ކައުންސިލް އިންތިހާބަށް ކުރިމަތިލެވޭނީ 1 ފެބުރުއަރީއާ ހަމަޔަށް!
މުހައްމަދު މައުޒު
17 - ޖެނުއަރީ - 2026
މިއަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ. އިލެކްޝަންސް ކޮމިޝަން އެފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން، އަންނަ ފެބްރުއަރީ މަހުގެ 1 ވާ އާދީއްތަ ދުވަހުގެ 15:30 ގެ ނިޔަލަށެވެ.
އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 15:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ފެށިގެން އިރުއޮއްސި 18:00 އަށް، އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.
އެހެން އަހަރުތަކާ މި އަހަރު އިންތިހާބަށް ކުރިމަތިލާ މީހުން ހުރިހާ ލިޔެކިޔުންތަކާއި، އިދާރީ ފީ ދައްކަން މިފަހަރު ޖެހެނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ. ހުށަހެޅުންތަކާމެދު ނިންމި ގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަނުން އަންގާނީ ވެސް ޕޯޓަލް މެދުވެރިކޮށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި ސިޓީ ކައުންސިލްގެ މެންބަރުންނާއި ސިޓީ ކައުންސިލްގެ އަންހެން މެންބަރުން ހޮވާނެ އެވެ. ރަށު ކައުންސިލްތަކުގެ ރައީސުންނާއި ރަށު ކައުންސިލްތަކުގެ މެންބަރުންގެ އިތުރުން ރަށު ކައުންސިލްތަކުގެ އަންހެން މެންބަރުވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހޮވާނެ އެވެ. ޑަބްލިއުޑީސީގެ އިންތިހާބުގައި ރަށްރަށުގެ ޑަބްލިއުޑީސީގެ ރައީސުންނާއި ކޮމިޓީގެ މެންބަރުން ހޮވާނެ އެވެ. ސިޓީތަކުގައި ވެސް ޑަބްލިއުޑީސީގެ ރައީސުންނާއި ކޮމިޓީ މެންބަރުން އިންތިހާބުކުރާނެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު
އިލެކްޝަން ކޮމިޝަން
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލްގެ ރައީސް، ސޮބާހް އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅައިފި
19 - ޖެނުއަރީ - 2026
ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން އަންނަ ހޮނިހިރު ދުވަހާއި ހަމަޔަށް!
15 - ޖެނުއަރީ - 2026
އަމިއްލަ ގަލަމަކުން ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ކޮމިޝަނުން އެދިއްޖެ
26 - މާރިޗު - 2021
އިހަވަންދޫ ރަށުކައުންސިލްގެ ނަތީޖާއިން ބުނެދޭ ބައެއް ވާހަކަ!
16 - މޭ - 2017
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން: ސޮބާހް
16 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
15 - އޭޕްރީލް - 2026
އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބާއްވާ ފަރިއްކޮޅަށް އިހަވަންދޫގެ ރައްޔިތުންނަށް ދައުވަތު ދީފި
10 - އޭޕްރީލް - 2026
އިންތިހާބާ ދިމާކޮށް "ބެހި" ބައެއް ވަޒީފާ ތަކުގައި "ބުރަކި" ޖެހިއްޖެ!
10 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް