ޝަރުތު ހަމަނުވި ޖިޒޭ، ޕީއެންސީއިން ވަކިވެ އިންތިހަބުގައި ވާދަކުރަނީ!
ޕީއެންސީއިން ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ބޭއްވި ޕްރައިމަރީގައި ވާދަކުރުމަށް ހުށަހެޅުމުން، ޝަރުތުހަމަނުވާކަމަށް އެޕާޓީއިން ކަނޑައެޅި، އިހަވަންދޫ ކައުންސިލް މެމްބަރު އަހްމަދު ރިޟްވާން (ޖިޒޭ) ޕީއެންސީއިން ވަކިވެ އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލަރު ރިޟްވާން މިހާރު އަންނަނީ، އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ޤާނޫނީ ފޯމްތައް ފުރުމުގެ މަސައްކަތް ކުރަމުންނެވެ.
ރިޟްވާން ފުރަތަމަ ކައުންސިލަށް އިންތިހާބުވީ 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައެވެ. އެމްޑީޕީގެ ޓިކެޓްގައި ރިޟްވާން އެފަހަރު އިންތިހާބު ކާމިޔާބުކުރީ 1031 ވޯޓާއިއެކު އެންމެގިނަ ވޯޓް ހޯދި ކެނޑިޑޭޓްގެ ގޮތުގައެވެ. އެއަށްފަހު އެއަށްފަހު 25 ޖެނުއަރީ 2021 ގައި ރިލްވާންވަނީ އެމްޑީޕީ ދޫކޮށް ޕީއެންސީއާއި ގުޅިފައެވެ. ކުރިން އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓެއްގެ ގޮތުގައި ފާހަގަ ވެގެންދިޔަ ރިޟްވާން، އޭގެ ފަހުން އޭނާ ފާހަގަކުރެވެނީ ޕީޕީއެމްގެ ވަރުގަދަ އެކްޓިވިސްޓެއްގެ ގޮތުގައެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި އޭނާ ކުޅެފައިވާ ސިޔާސީ ވީޑިއޯތައް ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ވައިރަލް ވެގެންދިޔައެވެ.
2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކޮށް ރިޟްވާން އިންތިހާބު ކާމިޔާބުލުރީ ޕީޕީއެމް ޓިކެޓްގައެވެ. އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގައި، ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރިޟްވާންވަނީ އެހެން ކައުންސިލަރުންނާއި އެކު ދިގުމުއްދަތަށް ސަސްޕެންޑް ކޮށްފައެވެ. އެއީ 2017 ވަނަ އަހަރުގެ އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއިގުޅިގެން ހިނގާދިޔަ ކަންކަމުގެ ސަބަބުންނެވެ. ރިޟްވާންއަކީ މިހާތަނަށް އިހަވަންދޫގައި އެމްޑީޕީގެ ޓިކެޓްގައި ކައުންސިލަށް އިންތިހާބުވެ ޕާޓީ ބަދަލުކުރި ހަމައެކަނި ކައުންސިލަރެވެ. ކައުންސިލަށް ކުރިމަތިލުމަށް 3 ވަނަ ޕާޓީއެއްގެ ޓިކެޓްހޯދުމަށް ރިޟްވާން މަސައްކަތްކުރާއިރު، ރިޟްވާންއަކީ ދެ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް މިހާތަނަށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވެފައިވާ ހަމައެކަނި ކައުންސިލަރެވެ.
ރިޟްވާން ފާހަގަވެގެންދަނީ އިޖްތިމާއި ކަންކަމާއި ތިމާވެށީގެ ދާއިރާއި އަދި ކުޅިވަރުގެ ދާއިރާއިންނެވެ. ރިޟްވާންގެ ބެލުމުގެ ދަށުން އިހަވަންދޫގެ ގިނަ ސަރަހައްދުތަކެއްގައި އިންތިޒާމީ ގޮތެއްގައި ގަސްއިންދުމުގެ މަސައްކަތް ކޮށްފައިވާއިރު، ކުޅިވަރުގެ ދާއިރާއަށް ބަލާއިރު ޓީމުތައްނެރެ ލީޑްކުރުމުގައި ހަރަކާތްތެރިވަމުންދެއެވެ.
ރިލްވާން އަމިއްލަގޮތުން ކުރިމަތިލުމުގެ މަސައްކަތް ކުރަމުންދާއިރު، ޕީއެންސީގެ ޕްރީމަރީއަށް ޝަރުތު ހަމަނުވި މުހައްމަދު ފިރާގު އަދި އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްވަނީ އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާފައެވެ. ރިޟްވާން އަމިއްލަގޮތުން މިއިންތިހާބުގައި ވާދަކުރުމީ ވެރިކަންކުރާ ޕީއެންސީއަށް އަދި އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓުންނަށްވެސް ޗެލެންޖަކަށް ވާނެކަމެއް ކަމަށް ބެލެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
ރައީސް މުއިއްޒު ޕީއެންސީ ކެނޑިޑޭޓުންނާއި ދެކޮޅަށް ފަންޑުކުރެއްވިކަމުގެ ތުހުމަތު އަމާޒުވެއްޖެ!
7 - އޭޕްރީލް - 2026
ދެބުޅާ ކޯޅެންތިއްބާ އިހަވަންދޫއިން މެޖޯރިޓީ ހޯދީ އެމްޑީޕީ! ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު!
5 - އޭޕްރީލް - 2026
ޕީއެންސީ ރެލީގައި ބައިވެރިވުމަށް އިހަވަންދޫ ފެނަކަ ރަސްމީ ސްޓާފް ގުރޫޕްގައި ދައުވަތު ދީފި
3 - އޭޕްރީލް - 2026
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫގެ މެޖޯރިޓީ ހޯދާނެ ޓީމެއް ބެލުމަށް ޕޯލެއް ހުޅުވާލައިފި!
1 - އޭޕްރީލް - 2026
ޕީއެންސީ ކެނޑިޑޭޓުންގެ ޕޯސްޓަރަށް ކަޅުތެޔޮ ޖަހައި ގެއްލުންދީފި
1 - އޭޕްރީލް - 2026
ހުސް ގޮނޑި ބަހައްޓައިގެން ޕީއެންސީއިން ޖަލްސާއެއް ބާއްވައިފި!
28 - މާރިޗު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް