އެއަރޕޯޓްހުޅުވިތާ 5 އަހަރު، އަދިވެސް ކުރިޔަށްދަނީ ވޯކްވޭ ހެދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް!
އަދިވެސް ކުރިޔަށްދަނީ، ހޯރަފުށީ އެއަރޕޯޓު ޖެޓީގެ ވޯކްވޭ ހެދުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ބުނެފިއެވެ. އެކުންފުނިން މިހެން ބުނެފައިވަނީ މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައެވެ.
ހޯރަފުށީ އެއަރޕޯޓް ހުޅުވިތާ 5 އަހަރާއި 4 މަސް ވެފައިވާއިރު، އަދިވެސް އެއަރޕޯޓް ޖެޓީއާއި ހަމަޔަށް ދިޔުމަށް ވޯކްވޭއެއް ނެތުމުން އެއާރޕޯޓް ބޭނުންކުރަމުންދާ ފަރާތަކަށްދަނީ އިންތިހާއަށް ދަތިވަމުންނެވެ. މިކަމާއި ގުޅިގެން އެއަރޕޯޓް ހިންގާ ކުންފުންޏާ ސުވާލުކުރުމުން މިދިޔަ އަހަރުގެ މާރިޗް މަހު ޖަވާބު ދީފައިވަނީ، ހޯރަފުށި އެއަރޕޯރޓްގައި ވޯކްވޭއެއް ނެތުމުން، ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ނިމޭނެ ދުވަހެއް މިވަގުތު ދެންނެވެންނެތް ކަމުގައެވެ.
އެއަށްފަހު މިދިޔަ ޑިސެމްބަރމަހު އެކުންފުނިން ޖަވާބު ދީފައިވަނީ، މިހާރު ކުރިޔަށްދަނީ ޖެޓީއެއް ހެދުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްކަމަށެވެ. އެގޮތުން އެޕްރޮޖެކްޓަށް ބޭނުންވާ ބަޖެޓް ކަންޑައަޅައި، ފައިސާ ހޯދުމުގެ މަރުހަލާ މިހާރު ކުރިޔަށްދާކަމަށް އެކުންފުނިން މައުލޫމާތުދިނެވެ.
ހޯރަފުށި އެއަރޕޯރޓްގެ ޖެޓީ ބޭނުންކުރާތާ ދެ އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު، ޖެޓީއާއި ހަމަޔަށް ދާނެ ވޯކްވޭއެއް ނެތުމުން ޓްރޮލީ ނުދުއްވޭތީ، އެއާރޕޯޓް ޖެޓީ ބޭނުންކުރަމުންދާ ފަރާތަކަށް އަދިވެސް އެދެމެދު ހުރަސްކުރަންޖެހެނީ ލަގެޖް އަތުން އުފުއްލައިގެންނެވެ. ވިއްސާރަނަމަ ދާންޖެހެނީ ތެމިގެންނެވެ. އަދި އެސަރަހައްދުގައި ޗަކަ އޮންނާތީ އިތުރަށް އުނދަގޫވެއެވެ. އެއަރޕޯޓްގެ ޓާމިނަލާއި ޖެޓީއާއި ދެމެދު ހުންނަނީ 140 ހަކަށް މީޓަރުނަމަވެސް އެދެމެދުގައި ބަގީއެއްވެސް ދަތުރު ކޮށްދެނީ ބޮޑު އަގުގައެވެ.
ވޯކްވޭ ނެތުމުން ލަގެޖް ޓްރޮލީ އެސަރަހައްދުގައި ނުދުއްވޭއިރު، ލަގެޖް ޓްރޮލީގެ ބަދަލުގައި ވީލް ބަރޯ ފަދަ އުޅަނދު ބަހައްޓާފައި ހުންނަނަމަ އެއަރޕޯޓް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ ވެގެންދާނެކަމަށް އެއަރޕޯޓް ބޭނުންކުރާ ބައެއް ފަރާތްތަކުން ބުނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އެންމެފަހުން އެއަރޕޯރޓް ޖެޓީގެ ވޯކްވޭ ބޭނުންކުރަން ފަށައިފި...
16 - އޭޕްރީލް - 2026
ހޯރަފުށީ އެއަރޕޯރޓް ބޭނުންކުރާ ދަތުރުވެރިންގެ ފަސޭހައަށް ބަރޯ ހަދިޔާކުރަން ކައުންސިލަރު ޒާހިރު ހުށަހަޅުއްވި!
30 - މާރިޗު - 2026
އެންމެފަހުން އެއަރޕޯރޓް ޖެޓީގެ ވޯކްވޭގެ މަސައްކަތް ފަށައިފި!
7 - މާރިޗު - 2026
ހޯރަފުށި އެއަރޕޯރޓް ވޯކްވޭ ނެތުމުގެ ދަތިކަން: އަލީ މޫސާއަށް ދޮޅުއަހަރުންވެސް ނުވެގެން، މެމްބަރު ނަސީރުގެ އެހީއަށް ކައުންސިލަރު ޒާހިރު އެދިއްޖެ
13 - ޖުލައި - 2025
އިހަވަންދޫއާއި އެކު 7 ޓީމެއް ތިލައުތުރު ވޮލީ މުބާރާތުގައި ބައިވެރިވެއްޖެ!
17 - އޭޕްރީލް - 2025
ހޯރަފުށި އެއަރޕޯރޓްގައި، ވޯކްވޭއެއް ނެތުމުން ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ނިމޭނެ ދުވަހެއް މިވަގުތު ދެންނެވެންނެތް - ރީޖަނަލް އެއަރޕޯރޓްސް ކޮމްޕެނީ
17 - މާރިޗު - 2025
ހޯރަފުށި އެއާޕޯޓް އިންޓަނޭޝަނަލް ކުރަނީ
15 - މާރިޗު - 2024
ހޯރަފުށީ އެއަރޕޯޓް ޖެޓީ ބޭނުން ކުރަންފަށަނީ
7 - ސެޕްޓެމްބަރު - 2023
މިމަސް ނިމުމުގެކުރިން ހޯރަފުށީ އެއާޕޯޓްގެ ޖެޓީ ނިންމަން މިދަނީ މަސައްކަތްކުރަމުން – އާދަމް އާޒިމް
11 - ޖުލައި - 2023
މޯލްޑިވިއަންގެ ފްލައިޓަކަށް މައްސަލައެއްދިމާވެ ޕަސިންޖަރުން ބާލައިފި
21 - ސެޕްޓެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް