިއެކު މައިކަޕްގެ ފައިނަލް މިރޭ!
1 - ޖެނުއަރީ - 2025
ހޯރަ ޔުނައިޓެޑްގެ ސަޕޯޓަރުންނާއި ކުޅުންތެރިން މާރާމާރީހިންގި މެޗުން އެންވީކޭ މޮޅުވީކަމަށް ނިންމައިފި
31 - ޑިސެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް